04 ޖޫން 2017
ދިހަ ފަހަރު ވޯޓު ލައިގެން ނ. އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ވެސް މެމްބަރަކު އައްޔަންކުރެވޭގޮތް ނުވެއްޖެ އެެވެ. ހަމަ މި މައްސަލަ ބ. ދޮންފަނު ކައުންސިލަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.
ދިހަ ފަހަރު ވޯޓު ލައިގެން ނ. އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ވެސް މެމްބަރަކު އައްޔަންކުރެވޭގޮތް ނުވެއްޖެ އެެވެ. ހަމަ މި މައްސަލަ ބ. ދޮންފަނު ކައުންސިލަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.
ނ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަހުމަދު ޝުޖާއު ވިދާޅުވީ މެމްބަރު ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށްފަހު ރައީސަކު ހޮވަން ރޭ ވެސް ހަ ފަހަރަށް ވޯޓު ލާން ޖެހުނު ކަމަށެވެ. ނަމަވެސް ރައީސް ކަމަށް ކުރިމަތިލި ދެ މެމްބަރުންގެ ވޯޓު ވެސް އެއްވަރުވެގެން، ކައުންސިލްގެ ރައީސެއް ހޮޭވޭ ގޮތެއް އަދި ނުވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ނ. އަތޮޅު ކައުންސިލަށް ހޮވުނީ އެމްޑީޕީގެ ތިނެއް އަދި ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލެއްވި ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން އެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ދެ ބޭފުޅުންނެވެ.
ޝުޖާއު ވިދާޅުވީ މިއަދުގެ ޖަލްސާގައި ވެސް ރައީސަކު ހޮވަން ހަތަރު ފަހަރަށް ވޯޓު ލާން ޖެހުނު ކަމަށެވެ.
"ރޭގައި ވެސް ހަ ފަހަރަށް އަދި މިއަދުގެ ޖަލްސާގައި ވެސް ހަތަރު ފަހަރު ވޯޓު ލާން ޖެހުނު. އެކަމަކު އަދި ވެސް ރައީސެއް އިންތިހާބެއް ނުވޭ. އެހެންވެ އެލްޖީއޭގެ މަޝްވަރާގެ މަތިން މެދުކަނޑާލީ،" ޝުޖާއު ވިދާޅުވި އެވެ.
"ރައީސްކަމަށް ކުރިމަތިލެއްވި ދެ ބޭފުޅުންނަށް ވެސް ދެ ވޯޓު ލިބިގެން މި އެއްވަރުވަނީ،"
އޭނާ ވިދާޅުވީ ރައީސަކު ހޮވުމުގެ ކަންތައްތައް މާދަމާގެ ޖަލްސާ އަށް ތާވަލްކޮށްފައިވާ ކަމަށެވެ.
ވޯޓު އެއްވަރުވެގެން ބ. ދޮންފަނު ކައުންސިލަށް ވެސް ރައީސަކު ހޮވޭ ގޮތެއްނުވެ އެވެ. އެ ކައުންސިލަށް ހޮވުނީ އަމިއްލަގޮތުން ވާދަކުރެއްވި ތިން ބޭފުޅުންނެވެ. ކޮންމެ މެމްބަރަކު ވެސް ރައީސް ކަމަށް ވޯޓު ދެނީ އެ މީހާގެ އަމިއްލަ ނަމަށެވެ.
މޭޔަރުންނާއިި ރައީސުންނަކާ ދެން ނުކުޅެވޭނެ!
އާ ކައުންސިލަރުން ހުވާކުރުން ޖޫން ތިނެއްގައި
"ވޯޓުލުން ދިޔައީ އޮމާންކޮށް، މާބޮޑު ޝަކުވާއެއް ނެތް"
ޝަކުވާތަކާ އެކު ދެފަރާތް ވެސް ކާމިޔާބީގެ އުއްމީދުގައި
ކުށްވެރިންނަށް ވާދަކުރުމުގެ ފުރުސަތާއެކު ކަންބޮޑުވުން!
ވޯޓުލާ ލިސްޓް އާއްމުކޮށް، ޝަކުވާ އަށް ހުޅުވާލައިފި
ބަޔާން ނެރުނީ އިންކުއަރީ ލަސްވެ މުއާލާތް ކެނޑޭނެތީ
ކެނދިކުޅުދޫ ކައުންސިލުން ބަޔާން ބާތިލެއް ނުކުރި
ބަޔާން ބާތިލް ކުރުމަށް އެލްޖީއޭ އިން އަންގައިފި
ދުވާފަރު ބޮޑު ހިޔާނާތް: ކައުންސިލަރުން ސަސްޕެންޑްކޮށްފި