Roadha Mihaaru
އުރީދޫގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫގެ ހިއްސާ ވިއްކުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި

28 މެއި 2017

އުރީދޫގެ ހިއްސާ ވިއްކުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

އުރީދޫގެ ހިއްސާ ވިއްކުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކުރީ އުރީދޫން ބުނިގޮތުގައި، މި މަހުގެ ހަތްވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ހެދުމުންނެވެ. މި ބަދަލު ގެނައީ ޕްރޮސަޕެކްޓަސް ގައި ބުނެފައި އޮތް ގޮތަށް އައިޕީއޯ ހުޅުވާލާފައި އޮންނަތާ ވިޔަފާރި ކުރެވޭ 20 ދުވަސް ހަމަވާން ޖެހޭތީ އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނިގޮތުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް އެ ކުންފުނިން ދޫކުރާ ހިއްސާގެ 40 ޕަސެންޓާ ހަމައަށް ގަންނަން ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުގެ ނިޔަލަށެވެ.

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް، (http://ooredoo.mv/investors) ނޫނީ މޯލްޑިވްސް ސެކިއުރިޓީޒް ޑެޕޮސިޓްރީގެ ވެބްސައިޓް (https://infinity.depository.mv) އިން އުރީދޫގެ ހިއްސާ ގަނެވޭނެ އެވެ.

އެ ކުންފުނިން ބުނީ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އުރީދޫގެ ކަލެކްޝަން ޕޮއިންޓްތަކުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ކަމަށެވެ.

ކަލެކްޝަން ޕޮއިންޓް ތަކުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކާއި އުރީދޫ ބިޒްނަސް ޕާޓްނާ ފިހާރަތަކާއި ޕޯސްޓް އޮފީހާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތައް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތަކެވެ. މީގެ އިތުރުން ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަކުން ވެސް އެޕްލިކޭޝަން ފޯމު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.