06 މެއި 2018
އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 3.20ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.
އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 3.20ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.
އާންމުންނަށް ހިއްސާ ވިއްކި ފަހުން އުރީދޫން ބޭއްވި ދެ ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވާ ގޮތުން، ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު 580.4 މިލިޔަން ރުފިޔާގެ ތެރެއިން 85 ޕަސެންޓް ހިއްސާދާރުންގެ މެދުގައި ބަހާނެ އެވެ.
އުރީދޫން އާންމުންނަށް ހިއްސާ ވިއްކުމާ އެކު، އެ ކުންފުނީގެ ހިއްސާގެ 9.5 ޕަސެންޓް އާންމުންނަށް ބެހިގެންދާއިރު ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.
އުރީދޫން މިރޭ ވަނީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އިނާޔަތްތަކަށް ވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން، ދެން ބާއްވާ ބޯޑުގެ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވާ ކޮންމެ ޑިރެކްޓަރަކަށް 30،000ރ. ގެ ސިޓިން ފީއެއް ލިބޭ ގޮތަށް މިރޭ ވަނީ ފާސްކޮށްފަ އެވެ. އަދި މަހު ފީގެ ގޮތުން ކޮންމެ ޑިރެކްޓަރަކަށް 2،000ރ. ލިބޭނެ އެވެ.
އޮޑިޓަރުންގެ ގޮތުގައި މި އަހަރު ވެސް އުރީދޫން ހަމަޖެއްސީ މިދިޔަ އަހަރު ވެސް އެ ކުންފުނި އޮޑިޓް ކުރި ކޭޕީއެމްޖީ އެވެ. އުރީދޫ އޮޑިޓް ކުރުމުގެ ފީގެ ގޮތުގައި ކޭޕީއެމްޖީން މި އަހަރު ނަގާނީ 35،750 ޑޮލަރެވެ.
އުރީދޫން މިދިޔަ އަހަރު އާންމުންނަށް ހިއްސާ ވިއްކުމަށް ފަހު ބޭއްވި ފުރަތަމަ އަހަރީ އާންމު ޖަލްސާގައި، އާންމު ހިއްސާދާރުންގެ ފަރާތުން އެ ކުންފުނީގެ ބޯޑަށް ހޮވުނު ސްޓެލްކޯގެ ސީއީއޯ އަދި ކުރީގެ މިނިސްޓަރު އަހުމަދު ޒުހޫރު އަންނަ އަހަރުގެ އާންމު ޖަލްސާއާ ހަމަ އަށް ބޯޑުގައި ދެމިހުންނަވާނެ އެވެ.
އަންނަ އަހަރުގެ އާންމު ޖަލްސާއާ ހަމަ އަށް ބޯޑުގެ ޑިރެކްޓަރެއްގެ ގޮތުގައި ޒުހޫރު ދެމިހުންނަވަނީ، މިދިޔަ އަހަރުގެ އާންމު ޖަލްސާ ބޭއްވި ތާރީޚު ފަސްވުމުން، މި އަހަރުގެ ޖަލްސާ އަށް އެއް އަހަރުގެ ޓާމް ހަމަވެފައި ނުވާތީ ކަމަށް ވެސް އުރީދޫން ވަނީ ބުނެފަ އެވެ.
އުރީދޫގެ ހިއްސާއަކަށް 2.70ރ. ބަހަން ފާސްކޮށްފި
ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫން ނިންމައިފި
އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅަނީ
އުރީދު އަށް ލިބުނު ފައިދާ 31 ޕަސެންޓް އިތުރުވެއްޖެ
އުރީދު އަށް 550 މިލިއަން ރުފިޔާގެ ފައިދާއެއް
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު އެކެއްގައި
އުރީދޫގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
ހިއްސާގެ ބާޒާރުން އުރީދޫގެ ހިއްސާ ވިއްކަން ފަށަނީ
އުރީދޫގެ ހިއްސާ ވިކުނުވަރު އަންނަ ހަފުތާގައި
އުރީދޫގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި