ކޮލަމްބޯ (މެއި 28) - ބޯކޮށް ވާރޭ ވެހި ބައެއް ހިސާބުތައް ހާލުގައި ޖެހިފައިވާ ސްރީ ލަންކާ އަށް އިންޑިއާގެ މަނަވަރުތަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
28 މެއި 2017
ކޮލަމްބޯ (މެއި 28) - ބޯކޮށް ވާރޭ ވެހި ބައެއް ހިސާބުތައް ހާލުގައި ޖެހިފައިވާ ސްރީ ލަންކާ އަށް އިންޑިއާގެ މަނަވަރުތަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ޑެއިލީ މިރާ ނޫހުން ބުނީ އިންޑިއާގެ ދެ ވަނަ މަނަވަރެއް އެހީ ހިފައިގެން މިއަދު ގޮސްފައިވާ ކަމަށެވެ. އިންޑިއާގެ އިތުރު މަނަވަރަކުން އިއްޔެ ވެސް ވަނީ އެހީދޭން ފަށައިފަ އެވެ. އިންޑިއާގެ މަނަރުން ދޭ ތަކެތީގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން، ވައިޖަހާ ކުދި ޑިންގީ ވެސް ހިމެނެ އެވެ.
ފެންބޮޑުވެ ހާލުގައި ޖެހިފައިވާ ހިސާބުތަކުގެ ބިންގަނޑު ފޭބުމުން މީހުން ސަލާމަތް ކުރުމަށް ލަންކާ ސިފައިން ދަނީ ހެލިކޮޕްޓަރުތައް ބޭނުން ކުރަމުންނެވެ. އެއްގަމު މަގުން ދަތުރު ނުކުރެވޭ ވަރަށް ބައެއް ހިސާބުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
ފެންބޮޑުވުމުން ލިބުނު ގެއްލުންތަކުގައި މިހާތަނަށް 146 މީހުން މަރުވެ 112 މީހުން ގެއްލިފައިވާ ކަމަށް ލަންކާ ސިފައިން ބުނެ އެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ވަނީ އިތުރަށް މޫސުން ގޯސްވާނެތީ ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.
މިއީ 2003 ވަނަ އަހަރުގެ ފަހުން ލަންކާ އަށް ކުރާ އެންމެ ގެއްލުން ބޮޑު ވިއްސާރަ އެވެ. އެ ފަހަރުގެ ވިއްސާރައިގައި 10،000 ގެ ހަލާކުވެ 250 މީހުން ވަނީ މަރުވެފަ އެވެ. މިދިޔަ އަހަރު މެއި މަހު ލަންކާ އަށް ކުރި ވިއްސާރައިގައި މެދުތެރޭގެ ހިސާބުތަކުން ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 410 އަށް
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ލަންކާއިން މަރުވި މީހުންގެ އަދަދު 330 އިން މައްޗަށް
ތޫފާނު ހިނގައްޖެ، އެކަމަކު ކޮލަމްބޯގައި ފެން ބޮޑުވަނީ
ގަދަ ވިއްސާރާގައި ލަންކާއިން 31 މަރު
މަޑުމަޑުން ދަތުރުކުރާ ބާރުގަދަ ކޮޅިގަނޑެއް އިންޑިއާއަށް
ގަދަ ވިއްސާރާގައި ކެރެލާއިން 93 މަރު
ސިއްކިމްގައި ފެންބޮޑުވެ 100 މީހުން ގެއްލިއްޖެ