30 މެއި 2017
އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑު ނޫން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑު ނޫން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ ދަތުރުކުރުމުގައި ސަމާލުވާން އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުން ސަމާލުވާން އަންގާފައި ވަނިކޮށެވެ.
ރާއްޖެ އަކީ ޓެރަރިޒަމްގެ ނުރައްކާ އޮތް ގައުމެއް ކަމަށް ކަނޑައަޅައި ޓްރެވަލް އެޑްވައިޒަރީ ނެރެފައިވާތީ "މިހާރު" ން ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ދިވެހި ސަރުކާރުން އަންނަނީ ގައުމުތަކާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށެވެ. ދުނިޔޭގެ އެއްވެސް ގައުމަކީ މިހާރު ޓެރަރިޒަމްގެ ބިރުވެރިކަން ނެތް ގައުމެއް ނޫން ކަމަށާއި ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކާ ވަކި އިތުރު ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖެ އަކީ އަމާން ތަނެއް އަދި ގިނަ ދިވެހިންނަކީ ސުލްހަ އަށް ލޯބިކުރާ ބައެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ރާއްޖެއައި ޓޫރިސްޓުންތަކެއް މަގުމަތީގައި ހިނގާފައި ދަނީ: ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑު ކަމަށް އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުން ވަނީ ކަނޑައަޅާފައި.
ރާއްޖެ އަށް ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ޓެރަރިޒަމްގެ ނުރައްކާ އިތުރުވެދާނެ ކަމެކެވެ. އެފަދަ ގޮތްގޮތަށް މުއާމަލާތު ނުކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
އިނގިރޭސިވި ލާތުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވާން ޖެހެ އެވެ. ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގިނައިން އުޅޭ ތަންތަނަށް ހަމަލާތައް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް މި އެޑްވައިޒަރީގައި ލިޔެފައިވެ އެވެ.
ވެބްސައިޓުގައި ބުނީ ފަހަކަށް އައިސް އިނގިރޭސީންނަށް އަމާޒުކޮށްފާނެ ޓެރަރިސްޓު ހަމަލާތަކުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ. މިއީ، އިރާގާއި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ބިރުވެރިކަމެއް ކަމަށާއި އެކަމަށް ސަމާލުވާން ވެސް އިނގިރޭސި ވިލާތުގެ ސަރުކާރުން އެދިފައިވެ އެވެ.
އަދި އެ ގައުމުގެ ސިއްހީ އިދާރާތަކާ ހަވާލާދީ، ރާއްޖޭގައި ޒިކާ ވައިރަސް ފެތުރުމުގެ ބިރުއޮތް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. މި ބަލި ޖެހިއްޖެ ނަމަ، އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަމަށް ވެސް ސަމާލުވާން އެދިފައިވެ އެވެ.
ރިޕޯޓް ނުލިބުނަސް ދިރާސާ ފަށައިފިން: ސަރުކާރު
ތިލަފުށީގައި އުޅޭ ބިދޭސީންގެ ނުރައްކާ ބޮޑު: އާޒިމް
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
ޓެރަރިޒަމް ހަމަލާ މަދުކުރަން ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ
މިއީ އިގުތިސޯދަށް ވެސް ދިން ހަމަލައެއް: ރައީސް
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް
ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ ނަޝީދުގެ ނުރުހުން
ފުލުހުންނަށް ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ފާސްކޮށްފި
ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުން ކުށަކަށް ހަދަނީ
ހަރުކަށި މީހުންނަށް ފިޔަވަޅު ނޭޅެނީ ދަތިތަކެއް ހުރުމުން