21 ޖޫން 2016
ބޮލީވުޑުން ހޮލީވުޑް ކޮޕީ ކުރަނީ އެވެ. ދިވެހިން ބޮލީވުޑް ކޮޕީ ކުރަނީ އެވެ. މިއީ ދިވެހިން އެންމެ ލޯބި ކުރާ ހިންދީ ފިލްމުތަކާއި ދިވެހި ފިލްމްތަކަށް ލޯބި ކުރާ މީހުންގެ މެދުގައި އެންމެ ބޮޑަށް ފާޑު ކިޔާ އެއް މައްސަލަ އެވެ.
ބޮލީވުޑުން ހޮލީވުޑް ކޮޕީ ކުރަނީ އެވެ. ދިވެހިން ބޮލީވުޑް ކޮޕީ ކުރަނީ އެވެ. މިއީ ދިވެހިން އެންމެ ލޯބި ކުރާ ހިންދީ ފިލްމުތަކާއި ދިވެހި ފިލްމްތަކަށް ލޯބި ކުރާ މީހުންގެ މެދުގައި އެންމެ ބޮޑަށް ފާޑު ކިޔާ އެއް މައްސަލަ އެވެ.
ފިލްމުތަކުގެ ކޮންސެޕްޓުން "ވައްކަން" ކުރުމާއި ފިލްމުގެ ނަންތަކާއި ޕޯސްޓަރުތަކާއި މިއުޒިކް ފަދަ އެއްޗެހި ނަކަލު ކުރުމަކީ ފިލްމީ އިންޑަސްޓްރީގައި ހުއްޓުމެއް ނެތި އަބަދު ހިނގަމުން އަންނަ ކަމެކެވެ. ބޮލީވުޑުން ދިވެހި ފިލްމެއް ނުވަތަ ފިލްމަކާ ގުޅުން ހުރި ކަމެއް ކޮޕީކޮށްފިޔޭ ބުނުމުން ގަބޫލުކުރާނެ މީހަކު ހުންނާނެހެއް ހިއެއް ނުވެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާގެ ކުރިއަށް އޮތް ފިލްމް "އަކިރާ" ޕޯސްޓަރު އިއްޔެ ދައްކާލި އިރު، އެ ޕޯސްޓަރު އޮތީ ޔާރާ ޕްރޮޑަކްޝަންގެ ކުރިއަށް އޮތް ފިލްމް "ވިޝްކާ" ގެ ފުރަތަމަ ޕޯސްޓަރާ އެއް ތައްގަނޑަކަށެވެ.
ދެ ޕޯސްޓަރުގައި ވެސް ޓައިޓްލް އަކުރުތަކުގެ ތެރެެއިން، ފިލްމުގެ ކެރެކްޓާތަކުގެ ތަސްވީރު ހުންނަނީ ފެންނާށެވެ. އަކިރާގެ ޓައިޓްލް އަކުރުތައް ހުރީ ތަންކޮޅެއް ބޮޑުކޮށް، ގާތްގާތުގަ އެވެ. ވިޝްކާގެ އަކުރުތައް ދުރުކޮށް، ތަންކޮޅެއް ހިމަކޮށެވެ. އަޅާކިޔަން ބޭނުން ނަމަ ބަހުސް ކުރެވިދާނެ އެވެ.
ރިޝްމީ ޓައިޓްލް ރޯލް ކުޅޭ "ވިޝްކާ" ގެ ޕޯސްޓަރު.
"ވިޝްކާ" ރަސްމީ ފޭސްބުކް ޕޭޖް މިދިޔަ މެއި މަހުގެ ތެރޭގައި ހަދާފައި ވަނީ ފިލްމުގެ ޓައިޓްލް ހިމެނޭ ޕޯސްޓަރާ އެކުގަ އެވެ. ޕޭޖްގެ ކަވަރުގައި މި ޕޯސްޓަރު ދެ ގޮތަކަށް ފެންނަން އެބަ ހުއްޓެވެ.
"ވިޝްކާ" ގެ ޕޯސްޓަރު ދައްކައިލީ މީގެ މަސް ދުވަސް ކުރިން ކަމަށްވެފައި "އަކިރާ" ޕޯސްޓަރު" އާންމުކުރީ އިއްޔެ ކަމަށްވާތީ މި ފަހަރު ކޮޕީ ކުރިއްޔާ ކުރި ކަމަށް ވާނީ ބޮލީވުޑުންނެވެ.
ރިޝްމީ: "ވިޝްކާ" ގައި ތަފާތު ރޯލެއް ކުޅެފައިވޭ.
އަންނަ އޮގަސްޓް މަހު ރިލީޒް ކުރާ "ވިޝްކާ" ގެ ޓީމްގައި ހިމެނޭ މީހަކު ވަނީ ބޮލީވުޑުން ދިވެހި ފިލްމެއްގެ ޕޯސްޓަރު ކޮޕީކޮށްފި ކަމަށް ބުނެ ސަމާސާކޮށްފަ އެވެ.
"އަނެއްކާ މިއީ އިއްތިފާގެއްބާ؟ ނޫނީ ހަމަ އަހަރެމެންގެ ޕޯސްޓަރު އެ މީހުން ކޮޕީކޮށްލީބާ؟" އޭނާ ބުންޏެވެ.
"އަކިރާ" އަކީ އާމިރް ހާން ލީޑް ރޯލް ކުޅުނު "ގަޖްނީ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން އޭ އާރް މުރްގަދޮސްގެ ޑައިރެކްޝަނެކެވެ. ސޮނާކްޝީ ޓައިޓްލް ރޯލް ކުޅޭ އެކްޝަން ޑްރާމާ "އަކިރާ" ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 23 ގަ އެވެ.
މިއީ މުރްގަދޮސް އާ އެކު ސޮނާކްޝީ މަސައްކަތް ކުރި ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އަކްޝޭ ކުމާރާއި ސޮނާކްޝީ ލީޑް ރޯލް ކުޅުނު "ހޮލިޑޭ: އަ ސޮލްޖާ އިޒް ނެވަ އޮފް ޑިއުޓީ" އެވެ.
ސޮނާކްޝީ: އަކިރާގައި ފެނިގެން ދާނީ އެކްޝަން ރޯލަކުން.
"ވިޝްކާ" އަކީ ރިޝްމީ ޓައިޓްލް ރޯލުން ފެނިގެންދާ ކްރައިމް ޑްރާމާއެކެވެ. މީގެ ޑައިރެކްޓަރަކީ ރަވީ ފަރޫގެވެ. މިއީ ރަވީގެ ޑައިރެކްޝަނެއްގައި ރިޝްމީ މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ "މިކޮއެ ބައްޕަ ބައޭބައޭ" އެވެ.
ދެ ފިލްމުގެ ޕޯސްޓަރު ބެލުންތެރިން ބަލާފައި ބަހުސްކޮށްލަން ދޫކޮށްލާނީ އެވެ. މި ފަހަރު ހިޔާލުތައް އަންނަ ގޮތެއް ވެސް އެނގިދާނެ އެވެ.
ޒަހީރު އާއި ސޮނާކްޝީ ކައިވެނިކޮށްފި
ސޮނާކްޝީގެ ކައިވެނި މި މަހު 23 ގައި
ބަންސާލީގެ "ހީރާމަންޑީ" އާދައިގެ ސީރީޒަކަށް ނުވާނެ
ސީޒަންއާ އެކު "ޔާރާ"ގެ އާ ސީޒަން
ސޮނާކްޝީ ޗުއްޓީއަށް ޕަޓީނާ މޯލްޑިވްސްގައި
"ލޯބިވެވިއްޖެ" ބަލަން އަފްތާބް އަތުވެއްޖެ
ރާއްޖެއާއި ބޮލީވުޑްތަރިންގެ ފުޓްބޯޅަމެޗެއް ގަލޮޅުދަނޑަށް
ބޭބެގެ ފިލްމު ސޮނާކްޝީ އަށް
ސޮނާކްޝީގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް
ސޮނާކްޝީ އާއި ޒަހީރު ރައްޓެހިވެގެން އުޅޭ ކަމަށް ބުނެފި