Roadha Mihaaru
ކުޑަހުވަދޫ އެއާޕޯޓަށް ފުރަތަމަ ފްލައިޓް ޖައްސައިފި

ކުޑަހުވަދޫ އެއާޕޯޓަށް ފުރަތަމަ މަތިންދާބޯޓު ޖައްސައިފި

01 ޖޫން 2017

‎ދ. ކުޑަހުވަދޫގައި ރިއޯލޯ އިންވެސްޓްމަންޓްސްއިން ހެދި އެއާޕޯޓަށް ފުރަތަމަ މަތިންދާބޯޓު މިއަދު ހެނދުނު ޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

‎ދ. ކުޑަހުވަދޫގައި ރިއޯލޯ އިންވެސްޓްމަންޓްސްއިން ހެދި އެއާޕޯޓަށް ފުރަތަމަ މަތިންދާބޯޓު މިއަދު ހެނދުނު ޖައްސައިފި އެވެ.

"ދާލު އެއާޕޯޓް"ގެ ނަމުގައި އަލަށް ހެދި އެއާޕޯޓަށް ދިޔަ ފުރަތަމަ ޓެސްޓް ފްލައިޓްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކްޓިވް ހުސެއިން ޖަލީލާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވެސް ވަޑައިގެންނެވި އެވެ.

ކުޑަހުވަދޫއަށް ޖެއްސި ފުރަތަމަ ޓެސްޓް ފްލައިޓުން ވަޑައިގެންނެވި މަޖިލިސް މެމްބަރު އަހުމަދު ނިހާން ކުޑަހުވަދޫގެ ބައެއް މީހުންނާއި ސަލާމް ކުރައްވަނީ. ފޮޓޯ: ޓްވިޓާ

ކުޑަހުވަދޫއަށް ޖެއްސި ފުރަތަމަ ޓެސްޓް ފްލައިޓުން ވަޑައިގެންނެވި މަޖިލިސް މެމްބަރު އަހުމަދު ނިހާން ކުޑަހުވަދޫގެ ބައެއް މީހުންނާއި ސަލާމް ކުރައްވަނީ. ފޮޓޯ: ޓްވިޓާ

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މޯލްޑިވިއަންގެ މަތިންދާބޯޓު ދާލު އެއާޕޯޓަށް ޖެއްސީ މިއަދު ހެނދުނު 9:27ގަ އެވެ.

އެ އެއާޕޯޓް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އެއާޕޯޓަށް ކުރިޔަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ ޝެޑިއުލްގެ ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ފުރަތަމަ ފަށައިގަންނައިރު ދުވާލަކު އެއް ދަތުރުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ޓެސްޓް ފްލައިޓުން ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ކުޑަހުވަދޫގެ ރައްޔިތުންނާއި އެއާޕޯޓުގެ މުވައްޒަފުން ޓާމިނަލް ކައިރީގައި މަޑުކޮށްލައިގެން. ފޮޓޯ: ޓޫރިޒަމް

ފުރަތަމަ ޓެސްޓް ފްލައިޓުން ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ކުޑަހުވަދޫގެ ރައްޔިތުންނާއި އެއާޕޯޓުގެ މުވައްޒަފުން ޓާމިނަލް ކައިރީގައި މަޑުކޮށްލައިގެން. ފޮޓޯ: ޓޫރިޒަމް

‎"ދާލު އެއާޕޯޓް"ގެ ނަމުގައި މި އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންސް އިން 62.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ހެދި އެއާޕޯޓުގައި 42 ބޯޓަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ. އޭގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ ޑޭޝް-8 އަދި އޭޓީއާރު-72 މަރުކާގެ ބޯޓުތައް ހިމެނޭއިރު، މިއީ އަމިއްލަ މީހުންގެ ޖެޓުތައް ވެސް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ވެސް މެ އެވެ.

‎އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ. އަދި އެއާޕޯޓް ހިންގާނީ ރިއޯލޯ ހިއްސާވާ ދާލު އެއާޕޯޓް ހޮލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.‎

ކުޑަހުވަދޫއަށް ޖެއްސި ފުރަތަމަ ޓެސްޓް ފްލައިޓުން ވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު ޒަމީރު ކުޑަހުވަދޫގެ ބައެއް މީހުންނާއި ސަލާމް ކުރައްވަނީ. ފޮޓޯ: ޓްވިޓާ

ކުޑަހުވަދޫއަށް ޖެއްސި ފުރަތަމަ ޓެސްޓް ފްލައިޓުން ވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު ޒަމީރު ކުޑަހުވަދޫގެ ބައެއް މީހުންނާއި ސަލާމް ކުރައްވަނީ. ފޮޓޯ: ޓްވިޓާ

ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް އެބަ އޮތެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ފުވައްމުލައް، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ އަދި ތ. ތިމަަރަފުށީގައި އޮންނަ އެއާޕޯޓެވެ.