Roadha Mihaaru
ޖަނަރޭޓަރުތައް ހަލާކުވެ ކުޑަހުވަދޫ އަނދިރީގައި

ޖަނަރޭޓަރުތައް ހަލާކުވެ ކުޑަހުވަދޫ އަނދިރީގައި

25 އެޕްރީލް 2019

ދ. ކުޑަހުވަދު އަށް ކަރަންޓް ދޭން ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރެއް މައްސަލަ ޖެހި އެ ރަށަށް ކަރަންޓް ދިނުން ދަތިވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދ. ކުޑަހުވަދު އަށް ކަރަންޓް ދޭން ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރެއް މައްސަލަ ޖެހި އެ ރަށަށް ކަރަންޓް ދިނުން ދަތިވެއްޖެ އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް މިރޭ ވިދާޅުވީ އެރަށުގެ ބޮޑު ބަޔަކުން މިއަދު މެންދު ފަހުން ފެށިގެން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

ކުޑަހުވަދޫން މައުލޫމާތު ދިން މީހަކު ބުނީ 1200 ކިލޯވޮޓްގެ ކަރަންޓް ބޭނުންވާ އިރު އެރަށު އިންޖީނުގޭގައި މިހާރު ހިންގަމުން އަންނަ ދެ ޖަނަރޭޓަރުން ދޫކުރެވެނީ 700 ކިލޯވޮޓްގެ ކަރަންޓް ކަމަށާއި އެހެންވެ ލޯޑް ބޮޑުވެ، ރަށުގެ ބޮޑު ބަޔަކުން މިހާރު ވެސް ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

އޭނާ ބުނިގޮތުގައި ގޮތުގައި މިއަދު މެންދުރުފަހު 2:00 އިން ފެށިގެން މިރޭ 6:00 އާ ހަމައަށް މުޅި ރަށުން ވެސް އޮތީ ކަރަންޓް ކެނޑިފަ އެވެ. އެއަށް ފަހު އަލުން ކަރަންޓް ދޫކުރިތާ ގިނަ އިރެއް ނުވެ އަނެއްކާ ވެސް ޖަނަރޭޓަރެއް ނިވި ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ވެސް ބުންޏެވެ.

"މިރަށަށް ކަރަންޓް ދެމުން އައީ 600 ކިލޯ ވޮޓްގެ ތިން ޖަނަރޭޓަރުން. އޭގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ މިހާރު މިވީ ހަ މަސް. ދެން ހުރި ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރުން ދޫކުރެވެނީ އެންމެ 300 ކިލޯވޮޓްގެ ކަރަންޓް. އެހެންވެ، ގިނަ ގިނައިން ކަރަންޓް ކެނޑޭ. ދެން އެކަމަކު މިއަދު މި މައްސަލަ އެންމެ ބޮޑުވީ،" އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ކުޑަހުވަދޫން މައުލޫމާތު ދިން މީހާ ބުންޏެވެ.

ކުޑަހުވަދު އަށް ކަރަންޓް ދެމުން އަންނަނީ އަތޮޅުތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތްދޭ ދައުލަތުގެ ކުންފުނި ފެނަކައިންނެވެ.