Roadha Mihaaru
ހޮވި ކުއްޖަކު ބޮޑުވެ އޭނާ ސަލާމަތްކުރި މީހާ ހޯދައިފި

ޑަސްބިނަކުން ނެގި ކުއްޖާ 24 އަހަރު ފަހުން، އޭނާ ސަލާމަތްކުރި މީހާ ހޯދައިފި

02 ޖޫން 2017

އެމެރިކާގެ ކެލިފޯނިއާގެ ފުލުހެއް ކަމަށްވާ މައިކަލް ބުއެލްނާ އެ ރޭ ނިކުމެ އުޅުނީ ވަޅި ހެރުމުގެ ހާދިސާއެއްގެ ތަހުގީގަށެވެ. އެއީ ކުނި ޑަސްބިންތައް ހުންނަ ހިސާބެކެވެ. މަގުމަތީ އުޅެނިކޮށް، ޑަސްބިންތަކާ ދިމާލުން ކުއްޖަކު ރޯ އަޑު އިވޭ ކަމަށް އާންމުންގެ ބަޔަކު ރިޕޯޓްކުރި އެވެ. އަޑު އިވުނު ދިމާލަށް ގޮސް ތަންތަން ބަލަނިކޮށް ފެނުނީ ތުއްތު ކުއްޖެކެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކުއްޖާގެ ފޫޅުދަނޑިވެސް އޮތީ ކަނޑާނުލަ އެވެ. މުޅި ގައިގައި އޮތީ ދަވަތަކެއް ކަހަލަ ފަށަލައެއް ލެވިފަ އެވެ. ކުނިތަކާއި ވެލި ވެސް ކުއްޖާގެ ހަންގަނޑުގައި ތަތްލާފައި ހުއްޓެވެ. އޭނާ މަޑުމަޑުން އެ ކުއްޖާ ނަގައި ގަޔާލައި ބޮނޑިކޮށްލި އެވެ.

މި ކުއްޖާއަށް ވަރަށް އަވަހަށް ފަރުވާ ބޭނުންވާކަން އެނގި އަދި އެ ކުއްޖާ އޮތީ ވަރަށް ބަނޑުހައި ވެފައި ކަމަށް ވާތީ ބުއެލްނާ އަވަހަށް ދިޔައީ ހޮސްޕިޓަލަށެވެ. ފަރުވާ ދީގެން ކުއްޖާ ސަލާމަތްކުރެވުނެވެ. އަދި ކުއްޖާއަށް އެޑަމްގެ ނަމުން ނަން ދިނެވެ.

މަގުމަތިން ހޮވި ރޮބިން އުމުރުން 24 އަހަރުގައި

މަގުމަތިން ހޮވި ރޮބިން އުމުރުން 24 އަހަރުގައި

ކުއްޖާގެ ސިއްހަތު ރަނގަޅުވުމުން އެ ކުއްޖާއާ ހަވާލުވާނެ މީހަކު ހޯދަން ފެށި އެވެ. މި ކުއްޖާ އެޑޮޕްޓްކުރަން ބުއެލްނާ ބޭނުންވި އެވެ. ނަމަވެސް އޭނާ އުޅެން ޖެހޭލެއް ބުރަކަމާ އެކު ލިޔެކިޔުމުގެ ކަންތައްތައް ނުނިމިގެން އުޅެނިކޮށް އެހެން ދެމަފިރިއަކު އެ ކުއްޖާ އެޑޮޕްޓްކުރީ އެވެ. އެލިޒަބަތު ބާޓަން އާއި ޑެނިއަލް ފެނާންޑެޒް ކިޔާ މި ދެމަފިރިން މި ކުއްޖާއަށް ރޮބިންގެ ނަން ދިނެވެ.

ރޮބިން އަށް ލިބުނީ ވަރަށް ރަނގަޅު ބެލެނިވެރިއެކެވެ. ކުއްޖާ ބޮޑުވެ 24 އަހަރު ވި އިރު ވެސް އެއީ އެ ދެމަފިރިންގެ ދަރިއެއް ނޫންކަމެއް އޭނާއަކަށް ނޭނގެ އެވެ. ހޮވައިގެން ގެނައީ ކުނިތަކެއްގެ ތެރެއިން ކަމެއް އަދި އޭނާ ހޮވީ ފުލުހެއް ކަމެއް ވެސް ކުރިއަކުން ނޭނގެ އެވެ.

ރޮބިން ބޭނުންވީ އޭނާ ސަލާމަތްކުރި ފުލުސް މީހާއާ ބައްދަލުކުރަށެވެ.

ބުއެލްނާ އާއި ރޮބިން ފުރަތަމަ ބައްދަލުވި ވަގުތުކޮޅު

ބުއެލްނާ އާއި ރޮބިން ފުރަތަމަ ބައްދަލުވި ވަގުތުކޮޅު

ރޮބިން ވަނީ އޭނާ ސަލާމަތްކުރި ފުލުސް މީހާ ހޯދައިފަ އެވެ. އޭރު ފުލުސް މީހާ ވަނީ ވަޒީފާއިން ރިޓަޔާ ވެސް ކޮށްފަ އެވެ. މި ދެ މީހުންގެ ބައްދަލުވުން ވަރަށް އަސަރުގަދަ އެވެ.

ރޮބިންގެ ގައިގައި ބައްދާލައިގެން ބުއެލްނާ ވަރަށް ގިނަ އިރުވަންދެން ހުއްޓެވެ. އަދި ވަރަށް ގިނަ އިރުތަކެއް ވަންދެން އެމީހުންގެ ދިރިއުޅުމުގެ ތަޖުރިބާތައް ހިއްސާކުރަން ތިއްބެވެ. ހަގީގަތުގައި ބުއެލްނާ އަކީ ވެސް ރޮބިން ފަދައިން، މައިންބަފައިން ބޭނުން ނެތިގެން އެއްލާލި ކުއްޖެކެވެ.