13 ޖޫން 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓު ތޮއްޔިބު ޝަހީމު ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރީ، ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރާ ގުޅޭ ގޮތުން ކުރި ޓުވީޓެއްގެ މައްސަލައިގައި ކަމަށް ތޮއްޔިބު މިއަދު ބުނެފި އެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓު ތޮއްޔިބު ޝަހީމު ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރީ، ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރާ ގުޅޭ ގޮތުން ކުރި ޓުވީޓެއްގެ މައްސަލައިގައި ކަމަށް ތޮއްޔިބު މިއަދު ބުނެފި އެވެ.
ތޮއްޔިބު ބުނީ އޭނާ ކުރި ޓުވީޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަަމަށެވެ. އެ ޓުވީޓުގައި އޭނާ ސުވާލުކޮށްފައި ވާނީ، ޔާމީން މަރާލާފައި އޮތް ސީނަށް ދިޔަ ފޮރެންސިކް ފުލުހުންތަކެއް ބަންދުކޮށްގެން އުޅެނީ ކީއްވެތޯ ކަމަށް އޭނާ ބުންޏެވެ.
"އެގޮތަށް ޓުވީޓު ކުރީ ކީއްވެތޯ އާއި ކޮން ތަނަކުން ހޯދި މައުލޫމާތުތަކުގެ މައްޗަށްތޯ ސުވާލުކުރީ،" ތޮއްޔިބު ބުންޏެވެ.
މީގެ ކުރިން، ވެސް ތޮއްޔިބުގެ ޓުވީޓުތަކެއްގެ މައްސަލަ ބަލައި އޭނާ ހައްޔަރު ވެސް ކުރި އެވެ. އެ ފަހަރު އޭނާ ހައްޔަރުކުރީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ.
ފުލުހުންގެ ބަންދުން އޭނާ މިނިވަންވީ، ބަންދުގެ މުއްދަތު އިސްތިއުނާފްކޮށް ޝަރުތުތަކަކާ އެކު ހައި ކޯޓުގެ އަމުރަކުންނެވެ. އެ އަމުރުގައި، ދިވެހި ދައުލަތް ބަދުނާމު ނުކުރުމާއި ފުލުހުންނަށް އެއްބާރުލުން ދިނުން އަދި ރަށުން ބޭރަށް ނުދާން ޝަރުތުކޮށްފައިވެ އެވެ.
ޔާމީންގެ އުފަންދުވަސް؛ ހިމޭން ކަމާއި މާޔޫސް ކަމުގައި!
ޔާމީނަށް އިންޒާރު ދިން މައްސަލަ ދިޔައީ ބަލަމުން:ޕޮލިސް
ޔާމީން މަރާލީ އެތައް ފަހަރަކު އިންޒާރު ދިނުމަށްފަހު!
ތޮއްޔިބު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
ޗެނަލްތަކަށް ވަތް މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން
އެންމެ ބޮޑު މަރު: ދައުލަތް އަނެއްކާ ވެސް އިހުމާލު!
ހުކުމާ އެކު ޔާމީންގެ މަރުގެ މައްސަލަ ބަލަން ފަށައިފި
މިލިއަނުން ފައިސާ ނެގިއަސް ދަރިފުޅު އަގެއް ނުކުރެވޭނެ
ޔާމީން ރަޝީދުގެ މަރު: ދެ މީހަކު އުމުރަށް ޖަލަށް
ޔާމީން ރަޝީދުގެ މަރު: މާދަމާ ހުކުމް އިއްވަނީ