14 ޖޫން 2017
ކުރީގެ ރައީސް މައުމޫން އެމަނިކުފާނުގެ އާއިލީ ބޭނުންފުޅެއްގައި ތިން މަހެއްހާ ދުވަހު ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު، އަނބުރާ ރާއްޖެ ވަޑައިގަތުމަކީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އެމަނިކުފާނުގެ އާއިލީ ބޭނުންފުޅެއްގައި ތިން މަހެއްހާ ދުވަހު ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު، އަނބުރާ ރާއްޖެ ވަޑައިގަތުމަކީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
މައުމޫނަށް މަރުހަބާ ދެންނެވުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމަށް ފަހު، މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މައުމޫންގެ ތަޖުރިބާ އާއި ވިސްނުންފުޅާ އެކު އިދިކޮޅު މީހުންނަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
"މިކަމުގައި އަޅުގަނޑުމެންނަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދެކޭ ހިތްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރާއްޖެ ވަޑައިގަންނަވާ މަންޒޒަރު ކަމަށާއި ލަސްތަކެއް ނުވެ އެކަން ވެސް ހަގީގަތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ވިދާޅުވީ މައުމޫން އެނބުރި ވަޑައިގަތުމުން، އިދިކޮޅު މީހުންނަށް އަނެއްކާ ވެސް އިތުރު ހިތްވަރަކާއި ޖޯޝެއް ލިބޭނެ ކަމަށެވެ.
"އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި އަދި އެމަނިކުފާނުގެ ވިސްނުންފުޅާ އެކުގައި އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބު ކުރުމަށް، އަވަހަށް މިކަން ކާމިޔާބު ކުރުމަށް އަނެއްކާވެސް އިތުރު ހިތްވަރެއް ލިބިގެން ދިޔައީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބު ވާނެ. އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތުގައި ދެމިތިބޭނަން،" އިބޫ ވިދާޅުވި އެވެ.
"ހެޔޮ ރަނގަޅު ބަދަލު ރައްޔިތުންނަށް ވަރަށް އަވަހަށް ފެންނާނެ."
އެމްޑީޕީގެ ޚާރިޖީ ކޮމެޓީގެ ޗެއާ އަދި މައުމޫންގެ ސަރުކާރުގައި އެމަނިކުފާނުގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަބްދުﷲ ޝާހިދު ވިދާޅުވީ، މިރޭ ވެސް ފެނުނީ މި ސަރުކާރުގެ ހުދުމުހުތާރު ކަން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މައުމޫނަށް މަރުހަބާ ދެންނެވުމަށް އާންމުން ދާން ބޭނުންވާކަން ކަމާ ބެހޭ ފަރާތްތަކަށް ލިޔުމުން ފޮނުއްވި ކަމަށާއި އެކަމަކު އެއަށް ވެސް އެ ތަންތަނުން ނުބެލި ކަށެވެ.
"އެ ލިޔުންތަކަށް ކުރިން ހުއްދަ ދެއްވާފައި ވެސް މެ، އެކަމަކު އެ ކަންތައްތަކަށް މިވަނީ ހުރަސް އަޅުއްވާފައި. އަޅުގަނޑު ދަންނަވާނީ ދިވެހި ރައްޔިތުން ރައީސް މައުމޫނަށް އަދި އެހެން އިސްލާހަށް ލޯބިކުރައްވާ ވެރިންނަށް މަރުހަބާ ދެންނެވުމަށް ކުރާ މަސައްކަތަށް ކިތަންމެ ހުރަހެއް އެޅުއްވިޔަސް އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ހިތުގައި އެބޭފުޅުންގެ މައްޗަށް އޮތް ލޯތްބާއި އިހުތިރާމާއި ގަދަރަށް އެއްވެސް އުނިކަމެއް ނާންނާނެ،" މައުމޫނަށް މަރުހަބާ ދެންނެވުމަށްޓަކައި ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވި މީހުންނަށް ފުލުހުން ހުރަސްއެޅި މައްސަލާގައި ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވަނީ "ބޮޑުތަނުން ބަލިވެފައި" އަދި "ބޮޑުތަނުން ފަލީހަތް ވެފަ" އެވެ.
"މި ސަރުކާރުގެ ދުވަސް މިދަނީ ނެތެމުން. ރައްޔިތުންގެ އެއްވެސް ތާއީދެއް މި ސަރުކާރަށް ނެތްކަން އަނެއްކާވެސް މިރޭ މިވަނީ ފެނިފައި،" ޝާހިދު ވިދާޅުވި އެވެ.
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
ހެދިފައި އޮތީ ނުތަކާވަރުގެ ކޯލިޝަނެއް: ރައީސް ޔާމީން
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ސަރުކާރު ވައްޓާލައި، ލޮޓި ދޭކަށް ނޫޅެން: ގާސިމް
އެއްވެސް ޕާޓީއަކަށް ދެރަ ގޮތެއް ވިޔަ ނުދޭނަން: ރައީސް
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި