Roadha Mihaaru
މީހަކަށް 1250ރ. ގެ މަގުން ޒަކާތް ބަހަން ފަށައިފި

ފިތުރު ޒަކާތަށް މާލެ ސަރަހައްދުން 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބޮލަކަށް 1250 ރުފިޔާ

22 ޖޫން 2017

މިދިޔަ އަންގާރަ ދުވަހާ ހަމަ އަށް ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު ބޮލަކަށް، 1250 ރުފިޔާގެ މަގުން ޒަކާތް ބަހަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަންގާރަ ދުވަހާ ހަމަ އަށް ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު ބޮލަކަށް، 1250 ރުފިޔާގެ މަގުން ޒަކާތް ބަހަން މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތުގެ ގޮތުގައި 3.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު މާލެ ސަރަހައްދުން ފަގީރުންގެ ގޮތުގައި 3180 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަންގާރަ ދުވަހާ ހަމަ އަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ އިން ޒަކާތް ދައްކާފައިވަނީ 75،462 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ހޯލުން މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޒަކާތް ދޫކުރަމުންދާނެ އެވެ. މިއަދު ހަވީރު ހަތަރެއް ޖަހަންދެން ޒަކާތް ދޫކުރަމުން އަންނައިރު މާދަމާ މެންދުރު 2:00 އިން 5:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން 5:30 އަށް ޒަކާތް ދޫކުރާނެ އެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އިން 10:30 އަށް ޒަކާތް ދޫކުރަން ވަނީ ހަމަޖައްސައިފަ އެވެ.

ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން ލިބުނު އަދަދެއް އަދި ނުލިބެ އެވެ. އަދި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވި މީހުންގެ ޖުމްލައެއް ވެސް އަދި ނޭނގެ އެވެ.

މިިދިޔަ އަހަރު ރާއްޖޭގައި ފަގީރުންގެ ގޮތުގައި 12،000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު މާލޭ ސަރަހައްދުން އެކަނި ވެސް 2.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.