އިދިކޮޅު އެމްޑީޕީ އުފެއްދިތާ 12 އަހަރު އިއްޔެ ފުރުނުއިރު، އެކަކުގެ ބުއްދި އަށް ތަބާވާން ޖެހޭ ގޮތަށް އެ ޕާޓީގެ މިސްރާބު ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
27 ޖޫން 2017
އިދިކޮޅު އެމްޑީޕީ އުފެއްދިތާ 12 އަހަރު އިއްޔެ ފުރުނުއިރު، އެކަކުގެ ބުއްދި އަށް ތަބާވާން ޖެހޭ ގޮތަށް އެ ޕާޓީގެ މިސްރާބު ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މޫސަ ކުރެއްވި ޓުވީޓްތަކުގައި ވިދާޅުވީ ބުރަކަމާއި ނާމާންކަމާއި އަނިޔާ އާއި ފިއްތުންތަކުގައި މިނިވަންކަމަށް މަސައްކަތް ކުރި އެތައް ބަޔަކު ހަނާކޮށްލާފައި 12 އަހަރުވިއިރު ވެސް އެ ޕާޓީގެ ކޮންޓްރޯލް އޮތީ އެކަކުގެ އަތުގައި ކަމަށެވެ.
ނަން ވިދާޅުނުވި ނަމަވެސް މޫސަ ބަހުގެ ހަމަލާތައް މި އަމާޒުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެ އެވެ. ނަޝީދު އުޅުއްވަނީ އެމްޑީޕީ "ހައިޖެކްކުރައްވައިގެން" ކަމަށް ވިދާޅުވެ މީގެ ކުރިން ވެސް މޫސަ ފާޑުވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް 12 އަހަރު ފުރުނުއިރު އެ ޕާޓީ އަކީ ވަކި މީހަކު ވަށައިގެން އެނބުރޭ ޕާޓީ އަކަށް ބަދަލުކޮށް، ވެރިކަމަށް އަދިވެސް ގެންދަވަނީ މަރުފަލި ޖައްސަވަމުންނެވެ. އެއްވެސް ސިޔާސީ ފިކުރަކީ ވަކި މީހަކަށް މިސްރާބު ހިފައިގެން ގެންދާ ފިކުރަކަށް ވާނަމަ، ޑިމޮކްރަސީގެ އުސޫލުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އިސް މަގާމުތައް ފުރުއްވި މޫސަ އެމްޑީޕީ އަށް ފާޅުގައި ފާޑުވިދާޅުވާން ފެއްޓެވީ ރައްޔިތުންގެ މަޖިލީހުގައި ޕާޓީގެ ވިޕްލައިނާ ޚިލާފަށް ވޯޓު ދެއްވާތީ، އެމްޑީޕީން ވަކިކުރުމުންނެވެ. ފަހަކަށް އައިސް ސަރުކާރަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާ މޫސަ ގެންދަވަނީ އެމްޑީޕީގެ ގިނަ ކަންކަމާ މެދު ހިތްހަމަނުޖެހުންފާޅުކުރައްވަމުންނެވެ.
ނަޝީދުގެ ނުފޫޒު އެމްޑީޕީ ތެރެއަށް ގަދަކުރައްވައި ޕާޓީ ހައިޖެކްކޮށްފައިވާ ކަމަށް ވިދާޅުވެ ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަން ވެސް މޫސަ އިއުލާން ކުރެއްވި އެވެ. އެމްޑީޕީގައި ބޮއްސުންލާފައިވާ ކަންކަން ގާނޫނީ އިމުގެ ތެރެއިން ހައްލުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
މައްސަލަ ދެން ވައްދާނީ 42 ސޮޔާއެކު:އިދިކޮޅުފަރާތްތައް
އެމްޑީޕީ ގައުމުން ބޭރުގައި، ބަދަލެއް ފެންނާނެތަ؟
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
އޮޅުވާލައިގެން ޕާޓީ ބަދަލުކުރުމުން ގާނޫނީ އެހީ ދެނީ
ހަސަން ލަތީފު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފި
އެމްޑީޕީން މެންބަރުންނަށް އެޅި ފިޔަވަޅުތައް އުވާލައިފި
ނޭނގި ޕާޓީބަދަލުވާ މައްސަލާގައި އެމްޑީޕީގެ ކަންބޮޑުވުން
ޕްރައިމަރީއާ ހެދި އުޅެން އަދި މާ އަވަސް: މޫސަ
އެމްޑީޕީން ޕީޕީއެމާއެކު ހަދާނެ ޑީލެއް ނޯންނާނެ: ޝަރީފް
ޔާމީންގެ ރައްދު: ފުލުހުން ފޮނުވިން، އެއީ ވޯޓުގުނަން!