29 ޖޫން 2017
ނޯތު ހާބާރުގައި ކުރިން ހިންގި ކެފޭ ކުއްޔަށް ހިފާ ފަރާތުން ކެފޭގެ ޕާޓްނަޝިޕް ފީގެ ގޮތުގައި މަހަކު މަދުވެގެން 200،000ރ. ދައްކަން އެމްޕީއެލް އިން ޝަރުތުކޮށްފި އެވެ.
ނޯތު ހާބާރުގައި ކުރިން ހިންގި ކެފޭ ކުއްޔަށް ހިފާ ފަރާތުން ކެފޭގެ ޕާޓްނަޝިޕް ފީގެ ގޮތުގައި މަހަކު މަދުވެގެން 200،000ރ. ދައްކަން އެމްޕީއެލް އިން ޝަރުތުކޮށްފި އެވެ.
އެ ކެފޭ ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެމްޕީއެލް އިން ދޫކުރި ލިޔުމުގައި ބުނެފައި ވަނީ އެތަން ހިންގަން ވާނީ އެ ކުންފުނީގެ 50 ޕަސެންޓް ހިއްސާ އެކުލެވޭ ގޮތަށް ކަމަށެވެ. އަދި އެތަން ހިންގުމާއި އެތަނުގެ މުވައްޒަފުންގެ ހުރިހާ ކަމެއް ބަލަހައްޓަންވާނީ އެތަން ކުއްޔަށް ހިފާ ފަރާތުން ކަމަށް ވެސް އެމްޕީއެލް އިން ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނެފައި ވަނީ ކެފޭ ހިންގާ ޕާޓްނަޝިޕުން ކެފޭ އަދި ޖޫގޯ އާއި އެތަނުގައި ހުރި ތަކެތީގެ މަހު ކުލީގެ ގޮތުގައި މަދުވެގެން 200،000ރ. ދައްކަން ވާނެ ކަމަށެވެ. އަދި މިހާރު ކެފޭ އާއި ޖޫގޯ ޕޮއިންޓްގައި ތިބި 65 މުވައްޒަފުންގެ ތެރެއިން މަދުވެގެން 60 ޕަސެންޓް މީހުންނަށް ވަޒީފާ ހަމަޖައްސައިދޭންވާނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެފައިވެ އެވެ.
ނޯތު ހާބަރުގައި އެ ކުންފުނިން ހިންގި ކެފޭ ކުއްޔަށް ދޭނީ ކެފޭ އަދި ރެސްޓޯރަންޓް ހިންގުމުގެ ދިހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މިހާރު ވެސް އެފަދަ ވިޔަފާރިއެއްކުރާ ބަޔަކަށް ކަމަށް ބުނެފައިވެ އެވެ. އަދި އެ ފަރާތަކުން އެކަމަށް އެދި ޑިޕޮސިޓް ސެކިއުރިޓީގެ ގޮތުގައި 200،000ރ. ދައްކަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްޕީއެލް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް އެ ކެފޭއަށް އާމްދަނީގެ ގޮތުގައި ޖުމްލަ 6.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ކެފޭ ހިންގި ހަތް މަސް ދުވަހު މަހަކު އާމްދަނީގެ ގޮތުގައި 750،000ރ. އާއި 1.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މިދިޔަ މެއި މަހުގެ ފަހުކޮޅު އެތަން ބަންދުކުރުމަށްފަހު، އެމްޕީއެލް އިން ކެފޭ ހިންގަން ބަޔަކު ހޯދަން ކުރި އިއުލާނާ ގުޅިގެން ތިން ފަރާތަކުން ބިޑް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް އެއްވެސް ބަޔަކާ ކެފޭ ހިންގަން ހަވާލުކުރި ކަމެއް އެމްޕީއެލް އިން ސާފުވާ ގޮތެއްނުވި އެވެ.
މާލޭ އުތުރު ބަނދަރުގައި ހެދި ކެފޭ ހުޅުވައިފި
ޓީ ޖެޓީން ދޭ އުމްރާ ދަތުރުގެ ގުރުއަތު ނަގައިފި
ޓީ-ޖެޓީގެ އުމްރާ ދަތުރު ހަވާލުކޮށްފި
ހޮޓާ ރެސްޓޯރަންޓްތަކުގައި ނުކެވޭ ގޮތް ހަދަނީ
އެމްޕީއެލް ކެފޭ ހިންގުން ލެމަން ގްރާސްއާ ހަވާލުކޮށްފި
ފުޑް ކޯޓުގެ ތިން ޔުނިޓެއް ކުއްޔަށްދޭން އިއުލާންކޮށްފި
ރައީސް ޔާމީން، ފުޑް ކޯޓްތައް ހުޅުއްވައިދެއްވައިފި
އެމްޕީއެލް ކެފޭ ހިންގަން ބަޔަކާ ހަވާލުކޮށް، ހުޅުވައިފި
އެމްޕީއެލްގެ ކެފޭ ހުކުރު ދުވަހު އަލުން ހުޅުވަނީ
ހާބަރު ފުޑް ކޯޓުގެ ބިޑް 19 ފަރާތަކުން ކާމިޔާބުކޮށްފި