Roadha Mihaaru
އެސްބީއައި އިން މޮބައިލް ބޭންކިން ތައާރަފް ކޮށްފި

އެސްބީއައި އިން މޮބައިލް ބޭންކިން ތައާރަފް ކޮށްފި

06 ޖުލައި 2017

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖޭގައި މޮބައިލް ބޭންކިންގެ ހިދުމަތް މިރޭ ތައާރަފް ކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖޭގައި މޮބައިލް ބޭންކިންގެ ހިދުމަތް މިރޭ ތައާރަފް ކޮށްފި އެވެ.

ރާއްޖޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ ބޭންކުން މޮބައިލް ބޭންކިންގެ ހިދުމަތް ތައާރަފް ކުރުން އޮތީ މިހާރު ކުރި އަށް ދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގަ އެވެ. އެ ހިދުމަތް ތައާރަފް ކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.

އެ ބޭންކުގެ އިސް އޮފިޝަލަކު "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ބޭންކުން ތައާރަފްކުރި ހިދުމަތް މެދުވެރިކޮށް އެ ބޭންކުގެ ކަސްޓަމަރުންނަށް އެސްބީއައިގެ ކޮންމެ ކަސްޓަމަރަކަށް ވެސް ފައިސާ ފޮނުވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ކޮންމެ ބޭންކެއްގެ އިތުރުން އިންޑިއާގައި ހުންނަ އެސްބީއައިގެ ކޮންމެ ބްރާންޗެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ވެސް ފައިސާ ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ކަސްޓަމަރުންނަށް ވަރަށް ފަސޭހައިން ފައިސާ ފޮނުވުމުގެ އިތުރުން އެކައުންޓް ބެލެންސާއި އިތުރު ހިދުމަތްތައް ވެސް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިދުމަތެއް. މިހިދުމަތުގެ އެޕްލިކޭޝަން އެޕް ސްޓޯރުގެ އިތުރުން ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްބީއައިގެ މޮބައިލް ބޭންކިން މެދުވެރިކޮށް ދުވާލަކު 10،000 ޑޮލަރު (154،200ރ) އަށްވާ ފައިސާ ޓްރާންސްފާ ކުރެވޭނެ ކަމަށެވެ.