Roadha Mihaaru
ވެކޭޝަން އެކްސްޕޯއަށް ބޮޑު ތަރުހީބެއް!

ޗުއްޓީ ދަތުރުތަކާއި އެކި އިނާމްތައް ލިބޭ ވެކޭޝަން އެކްސްޕޯއަށް ބޮޑު ތަރުހީބެއް!

08 ޖުލައި 2017

ތަފާތު ޗުއްޓީ ދަތުރުތަކާއި ހިލޭ ޓިކެޓް އަދި އެކި އިނާމްތައް ލިބޭ ވެކޭޝަން އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ އެކްސްޕޯ އޮގަނައިޒްކުރި ހައިރައިޒް އިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ތަފާތު ޗުއްޓީ ދަތުރުތަކާއި ހިލޭ ޓިކެޓް އަދި އެކި އިނާމްތައް ލިބޭ ވެކޭޝަން އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ އެކްސްޕޯ އޮގަނައިޒްކުރި ހައިރައިޒް އިން ބުނެފި އެވެ.

ތަފާތު ޗުއްޓީ ދަތުރާއި އުމްރާ ދަތުރުތައް އަދި އެނޫން ވެސް ދަތުރުފަތުރާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ނެޝަނަލް އާޓްގެލަރީގައި ފެށި ވެކޭޝަން އެކްސްޕޯއަށް ފާއިތުވި ދެ ދުވަހު 2،000އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ހައިރައިޒް އިން ބުންޏެވެ.

"އަޅުގަނޑުމެންގެ މި އެކްސްޕޯއަށް މި އަހަރު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވޭ. މިފަހަރުގެ އެކްސްޕޯގައި ތަފާތު އިނާމްތައް ލިބޭ ލަކީ ޑްރޯތަކުގެ އިތުރުން ދަތުރުކުރުމާ ބެހޭ ތަފާތު އެކި މައުލޫމާތުތައް ސްޓޯލްތަކުން އަންނަނީ ދެމުން،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވި އެވެ.

ދަތުރުފަތުރާއި ޗުއްޓީ ދަތުރުތަކާ ބެހޭ މައުލޫމާތު ދިނުމަށް މިހާރު ކުރިޔަށްދާ ވެކޭޝަން އެކްސްޕޯގެ ސްޓޯތަކަށް މީހުން ޒިޔާރަތްކުރަނީ: މިއަހަރުގެ އެކްސްޕޯއަށް ވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުން. ފޮޓޯ: ހައިރައިސް

އޭނާ ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ވެކޭޝަން އެކްސްޕޯއަށް 3،000އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށެވެ. އަދި މި އަހަރު އެއަށްވުރެ އިތުރަށް މީހުން ޒިޔާރަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

އެ އެކްސްޕޯއާއެކު އެކި އިނާމްތައް ލިބޭ ލަކީ ޑްރޯތައް ކުރިޔަށް ވެސް ކުރިޔަށް ގެންދެ އެވެ. މި އެކްސްޕޯގައި، ރާއްޖެ އަށް ދަތުރުކުރާ ބޭރުގެ ގިނަ އެއާލައިންތަކާއި ރާއްޖޭގެ އެއާލައިންތަކުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމާ ގުޅުން ހުރި އެކި ފަރާތްތަކުން ބައިވެރިވެ އެވެ.

ވެކޭޝަން އެކްސްޕޯގައި ބައިވެރިވާ އިނާ މޯލްޑިވްސް އިން ކުރިޔަށް ގެންދިޔަ ކުއިޒް ކާމިޔާބުކުރި ފަރާތަތަކަށް އިނާމް ހަވާލުކޮށްދެނީ. ފޮޓޯ: ހައިރައިޒް

ވެކޭޝަން އެކްސްޕޯގައި ބައިވެރިވާ އިނާ މޯލްޑިވްސް އިން ކުރިޔަށް ގެންދިޔަ ކުއިޒް ކާމިޔާބުކުރި ފަރާތަތަކަށް އިނާމް ހަވާލުކޮށްދެނީ. ފޮޓޯ: ހައިރައިޒް

މިއިން ކޮންމެ ފަރާތަކުން ވެސް އެ މީހުންގެ އެކި ޕެކޭޖުތަކާއި ޕްރޮމޯޝަންތަކުގެ މައުލޫމާތު ދެ އެވެ. އަދި އެކްސްޕޯ އަށް ޒިިޔާރަތް ކުރާ ބައިވެރިންގެ މެދުގައި ނަގާ އެކި ގުރުއަތުތަކުގައި މިލިއަން ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

ދަތުރުފަތުރުކުރުމާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު މީހުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ވެކޭޝަންސް އެކްސްޕޯ މިއަދު ހަވީރު ނިމޭނެ އެވެ.

މި އެކްސްޕޯގައި 40 ފަރާތުން ބައިވެރިވާއިރު އޭގެ ތެރޭގައި އިނަ މޯލްޑިވްސް އާއި ކާނި ހޮޓެލްސް އާއި އެމްވީ ހޮޓެލްސް އާއި މޯލްޑިވިއަން އާއި މޫދު ހޮލިޑޭސް އާއި ހައްޖު ކޯޕަރޭޝަން އާއި މުފާސިރީން އާއި ވޮޔޭޖަސް މޯލްޑިވްސް އާއި ރެވެރީޒް އާއި ކްރޭކަން އާއި ޕްލުމީރިޔާ އާއި ފްލައި މީ އާއި ވިނޯވާ އާއި ޕެބްލްސް އިން އާއި އުނިމާ ގްރޭންޑް އަދި ޓްރެވަލް ކަނެކްޝަން މޯލްޑިވްސްގެ ސާފް ވިއޫ ހިމެނެ އެވެ.

ދަތުރުފަތުރާއި ޗުއްޓީ ދަތުރުތަކާ ބެހޭ މައުލޫމާތު ދިނުމަށް މިހާރު ކުރިޔަށްދާ ވެކޭޝަން އެކްސްޕޯގެ ސްޓޯލްތަކަށް މީހުން ޒިޔާރަތްކުރަނީ: މިއަހަރުގެ އެކްސްޕޯއަށް ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން. ފޮޓޯ: ހައިރައިސް

އަދި ބައިވެރިންގެ ތެރެއިން މަޖާ ކުރުމާއި ކުޅިވަރާ ގުޅުން ހުރި ވިޔަފާރި ތަކަކީ އެޑްވެންޗާ ޒޯން، ބީޗް ކްލަބް، ޑައިވް ޑެސްކް، ބޯޑް އެންޑް ސްޕޯޓްސް، އަދި އައިލަންޑް ވޯޓާ ސްޕޯޓްސް އެވެ. އެކްސްޕޯ ގެ ބޭރުގެ މައިގަނޑު ބައިވެރިންނަކީ ލަންކާ ހޮސްޕިޓަލްސް، ހޮލިޑޭ ކެރަލާ، ބޮންޑް ސަފާރީ އިންޑިޔާ، ތައީ ޓޫރިޒަމް ބޯޑް، އަދި ލަންކާގެ ދި ކިންގްސްބަރީ ހޮޓެލް ހިމެނެ އެވެ. ހައިރައިސް އިން ބުނިގޮތުގައި އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންނަށް އަމާޒުކޮށް އެ މަހާސިންތާގައި ބައިވެރިވާ ވިޔަފާރިތަކުން ވަނީ އެކި ޕްރޮމޯޝަންތައް ވެސް ރާވައިފަ އެވެ. އެގޮތުން ޗުއްޓީ ޕެކޭޖްތަކާއި އަދި ހައްޖު އުމްރާ ދަތުރު އިނާމެއްގެ ގޮތުގައި، އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންނަށް ލިބުން އެކަށީގެންވާ ކަމަށް ވެސް ހައިރައިޒް އިން ބުންޏެވެ.