Roadha Mihaaru
މުންދު ވާހަކަ ދެއްކެވީ މަގާމުގެ ދިފާއުގައި: މައުމޫން

ވެރިކަން ބަދަލުކުރާކަށް ނޫޅޭން، މުންދު ވާހަކަ ދެއްކެވީ މަގާމުގެ ދިފާއުގައި: މައުމޫން

09 ޖުލައި 2017

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރައްވަން ކުރީގެ ރައީސް މައުމޫން އުޅުއްވާ ކަމަށް ވިދާޅުވެ، ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރައްވަން ކުރީގެ ރައީސް މައުމޫން އުޅުއްވާ ކަމަށް ވިދާޅުވެ، ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މުންދު ދެއްކެވި ވާހަކައިގައި މައުމޫން މާ ކުރިން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރައްވަން ރޭއްވެވި ކަމަށް ވިދާޅުވުން އެއީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ.

މުންދުގެ ވާހަކަތަކަކީ މަގާމުގެ ދިފާއުގައި ދައްކަވާ ވާހަކަތަކެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން މައުމޫން ކުށްވެރި ކުރައްވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ރައީސް މައުމޫނާއި ގުޅިފައިވާ ޕާޓީތަކުން މިހާރު ފަށައިގެން ކުރިއަށް ގެންދާ އިސްލާހީ މަސައްކަތްތަކަކީ މިފަދަ މަޖުބޫރު ކުރުންތަކުން މިނިވަން މުއައްސަސާތަކާއި ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށް ކުރައްވާ މަސައްކަތްތަކެވެ. އަދި ރައްޔިތުންގެ ލާބައާއި މަންފާއައް ކުރާ ގައުމީ މަސައްކަތްތަކެވެ،" ބަޔާނުގައިވެ އެވެ.

މުންދުއަކީ މައުމޫންގެ ވެރިކަމުގައި އެ މަނިކުފާނުގެ އަރިހުގައި ރައީސް އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެ އޮފީހުގައި މައުމޫންގެ ތަރުޖަމާނަކަށެވެ.

ޓީވީއެމްގައި މުންދު ވިދާޅުވީ މައުމޫންގެ ވިސްނުންފުޅަކަށްވީ ރައީސް ޔާމީން ދުވަސްކޮޅަށް ވެރިކަމުގައި ބެހެއްޓެވުން ކަމަށެވެ. ރިޔާސީ ދައުރުގެ މެދުތެރެއިން އެހެން ބޭފުޅަކާ ވެރިކަން ހަވާލު ކުރެއްވުމަކީ މައުމޫން ގެންގުޅުއްވި ފަލްސަފާއެއް ކަމަށް މުންދު ވިދާޅުވި އެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވަނީ ވަަޒީފާގެ ބިރަށް އެ ވަޒީފާގައި ދެމިހުރުމުގެ މަގުސަދުގައި ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް އެކަން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަޒީފާގައި ހުރެވެން އޮތީ އެމަނިކުފާނަށް ފާޑުކިޔައިގެން ކަމަށްވާނަމަ އެކަން ކުރައްވަންވީ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ކުރެއްވި ޓުވީޓު.

މައުމޫން ކުރެއްވި ޓުވީޓު.

މައުމޫން ކުރެއްވި ޓުވީޓު.

މީގެ އިތުރަށް އެހެނިހެން މާލީ މަންފާތައް ލިބޭކަމުގައިވާނަމަ، އެމަނިކުފާނަށް ފާޑު ވިދާޅުވިޔަސް، މައްސަލައެއް ނެތް ކަމަށް ވެސް މިވަގުތު ސިންގަޕޫރުގައި ހުންނެވި މައުމޫން ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ މަގްސަދަކީ ގައުމާއި ދީނަށް ހިދުމަތް ކުރުން ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަމަކު އެހެން ބޭފުޅުންގެ ކުރިއެރުމަށް ހުރަސް އެޅުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.