ވޮޝިންޓަން (ޖުލައި 18) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލައްވާނެ ކަމަށް އެމެރިކާގެ ރިޔާސީ ކެމްޕޭން ތެރޭގައި ވިދާޅުވި ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޚިޔާލު ދޫކޮށްލައްވައިފި އެވެ.
18 ޖުލައި 2017
ވޮޝިންޓަން (ޖުލައި 18) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލައްވާނެ ކަމަށް އެމެރިކާގެ ރިޔާސީ ކެމްޕޭން ތެރޭގައި ވިދާޅުވި ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޚިޔާލު ދޫކޮށްލައްވައިފި އެވެ.
ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ގާއިމްކުރި އެއްބަސްވުމުގެ ދަށުން އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހެ އެވެ. މި އެއްބަސްވުމާ ގުޅިގެން އެމެރިކާ ކޮންގްރެސް އިން ވަނީ އީރާނުން އެއްބާރުލުން ދޭތޯ އެމެރިކާ ސަރުކާރުން ގޮތެއް ނިންމުމަށް އިއްޔެގެ ނިޔަލަށް މުހުލަތު ދީފަ އެވެ. އީރާނުން އެއްބާރުލުން ދޭތޯ ކޮންމެ ތިން މަހަކުން ކޮންގްރެސް އަށް ރިޕޯޓް ކުރަން ޖެހެ އެވެ. އެމެރިކާ ސަރުކާރުން އިއްޔެ ބުނެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އީރާނުން އަމަލު ކުރަމުންދާ ކަމަށާއި ނިއުކްލިއާ އެއްބަސްވުން އުވާނުލި ނަމަވެސް އިތުރު ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އީރާނަކީ އަދިވެސް މެދުއިރުމަތީގައި އެންމެ ބޮޑު ނުރައްކާ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒާރިފް އިއްޔެ ވިދާޅުވީ އީރާނުން ދަނީ ނިއުކްލިއާ އެއްބަސްވުމަށް ކިޔަމަން ވަމުން ކަމަށާއި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަންއާ އެކު މަޝްވަރާތައް ނުބޭއްވި ނަމަވެސް އެއްބަސްވުން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ދަށް ލެވެލްތަކުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ފިޔަވަޅުތަކާ ރާއްޖޭން ދެކޮޅުހަދަން އީރާނުން އެދިއްޖެ
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
އެމެރިކާ އިން އީރާނަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް
ސީރިއަސްވުމަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން
އެންމެ ފަހު ވަގުތު ވެސް ޓްރަމްޕް އީރާނަށް ދަތިކޮށްފި
ޓްރަމްޕާ ބައްދަލުކުރާނީ ދަތިކުރުން ހުއްޓާލުމުން: ރޫހާނީ
"ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ކުރާނެ މަޝްވަރާއެއް ނެތް"
އީޔޫގެ ކުންފުނިތަކަށް ލުއި ދޭން އެމެރިކާ އިން ދެކޮޅު ހަދައިފި
އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ
"ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ ނަމަ ނަތީޖާ ހިތިވާނެ"