Roadha Mihaaru
ގާސިމްގެ ފުރާނައަށް ނުރައްކާ، ބޭރަށް ފޮނުވަދީ؛ ވަކީލު

ގާސިމްގެ ފުރާނަ އަށް ވަނީ ނުރައްކާ ވެފައި، ބޭރަށް ފޮނުވައިދީ: ވަކީލުން

18 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ފުރާނަ އަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެ ވީ އެންމެ އަވަހަކަށް ގާސިމް ރާއްޖޭން ބޭރަށް ފޮނުވައި ދިނުމަށް އޭނާގެ ވަކީލުން ސަރުކާރަށް ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ފުރާނަ އަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެ ވީ އެންމެ އަވަހަކަށް ގާސިމް ރާއްޖޭން ބޭރަށް ފޮނުވައި ދިނުމަށް އޭނާގެ ވަކީލުން ސަރުކާރަށް ގޮވާލައްވައިފި އެވެ.

މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ ހާލު ނާޒުކު ފައްތަރަކަށް ދިޔަ އިރު، ފެނިގެން ދިޔައީ ކޯޓުތަކާއި ސަރުކާރުން ގާސިމާ މެދު ވަރަށް ނިކަމެތި އަދި ކަންބޮޑުވާ ގޮތަކަށް އަމަލު ކުރި މަންޒަރު ކަމަށެވެ.

ގާސިމަށް މި ވަގުތު ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަން ވެސް ހިސާން ފާހަގަކުރެއްވި އެވެ. އަދި ގާސިމް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަކަށް ކްރިމިނަލް ކޯޓުގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވާހަކަ ދައްކަވަނީ.-- މިހާރު ފޮޓޯ/ހުސައިން ވަހީދު

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވާހަކަ ދައްކަވަނީ.-- މިހާރު ފޮޓޯ/ހުސައިން ވަހީދު

ހިސާން ވިދާޅުވި ގޮތުގައި މެޑިކާ އާއި އޭޑީކޭ ހޮސްޕިޓަލުން ގާސިމް ބެއްލެވި ޑޮކްޓަރުން ވެސް ލަފާ ދެއްވީ ވީހާ ވެސް އަވަހަކަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމަށެވެ. އެއީ ގާސިމް ހައްދަވަން ޖެހޭ ބައެއް ޓެސްޓްތަކާއި ފަރުވާތަކަކީ ރާއްޖޭން ލިބެން ނެތް ފަރުވާތަކަކަށްވާތީ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"ގާސިމަކީ ކުރިން އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއް. އެކަމުގެ ތަފްސީލްތައް (ގާސިމް) ބަންދުގައި ބަހައްޓާފައި ހުރިއިރު ކްރިމިނަލް ކޯޓަށް ވާނީ ޑޮކްޓަރުންގެ ލިޔުންތަކާއެކު ހުށަހަޅާފައި،" ހިސާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ގާސިމަށް ކުރިމަތިވެވަޑައިގަތް ސިއްހީ މައްސަލަތަކުގެ ތަފްސީލެއް ވަކީލުންގެ ޓީމުން ހާމައެއް ނުކުރައްވަ އެވެ. ހިސާން ވިދާޅުވީ ގާސިމްގެ އާލާސްކަންފުޅާ ގުޅޭ ތަފްސީލްތައް ކަމާ ބެހޭ ފަރާތްތަކާ ގަވާއިދުން ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

ގާސިމްގެ ހާލު ސީރިއަސްވެ، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމަށް މިދިޔަ އާދިއްތަ ދުވަހު މަސައްކަތް ކުރެއްވި އެވެ. އެކަމަކު، އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ. ހިސާން ވިދާޅުވީ ގާސިމް ފުރުން މަނާ ކުރަން ޖެހޭ އެއްވެސް ސަބަބެއް ކޯޓަށް ދެއްކިފައިނުވާ ކަމަށެވެ.

ހިސާން ވިދާޅުވި ގޮތުގައި އިންސާނަކަށްވީތީ ލިބެން ޖެހޭ ފަރުވާތައް ލިބުމަކީ ގާނޫނުއަސާސީގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ހައްގެކެވެ. އެ ހައްގު ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ސިޔާސީ ސަބަބުތަކަށް "ހިސޯރު" ނުކުރެވޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ޝަރީއަތް ހިންގާނެ ވަކި އުސޫލުތަކަކާއި ގޮތްތަކެއް ހުރި އިރު، ގާސިމާ މެދު ޝަރީއަތް ކުރެވެނީ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށެވެ. އެގޮތުން އިބްތިދާއީ މަރުހަލާ ނުނިންމައި "ފުންމައިގެން" ޝަރީއަތާ ހަމައަށް ދިއުމަކީ ގާނޫނުގައި ކަނޑައެޅިފައި އޮތް އުސޫލެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނިކޮށް ގާސިމްގެ ހާލު، ކުރީގެ ރައީސް މައުމޫން ބައްލަވާލައްވަނީ.---ޓްވިޓާ ފޮޓޯ

މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނިކޮށް ގާސިމްގެ ހާލު، ކުރީގެ ރައީސް މައުމޫން ބައްލަވާލައްވަނީ.---ޓްވިޓާ ފޮޓޯ

"ފުރަތަމަ ގާނޫނުގައި އޮތީ ލިޔުންތައް ހަވާލުކުރުން. ދެން އިބްތިދާއީ އަޑުއެހުން ބޭއްވުން، އެއަށް ފަހު ޝަރީއަތުގެ އަޑުއެހުން ބޭއްވުން. މި މައްސަލައިގައި ވީ ގޮތަކީ ލިޔުންތައް ހަވާލުކޮށް، އިބްތިދާއީ އަޑުއެހުން ފުންމައިގެން (ނުބާއްވާ) ގޮސް ޝަރީއަތާ ހަމައަށް ކުއްލިއަކަށް ދިޔައީ،" ޝަމީމް ވިދާޅުވި އެވެ.

ގާސިމްގެ ވަކީލުންގެ ޓީމުން ބުނީ ޕާސްޕޯޓު ހިފެހެއްޓުމުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ފުރިހަމަވާން ޖެހޭ ކަންތައްތަކުގެ ތެރޭގައި ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައި އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ގާސިމް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވީ ފިއްލަވައިގެން ނޫން ކަމަށް ވެސް ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ.

ވަކީލުން ފާހަގަކުރި ގޮތުގައި ގާސިމްގެ ފުރާނަ އަށް ނުރައްކާވީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ސަބަބުންނެވެ. އެ ގޮޅިއަކީ އިންސާނަކު އުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ. ގާސިމްގެ ސިއްހީ ހާލު ގޯސްވެފައިވާތީ ވަކީލުން އެދިފައިވަނީ އޭނާގެ ޕާސްޕޯޓު ވީހާވެސް އަވަހަކަށް ދޫކޮށްލައި، ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާގެ އަޑުއެހުންތައް ވަނީ ފަށައިފަ އެވެ. ގާސިމަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށަން ކޯޓުން ހަމަޖެއްސީ ކުރިން އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް، އެ މައްސަލަތައް ދައުލަތުން އަލުން ހުށަހެޅުމުންނެވެ. އެ މައްސަލަތައް އޭރު ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިިރު ނުވުމުންނެވެ.

ގާސިމް އެޑްމިޓް ކުރީ ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތަކެއް ކުރިމަތިވެގެންނެވެ. އެހެންވެ، ގާސިމްގެ ހިތުގެ ހާއްސަ ސްކޭނެއް ހެދުމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އެގޮތަށް ލަފާ ދިނީ ގާސިމަށް ކުރިމަތިވެފައިވާ ފުއްޕާމޭގެ މައްސަލަތަކާއި އީސީޖީގެ ރިޕޯޓްތަކުގައި ވެސް މައްސަލަތަކެއް ފާހަގަކުރެވޭތީ އެވެ.