Roadha Mihaaru
ބޮން ގޮއްވަން އުޅުނު އިތުރު ތިން މީހަކަށް ދައުވާކޮށްފި

ބޮން ގޮއްވަން އުޅުނު މައްސަލާގައި އިތުރު ތިން މީހަކަށް ދައުވާކޮށްފި

30 ޖުލައި 2017

މިދިޔަ އޭޕްރީލް މަހު މާލޭގައި ބޮން ގޮއްވަން އުޅުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކަށް ވެސް ދައުުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އޭޕްރީލް މަހު މާލޭގައި ބޮން ގޮއްވަން އުޅުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކަށް ވެސް ދައުުވާކޮށްފި އެވެ.

އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ ބޮންތަކެއް ގޮއްވާލަން އުޅުމުގެ ތުހުމަތުގައި މާލޭގެ ބައެއް ތަންތަން ފާސްކޮށް، ބައެއް މީހުން ހައްޔަރުކުރި މީހުންގެ ތެރެއިން ހއ. ހޯރަފުށީ ވިދުވަރުގޭ ނާސިއު މުހައްމަދުގެ އިތުރުން އިތުރު ތިން މީހަކަށް ދައުވާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުންޏެވެ. އެކަމަކު އެ މީހުންގެ މައުލޫމާތެއް ސާފެއް ނުވެ އެވެ.

އެ އެންމެންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުން އަދި ނުފަށަ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެ މީހުންނަށް އަންނާނެ އެވެ.

މީގެކުރިން ނޮވެމްބަރު، 2015 ގައި މުލިއާގެ ކައިރީގައި ބޮމެއް ގޮއްވާލަން އުޅުނު ބަޔަކު ވެސް ހައްޔަރުކުރި އެވެ. އެ މައްސަލާގައި ހަތަރު މީހަކަށް ކުށް ސާބިތުވެ، ތިން މީހަކަށް 17 އަހަރުގެ ޖަލު ހުކުމެއް އަދި އެކަކަށް 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ.