Roadha Mihaaru
ވެއާ ހައުސެއް ބަންދު ކުރުމުން ބަދަލު ދޭން ޖެހިއްޖެ

12 އަހަރު ކުރިން ވެއާ ހައުސްއެއް ބަންދުކުރި މައްސަލާގައި ދައުލަތުން ބަދަލުދޭން ޖެހިއްޖެ

10 އޮކްޓޯބަރ 2017

މީގެ 12 އަހަރު ކުރިން ބައެއް ބޮންޑެޑް ވެއާ ހައުސެއް ކަސްޓަމްސުން ބަންދުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 12 އަހަރު ކުރިން ބައެއް ބޮންޑެޑް ވެއާ ހައުސެއް ކަސްޓަމްސުން ބަންދުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މީގެ 12 އަހަރު ކުރިން 2005 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ކުއްޔަށް ހިފާފައި ހުރި ބޮންޑެޑް ވެއާ ހައުސެއް މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ކަސްޓަމްސުން ބަންދުކޮށްފައި ބެހެއްޓި މައްސަލާގައި އެ ކުންފުނިން މިދިޔަ އަހަރު ދައުވާ ކުރުމުން ކަސްޓަމްސްގެ މައްޗަށް ކޯޓުން މިމަހުގެ ހަތަރު ވަނަ ދުވަހު ހުކުމްކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 691،000 އަށް ވުރެ ގިނަ ރުފިޔާ އެ ކުންފުންޏަށް ދެއްކުމަށެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން އެ ބަދަލަކީ އެ ވެއާ ހައުސް ބަންދުކޮށްފައި ހުރި މުއްދަތުގައި، އެ ކުންފުނިން ރާއްޖެ އެތެރެކުރި މުދާ ވައްދާނެ ތަނެއް ނެތިގެން ޑެމެރޭޖްގެ ގޮތުގައި ޕޯޓްސް އޮތޯރިޓީއަށް އެ ކުންފުނިން ދެއްކި ފައިސާ އެވެ. އެ ފައިސާ އެ ކުންފުނިން ދައްކަން ޖެހުނީ ކަސްޓަމްސުން ގަވާއިދާ ޚިލާފަށް ވެއާ ހައުސް ބަންދު ކުރުމުން ކަމަށާއި އެހެންވެ އެ ގެއްލުމަކީ ކަސްޓަމްސުން ޒިންމާވާން ޖެހޭނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

ގާޒީ އަލީ އަބްދުﷲ ކުރެއްވި އެ ހުކުމުގައި ކަސްޓަމްސަށް އަންގާފައިވަނީ އެ ފައިސާ ހަ މަސް ތެރޭގައި ދެއްކުމަށެވެ.

އެ މައްސަލާގައި ވަކީލުންގެ ފީ އާއި ޕިއުނިޓިވް ޑެމޭޖަސްގެ ގޮތުގައި ލިބުނު ގެއްލުން ވެސް ކަސްޓަމްސްގެ ކިބައިން ނަގައިދޭން އެ ދައުވާގައި އެދިފައި ވިޔަސް ހުކުމުގައިވާ ގޮތުން އެކަންކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް ނެތުމުން އެ ބަދަލު ނަގައެއް ނުދެވޭނެ އެވެ،