Roadha Mihaaru
"ކުޅުދުއްފުށީގައި ބާއްވާނީ 'އުދުހިގެންދާ' ޖަލްސާއެއް"

ކުޅުދުއްފުށީގައި ބާއްވާނީ "އުދުހިގެންދާ" ޖަލްސާއެއް: ނިހާން

07 ނޮވެމްބަރ 2017

ހދ. ކުޅުދުއްފުށީގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވުމަށް ހަމަޖެހިފައިވަނީ ތާރީޚީ ޖަލްސާއެއް ކަމަށާއި އެއީ "އުދުހިގެންދާ" ޖަލްސާއެއް ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕު ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހދ. ކުޅުދުއްފުށީގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވުމަށް ހަމަޖެހިފައިވަނީ ތާރީޚީ ޖަލްސާއެއް ކަމަށާއި އެއީ "އުދުހިގެންދާ" ޖަލްސާއެއް ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕު ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ކުޅުދުއްފުށީގައި ބާއްވާ ޖަލްސާއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގަންނަވާނީ "އުދުހިފައި" ކަމަށް އޭނާ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއީ ތެދަކަށް ވާނެ ކަމަށާއި އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފެއްޓެވުމަށް ކުޅުދުއްފުށީގައި ބާއްވާނީ ވެސް "އުދުހިގެންދާ" ޖަލްސާއެއް ކަމަށް ނިހާން ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެންނެވެ. މިއީ އެ ޕާޓީގެ އަހަރީ ޖަލްސާއެއް މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރިޔާޒު ރަޝީދު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރިޔާޒު ރަޝީދު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

ޕީޕީއެމުން ބުނީ ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ، އިދިކޮޅު ފަރާތްތަކުން ހއ. ދިއްދޫގައި ބޭއްވި ފަދަ ޖަލްސާއަކަށް ނުވާނެ ކަމަށެވެ. އަދި އެއީ މިހާތަނަށް ރަށެއްގައި ބާއްވާ އެންމެ ފުރިހަމަ ޖަލްސާއަކަށް ވާނެ ކަމަށާއި ކުޅުދުއްފުށީގެ ރައްޔިތުން އެއާޕޯޓަކަށް ބޭނުންވެފައިވާ މިންވަރު ވެސް ޖަލްސާއިން އެނގޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހު ވެސް މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމުން އަންނަނީ ތައްޔާރުވަމުންނެވެ.

ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނަވާ އެ ޖަލްސާ ކުރިން ބޭއްވުމަށް ހަމަޖެއްސީ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭގަ އެވެ. އެކަމަކު މޫސުން ގޯސްވުމުން ޖަލްސާ ފަސް ކުރީ އެވެ.

އެ ޖަލްސާ އިންތިޒާމް ކުރުމުގައި އުޅުއްވާ، މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ނަސްރުގެ ދުވަހާ ވެސް ގުޅުވައިގެން ބާއްވާ އެ ޖަލްސާގައި އެ ދުވަސް ތަޖުރިބާ ކުރެއްވި ބޭފުޅުން ވެސް ވާހަކަ ދައްކަވާނެ ކަމަށާއި އެ ހާދިސާއާ ގުޅޭ ގިނަ ވާހަކަތަކެއް ޖަލްސާ އިން އެނގޭނެ ކަމަށެވެ.

"މި ޖަލްސާގައި ބައިވެރިވާނީ ހަމައެކަނި ސިޔާސީ ބޭފުޅުންނެއް ނޫން. އެ ދުވަހުގެ ބަތަލުން ވެސް އެ ބޭފުޅުން ކުރެއްވި ތަޖުރިބާ ކިޔައި ދެއްވާނެ،" ރިޔާޒު ވިދާޅުވި އެވެ.