ކޮލަމްބޯ (ޑިސެމްބަރު 1) - ބާރުގަދަ ތޫފާންގައި ސްރީ ލަންކާ އާއި އިންޑިއާ އިން 16 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
01 ޑިސެމްބަރ 2017
ކޮލަމްބޯ (ޑިސެމްބަރު 1) - ބާރުގަދަ ތޫފާންގައި ސްރީ ލަންކާ އާއި އިންޑިއާ އިން 16 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޑިޒާސްޓާ އޮފިޝަލުން ބުނީ ތޫފާން އޮޗީގައި އިންޑިއާ އިން ނުވަ މީހުން އަދި ލަންކާ އިން ހަތް މީހުން މަރުވެފައިވާ ކަމަށެވެ. ގިނަ މީހުން މަރުވެފައި ވަނީ ވެއްޓުނު ގަސްތަކުގެ ދަށުވެގެންނެވެ. ތޫފާނުގައި ބައެއް ވަގުތުތަކުގައި ވަނީ ގަޑިއަކު 130 ކިލޯ މީޓަރު (80 މޭލު) އަށް ވައިގަދަވެފަ އެވެ.
ތޫފާނުގައި ލަންކާ އިން ވަނީ 20،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފަ އެވެ. ތޫފާނުގައި ގެއްލުން ލިބޭ މީހުންނަށް އެހީވުމަށް ސިފައިން ނެރުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އިއްޔެ ވަނީ އަންގަވައިފަ އެވެ. ލަންކާގެ ޑިޒާސްޓާ އޮފިޝަލަކު ވިދާޅުވީ މިހާރު ވެސް 2،000 އަށް ވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި ބެންގަލޯރުގެ މަގަކުން މިއަދު ބަޔަކު ދަނީ. --ފޮޓޯ:އޭއެފްޕީ
އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ އެ ގައުމުގެ ދެކުނުގެ ހިސާބުތަކުން މަހަށް ނުކުމެ ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމަށް މަނަވަރުތައް ފޮނުވާފައިވާ ކަމަށެވެ. އިންޑިއާގެ އޮފިޝަލަކު ވިދާޅުވީ ކަނޑު މައްޗަށް ނުކުތް އުޅަނދުތަކުގައި 100 އަށް ވުރެ ގިނަ މީހުން ތިބޭނެ އެވެ. އެ މީހުންގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ތޫފާނުގައި ބޯކޮށް ވާރޭ ވެހެމުންދާތީ، ހަތް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗެންނާއީގެ ސްކޫލްތައް މިއަދު ވެސް ވަނީ ބަންދުކޮށްފަ އެވެ. ދެކުނުގެ ކެރެލާ ސްޓޭޓުގެ ކޮޗީގެ އައްސޭރި ފަށަށް ޓޫރިސްޓުން ނުދިއުމަށް މިހާރު ވަނީ އަންގައިފަ އެވެ. ކެރެލާ އާއި ޓަމިލް ނާޑޫ ސްޓޭޓުން ކަރަންޓް ކެނޑުމުން އެތައް މިލިއަން ބަޔަކަށް ވަނީ އެކަމުގެ ގެއްލުންތައް ލިބެން ފަށައިފަ އެވެ.
އިންޑިއާގެ އޮރިއްސާ އަށް 1999 ވަނަ އަހަރު ކުރިމަތިވި ތޫފާނެއްގައި ވަނީ 8،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
އަރަބި ކަނޑުގައި ތޫފާނެއް އުފެދޭތީ އިންޑިއާ، ލަންކާ ސަމާލުވެގެން
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 607 އަށް
ލަންކާގައި ދިވެހިން ހިންގާ އެހީގެ ހަރަކާތް ކާމިޔާބު
ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް
ގެއްލުން ފޫބައްދަން 7 ބިލިއަން ބޭނުންވޭ: ލަންކާ
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 410 އަށް
ލަންކާ އަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ހަވާލުކޮށްފި
ރާއްޖެއިން ލަންކާއަށް ދޭ 12 މިލިއަން މިއަދު ފޮނުވަނީ
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި