Roadha Mihaaru
ލަންކާގެ ކޮލެޖަކުން ދިވެހިންނަށް ޚާއްސަ އިނާޔަތްތަކެއް

ލަންކާގެ ކޮލެޖަކުން ދިވެހިންނަށް އަގު ހެޔޮކޮށް ކިޔެވޭނެ ގޮތް ހަދައިފި

06 ޑިސެމްބަރ 2017

ސްރީ ލަންކާގެ ސްޕެކްޓްރަމް ކޮލެޖުން ދިވެހި ދަރިވަރުންނަށް އަގު ހެޔޮކޮށް ކިޔެވޭނެ މަގު ފަހިކޮށް ދިނުމަށް އެ ކޮލެޖާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީއާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގެ ސްޕެކްޓްރަމް ކޮލެޖުން ދިވެހި ދަރިވަރުންނަށް އަގު ހެޔޮކޮށް ކިޔެވޭނެ މަގު ފަހިކޮށް ދިނުމަށް އެ ކޮލެޖާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީއާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ދިވެހި އެމްބަސީގެ ދަށުން ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ. ސްޕެކްޓްރަމް ކޮލެޖުން ސޮއިކުރެއްވީ އެ ތަނުގެ ޗެއާމަން ޑރ. ޝަރްފްރާޒް އާޒާދެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ މި އެއްބަސްވުމުގެ ދަށުން، މި މަހުގެ 1 އިން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެމްއީސީސީ މެދުވެރިކޮށް، ސްޕެކްޓްރަމް ކޮލެޖަށް ވަންނަން ހުށަހަޅާ މީހުންގެ އިދާރީ ފީ އަށް 75 ޕަސަންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

ކުރިއަށް އޮތް ނުވަ މަސްތެރޭގައި އެމްއީސީސީ މެދުވެރިކޮށް ކޮލެޖަށް ވަންނަން ހުށަހަޅާ މީހުންގެ އިދާރީ ފީ އަށް 50 ޕަސަންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް އެމްބަސީން ބުނެ އެވެ.

ސްޕެކްޓްރަމް ކޮލެޖުގައި ދިވެހިންނަށް އިދާރީ ފީގެ ގޮތުގައި ނަގަނީ އެއް ލައްކަ ރުޕީސް އެވެ. އެއީ 655 ޑޮލަރެވެ. އަދި 75 ޕަސަންޓްގެ ޑިސްކައުންޓަކާ އެކު ފީގެ ގޮތުގައި ދައްކަން ޖެހޭނީ 165 ޑޮލަރެވެ. އިދާރީ ފީން 50 ޕަސަންޓު ޑިސްކައުންޓާއެކު ފީގެ ގޮތުގައި ދައްކަން ޖެހޭނީ 328 ޑޮލަރެވެ.

މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކޮންމެވެސް އެއް ކުއްޖަކަށް ކޮންމެ އަހަރަކު ވެސް އެ ކޮލެޖުން ސްކޮލަޝިޕެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ލަންކާ އެމްބަސީން ބުންޏެވެ.

ހަމައެއާއެކު، ސްޕެކްޓްރަމް ކޮލެޖްގައި ދިވެހި ބަސް މާއްދާއެއްގެ ގޮތުގައި ހިމަނައި، އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ މިންގަނޑަށް ރާއްޖޭގެ ގައުމީ މަންހަޖު އެ ކޮލެޖުގައި ކިޔަވައި ދިނުމަށް ބޭނުންވާ އެހީތެރިކަން އެމްއީސީސީން ފޯރުކޮށްދިނުމަށް ވެސް ނިންމާފައި ވެ އެވެ. ނާސަރީން ފެށިގެން އޭލެވެލްއާ ހަމައަށް ކަޔަވައިދޭ އިންޓަނޭޝަލް ކޮލެޖުގެ ފަރާތުން އިމްތިހާންގައި ބައިވެރިވާ ކުދިންނަށް އެޑްއެކްސެލް އާއި ކެމްބްރިޖް އިމްތިހާންގައި ބައިވެރިވެވެ އެވެ.