Roadha Mihaaru

ކޯޓީިނިއޯ ގަންނަން ރެއާލާއި ބާސެލޯނާ ގަދަ ހިފުމަކަށް

ލިވަޕޫލް (ނޮވެމްބަރު 13) - ލިވަޕޫލަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ ގަންނަން ސްޕެއިނުގެ ގަދަ ދެ ބާރު ކަަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ގަދަ ހިފުމަކަށް ދާން ޖެހިއްޖެ އެވެ.

ކޯޓީިނިއޯ ގަންނަން ރެއާލާއި ބާސެލޯނާ ގަދަ ހިފުމަކަށް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

13 ނޮވެމްބަރ 2016

ލިވަޕޫލް (ނޮވެމްބަރު 13) - ލިވަޕޫލަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ ގަންނަން ސްޕެއިނުގެ ގަދަ ދެ ބާރު ކަަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ގަދަ ހިފުމަކަށް ދާން ޖެހިއްޖެ އެވެ.

މި ސީޒަނުގެ މިހާތަނަށް ލިވަޕޫލްގެ އިތުރުން ބްރެޒިލަށް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޯޓީނިއޯ އަށް ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ގިނަ ފަރާތްތަކުން އަންނަނީ ތައުރީފް ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބޮޑު އަގުގައި ކޯޓީނިއޯ ގަންނަން ރެއާލާއި ބާސެލޯނާ އޮތީ ތައްޔާރަށެވެ. ބާސެލޯނާ އިން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން އެންމެ ފުރަތަމަ ޓާގެޓްކުރާނެ ކުޅުންތެރިޔަކީ ކޯޓީނިއޯ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާ އާއި ކޯޓީނިއޯ އަކީ ބްރެޒިލްގެ އުމުރުފުރާގެ ގައުމީ ޓީމުތަކުގައި ވެސް އެއްކޮށް ކުޅުނު ދެ ކުޅުންތެރިންނެވެ. ނޭމާ ވަނީ ދާދި ފަހުން ކޯޓީނިއޯއާ އެއް ކްލަބެއްގައި ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. ބާސެލޯނާ އިން ކޯޓީނިއޯ އެ ކްލަބަށް ގެންދަން ކުރާ މަސައްކަތަށް ނޭމާގެ އެހީތެރިކަން ހޯދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކުރިން ރެއާލަށް ކުޅުނު ބްރެޒިލްގެ ވާތު ބެކް ރޮބާޓޯ ކާލޮސް ބުނީ ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަންނަނީ ކޯޓިނިއޯ އަށް ފާރަލަމުން ކަަމަށާއި ޒިނެދިން ޒިދާންގެ ލަފަޔާ އެކު ކޯޓިނިއޯ އަށް ބޮޑު ބިޑެއް ރެއާލުން ކުރާނެ ކަމަށެވެ. ރެއާލަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ވެސް ވަނީ ކޯޓީނިއޯ އަކީ އެ ޓީމަށް ބޭނުންވާ ސްޓައިލްގެ ކުޅުންތެރިޔެއް ކަމަށް ބުނެފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް މި ސީޒަން ފެށުމުގެ ކުރިން ވަނީ އެ ޓީމަކީ ތަރިން ވިއްކާ ކްލަބަކަށް ވާން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އަދި ކޯޓިނިއޯ އަކީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަން ވެސް އޭނާ ފާހަގަކުރި އެވެ.

ކޯޓީނިއޯ ލިވަޕޫލަށް ބަދަލުވީ 2013 ވަނަ އަހަރު 8.5 މިލިއަން ޕައުންޑުގެ އަގަކަށް އިންޓަ ދޫކޮށްލުމަށް ފަހު އެވެ. ފާއިތުވި ތިން ސީޒަނުގައި ކޯޓީނިއޯ ވަނީ ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.