26 ޑިސެމްބަރ 2017
ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް ބުނެ، ތޫނިސް އާއި އެމިރޭޓްސްގެ އެކި މަންޒިލްތަކާ ދެމެދު އެމިރޭޓްސް އެއާލައިން އިން ކުރާ ދަތުރުތައް މެދުކަނޑާލައިފި އެވެ.
ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް ބުނެ، ތޫނިސް އާއި އެމިރޭޓްސްގެ އެކި މަންޒިލްތަކާ ދެމެދު އެމިރޭޓްސް އެއާލައިން އިން ކުރާ ދަތުރުތައް މެދުކަނޑާލައިފި އެވެ.
ޓެރަރިސްޓު ހަމަލާއެއްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ބުނެ، އެމިރޭޓްސް އިން އެންމެ ފުރަތަމަ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރީ ތޫނިސްގެ ޕާސްޕޯޓްގައި ދަތުރުކުރާ އަންހެނުންނަށެވެ. އެ ގޮތުން ތޫނިސްގެ ޕާސްޕޯޓްގައި އެމިރޭޓްސްގެ ފްލައިޓްތަކުން ދަތުރުކުރާ އަންހެނުން ބަލައި ފާސްކުރުން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ވަރުގަދަ ކޮށްފަ އެވެ. އެހެންކަމުން އަންހެނުން ބަލައި ފާސްކުރުމަށް ގިނަ ވަގުތުތަކެއް ނެގުމުން ތޫނިސް އިން ފުރާ އެމިރޭޓްސްގެ ފްލައިޓްތައް ވަރަށް ބޮޑަށް ޑިލޭވުމުގެ މައްސަލަ މި ދެދުވަހު ކުރިމަތިވި އެވެ.
ތޫނިސްގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި އެމެރޭޓްސްގެ ފްލައިޓްތައް ކެންސަލް ކުރީ، މިހާރު އުފެދިފައިވާ މައްސަލަ އަށް ހައްލެއް ހޯދެން ދެނެވެ. އަދި އެ މައްސަލަ ހައްލު ވިހާ އަވަހަކަށް ދަތުރުތައް އަލުން ފަށާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ތޫނިސްގެ ރައީސް އޮފީހުގެ ތަރުޖަމާނު ސާއިދާ ވިދާޅުވި ގޮތުގައި އެމިރޭޓްސްގެ ފްލައިޓެއްގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ސިރިއަސް މައުލޫމާތުތަކެއް އެމިރޭޓްސް އަށް ވަނީ ލިބިފަ އެވެ.
ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އިތުރުވެފައި މިވަނީ، އިރާގާއި ސީރިޔާގައި ހަނގުރާމަ ކުރަމުން ދިޔަ އިސްލާމިކް ސްޓޭޓްސް (އައިއެސް)ގެ ހަނގުރާމަވެރިން އެ ދެ ގައުމުން ފައްސައިލުމުން، އެެހެން ގައުމުތަކަށް ދަތުރުކުރަމުން ދާތީ އެވެ. އިރާގާއި ސީރިޔާ އިން ސަލާމަތުން ނުކުމެވުނު އައިއެސްގެ ހަނގުރާމަވެރިން މިހާރު ދަނީ އެހެން ގައުމުތަކަށް ދަތުރު ކުރަމުންނެވެ.
ބައެއް ޖާސޫސީ މައުލޫމާތުތައް ބުނާ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން މިހާރު ރާވަމުން ދަނީ ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށެވެ. އެ ފަދަ ހަމަލާއެއް ދިނުމުގައި ތޫނިސްގެ އަންހެނުންނާއި ތޫނިސްގެ ޕާސްޕޯޓްގައި ދަތުރުކުރާ އަންހެނުން ބޭނުންކޮށްފާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމިރޭޓްސް އިން ބުނެ އެވެ.
މޯލްޑިވިއަން އާއި އެމިރޭޓްސްގެ އެއްބަސްވުން އާކޮށްފި
އެމިރޭޓްސްގެ ޕްރިމިއަމް އިކޮނޮމީކްލާސް އިތުރު ބޯޓުތަކަށް
މަތިންދާބޯޓަށް ލެޕްޓޮޕް އެރުވުން މަނާކޮށްފި
ޕާކިސްތާނުގައި ދިން ހަމަލާއަކުން 26 މީހުން މަރުވެއްޖެ
ކުއްލި ނުރައްކާތައް ކުޑަކުރަން ގުޅުން ފުޅާކުރަންޖެހޭ
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
ތުރުކީން އިރާގާއި ސީރިއާގައި ކުރުދީންނަށް ހަމަލާ ދީފި
ތުރުކީގައި ޓެރަރިސްޓު ހަމަލާއެއްދީ ބަޔަކު މަރާލައިފި
ލަންކާގައި ހަމަލާއެއް ދޭން އެބައުޅޭ: އެމެރިކާ