އިރާގާއި ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެ އެ ދެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ ތެރެއިން މިހާރު އެ ދެ ގައުމުގައި ތިބީ ހާހަކަށް ވުރެ ވެސް މަދު ބައެއް ކަމަށް އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުން ބުނެފި އެވެ.
28 ޑިސެމްބަރ 2017
އިރާގާއި ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެ އެ ދެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ ތެރެއިން މިހާރު އެ ދެ ގައުމުގައި ތިބީ ހާހަކަށް ވުރެ ވެސް މަދު ބައެއް ކަމަށް އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުން ބުނެފި އެވެ.
އައިއެސްގެ ހަނގުރާވެރިންގެ މައްޗަށް ކާމިޔާބު ހޯދިއްޖެ ކަމަށް އިރާގާއި ސީރިޔާ ސަރުކާރުން އިއުލާން ކުރީ މި މަހުގެ ކުރީކޮޅުގެ ތެރޭގަ އެވެ. އެ ހަނގުރާމަވެރިންގެ ބާރު ކަނޑުވައިލުމަށް އެ ދެ ގައުމުގެ ސިފައިން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އައިއެސްގެ ލަޝްކަރުގައި ހިމެނެނީ ޖިހާދުކުރުމުގެ ނަމުގައި ދުނިޔޭގެ އެކި ގައުމުތަކުން ގޮސް ހަނގުރާމައިގައި ބައިވެރިވެފައިވާ މީހުންނެވެ.
އިރާގުގެ ތިން ބައިކުޅަ ދެ ބަޔަށް ވުރެ ބޮޑު ސަރަހައްދަކަށް، 2014 ވަނަ އަހަރުން ފެށިގެން އައިއެސްގެ ހަނގުރާމަވެރިން އަތް ގަދަކޮށްގެން އުޅެނިކޮށް، އިރާގުން އެމީހުންގެ ބާރު ކަނޑުވައިލީ، އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިންނާއި ޝީއީ ހަނގުރާމަވެރި ޖަމާއަތްތަކުގެ އިތުރުން އެމެރިކާ އިން އެކުލަވައިލި އަސްކަރީ ކޯލިޝަންގެ ގައުމުތަކުން ވައިގެ މަގުން ދިން ހަމަލާތަކުންނެވެ.
އިރާގާއި ސީރިޔާގައި އުޅުނު އައިއެސްގެ ހަނގުރާމަވެރިންނަށް ނާކާމިޔާބު ވުމުން، އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ދަނީ އެ ދެ ގައުމު ދޫކޮށް ދުނިޔޭގެ އެހެން ގައުމުތަކަށް ދަތުރު ކުރަމުންނެވެ. އަދި ބައެއް މީހުން މިހާރު ވެސް އިރާގާއި ސީރިޔާގައި ފިލައިގެން ހަރަކާތްތެރިވަމުންދެ އެވެ.
އައިއެސްގެ ހަނގުރާމަވެރިން އިރާގާއި ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެ ހަނގުރާމަ ވަރުގަދަވުމުގެ ސަބަބުން އެތައް މިލިއަން ބަޔަކު ވަނީ އެ ދެ ގައުމު ދޫކޮށް ވިލާތުގެ ބައެއް ގައުމުތަކަށް ހިޖުރަ ކޮށްފަ އެވެ. އަދި އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، އެތައް ލައްކަ ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ.
ސީރިޔާ އާއި އިރާގުގެ ދާޚިލީ ހަނގުރާމައިގައި އެ ދެ ގައުމުގެ ބޮޑެތި ބައެއް ސަހަރުތައް ވަނީ އެކުގައި ބިމާ ހަމަވެފަ އެވެ. އެ ސަހަރުތައް އަލުން އާބާދު ކުރުމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ނަމަވެސް އެ ފައިސާ ހޯދޭނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
11/9ގެ ފަހުން 48،000 އާންމުން މަރާލައިފި
އައިއެސްގެ ހަމަލާތަކެއްގައި އިރާގުގެ 16 ފުލުހުން މަރު
އައިއެސް ބަލިވިކަން އަދިވެސް ޔަގީނެއް ނޫން
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
އެމެރިކާ ސިފައިންގެ މައުލޫމާތު ދެން އާންމެއް ނުކުރާނެ
ސީރިޔާއިން ފޭބުމަށް ތުރުކީން ޝަރުތުތަކެއް
ސީރިޔާ އާއި އިރާގުގެ ހަމަލާތައް އަދި އޮތީ ކުރިއަށް
އިރާގުގެ އިރްބީލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް
އިރާގުގެ ގްރީން ޒޯނަށް ރޮކެޓް ހަމަލާތަކެއް
އައިއެސްގެ ހަމަލާއެއްގައި އިރާގުން 11 މީހުން މަރު