Roadha Mihaaru
"ކްއަންޓިކޯ 3" އެޕްރީލް 26 ގައި ޕްރިމިއާ ކުރަނީ

"ކްއަންޓިކޯ" ސީޒަން 3 އެޕްރީލް 26 ގައި ޕްރިމިއާކުރަން ނިންމައިފި

11 ޖެނުއަރީ 2018

ހޮލީވުޑްގައި މިހާރު ގަދަފަދަ އަށް ފައި ވިއްދާލާފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ މަގުބޫލް ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން އަންނަ އެޕްރީލް މަހުގެ 26 ގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގައި މިހާރު ގަދަފަދަ އަށް ފައި ވިއްދާލާފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ މަގުބޫލް ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން އަންނަ އެޕްރީލް މަހުގެ 26 ގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

އޭބީސީ ނެޓްވާކްގެ މި ސީރީޒްގައި މި ފަހަރު ޖުމްލަ 13 އެޕިސޯޑް ދައްކަން ހަމަޖެހިފައިވާ އިރު، ޕްރިޔަންކާ ވަނީ ސިލްސިލާގެ ޕޯސްޓަރާ ވެސް އެކު، ޕްރިމިއާ ކުރާ ތާރީހު އިސްޓަގްރާމާއި ޓްވިޓާގައި ފޭނުން ހިއްސާކޮށްފަ އެވެ.

ޕްރިޔަންކާ، އެލެކްސް ޕެރިޝް ކިޔާ ކެރެކްޓާއެއް ކުޅޭ "ކްއަންޓިކޯ" އަކީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި 2015 ގައި ފެށި ސިލްސިލާއެއް ނަމަވެސް، އާންމުންގެ ފަރާތުން ފުރަތަމަ ސީޒަނަށް ބޮޑު ތަރުހީބާ އެކު، ދެވަނަ ސީޒަނަކަށް ދަންމާލައި، ތިން ވަނަ ސީޒަނަކާ ވެސް ހަމައަށް ވެސް ޖޯޝުއާ ސަފްރާން ޑައިރެކްޓް ކުރާ "ކްއަންޓިކޯ" ގެންދަން އޭބީސީން ބޭނުންވީ އެވެ. ދެ ސީޒަނުގައި ވަނީ ޖުމްލަ 44 އެޕިސޯޑް ދައްކައިފަ އެވެ. އެކަމަކު ތިން ވަނަ ސީޒަނާ އެކު "ކްއަންޓީކޯ" އަށް ނިމުމެއް އަންނާނެ އެވެ.

ތިން ވަނަ ސީޒަންގެ ޝޫޓިން ޕްރިޔަންކާ އަންނަނީ މިދިޔަ އަހަރު ފެށިގެން ކުރަމުންނެވެ. މި ވަގުތު މަންޒަރުތައް ނަގަމުން އަންނަނީ ނިއުޔޯކްގަ އެވެ.

ޕްރިޔަންކާގެ ޓްވީޓް.

"ކްއަަންޓިކޯ 3" އިން ޕްރިޔަންކާއާ އެކު މީގެ މައިގަނޑު ކާސްޓުންނާއި އަލަށް ގުޅުނު ކާސްޓުންތަކެއް ވެސް ފެނިގެން ދާނެ އެވެ.

މި ސިލްސިލާ ކުޅެގެން ޕްރިޔަންކާ ވަނީ ދެ ފަހަރެއްގެ މަތިން ޕީޕަލްސް ޗޮއިސް އެވޯޑް ވެސް ހޯދައިފަ އެވެ. އެއީ 2016 ގައި ސިލްސިލާއަކުން ތައާރަފުވި އާ ފެވަރިޓް އެކްޓްރެސް އެވޯޑާއި މިދިޔަ އަހަރު ފެވަރިޓް ޑްރަމެޓިކް ޓީވީ އެކްޓެސް އެވޯޑެވެ.

"ކްއެންޓިކޯ" އިން ލިބުނު ބޮޑު މަޝްހޫރުކަމާ އެކު ޕްރިޔަންކާ ވަނީ މިދިޔަ އަހަރު އޭނާގެ ފުރަތަމަ ހޮލީވުޑް ފީޗާ ފިލްމް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ. އެއީ "ބޭވޮޗް" އެވެ. އެ ފިލްމަށް ފަހު ޕްރިޔަންކާ ވަނީ އިތުރު ދެ ފިލްމް ވެސް ކުޅެފަ އެވެ.

އެއީ މި އަހަރު ރިލީޒް ކުރާ "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ.

ހޮލީވުޑަށް ހިޖުރަ ކުރި ފަހުން 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު، ޕްރިޔަންކާގެ ހިންދީ ފިލްމެއް ބެލުންތެރިންނަކާ ހަމައަށް ނާދެ އެވެ.