Roadha Mihaaru
ޕްރިޔަންކާ ކުރި ކަމަކުން ފޭނުން ރުޅި އަތުވެއްޖެ

ޕްރިޔަންކާ ކުރި ކަމަކުން ފޭނުން ރުޅި އަތުވެއްޖެ

01 މާޗް 2018

ޕްރިޔަންކާ ޗޯޕްޅާއަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ. ޓްވިޓާ އާއި އިސްޓަގްރާމުން އޭނާ ފޮލޯކުރާ މީހުން މިލިއަނުން ގުނައިލެވެ އެވެ. އެ ޕްލެޓްފޯމްތައް މެދުވެރިކޮށް، މަޝްހޫރު ބަތަލާ އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަރަށް ގިނައިން ހިއްސާ ކުރެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިޔަންކާ ޗޯޕްޅާއަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ. ޓްވިޓާ އާއި އިސްޓަގްރާމުން އޭނާ ފޮލޯކުރާ މީހުން މިލިއަނުން ގުނައިލެވެ އެވެ. އެ ޕްލެޓްފޯމްތައް މެދުވެރިކޮށް، މަޝްހޫރު ބަތަލާ އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަރަށް ގިނައިން ހިއްސާ ކުރެ އެވެ.

އެކަމަކު މި ފަހަރު އިސްޓަގްރާމްގައި އޭނާ ހިއްސާ ކުރި ވީޑިއޯކޮޅު ފޭނުންނަށް އެހާ ކަމުދާ އެއްޗަކަށް ނުވި އެވެ.

އެ ވީޑިއޯގައި ފެންނަނީ ވައިން ތަށްޓެއް ބޯލައި "މަސްތުވެފައި ހުރި" ޕްރިޔަންކާ ކުއްލިއަކަށް ބިއްލޫރި ތަށި ބޮލަށް ތަޅައިލާތަނެވެ. އެ ވީޑިއޯއާ އެކު އޭނާ ލިިޔެފައިވެ އެވެ

"މިކަން ގޭގަގައި ވެސް ޓްރައި ނުކުރައްޗޭ. ހަރާބު ދުވަހަކަށް ފަހު ކޮށްލެވުނު ކަމެއް،" އަންނަ އެޕްރީލް 26 ގައި "ކްއަންޓިކޯ 3" ޕްރިމިއާ ކުރަން ތައްޔާރުވަމުން އަންނަ ބަތަލާ ބުންޏެވެ.

ޕްރިޔަންކާގެ މި ވީޑިއޯ އަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައި ވަނީ "ތިއީ ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ބަލާ މީހެއް ކަމަށާއި ތި ކަހަލަ ކަންތައް ކުރަން ހެޔޮނުވާނެ" ކަމަށެވެ.

"ތިއީ އަނެއްކާ ނުލާހިކު ރީތި ރޯލް މޮޑެލްއެއް. ތި ކަހަލަ ނުރައްކާތެރި ކަންކަން ފެންނަ މަންޒަރުތައް ޕޯސްޓް ނުކުރޭ،" އެހެން ކޮމެންޓެއްގައިވެ އެވެ.

އެހެން މީހަކު ބުނީ "ޕްރިޔަންކާ ތި ކުރި ކަމަކުން މި ހުރީ ޝޮކް ޖެހިފައި" ކަމަށެވެ.

އަދި ބައެއް މީހުން ކުރި ކޮމެންޓްތަކުގައި ޕްރިޔަންކާ މޮޔަވީ ކަމަށް ވެސް ސިފަކޮށްފައިވެ އެވެ.

"ކްއަންޓިކޯ" ސީޒަން ތިނެއް ދައްކަން ކައިރިވަމުން އަންނަ އިރު، މި އަހަރު ޕްރިޔަންކާގެ އިތުރު ދެ ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ އަދި ރިލީޒް ކުރާ ތާރީހުތައް އިއުލާންކޮށްފައި ނުވާ "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ.