22 ފެބުރުއަރީ 2018
ޕްރިޔަންކާ ޗޯޕްޅާ ހޮލީވުޑަށް ދިޔަ ފަހުން އޭނާގެ ހިންދީ ފިލްމެއް ބެލުންތެރިންނާ ހަމައަށް ނާންނާތީ އެކަމުގެ މާޔޫސްކަމުގައި ތިބި މީހުން ބައިވަރެވެ. ދޭތެރެއަކުން އޭނާ ކޮންމެވެސް ފިލްމަކަށް ސޮއިކުރި ވާހަކަ މީޑިއާތަކަށް ތިލަވެ އެވެ. އެކަމަކު 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު، ޕްރިޔަންކާ ސޮއި ކުރި ކަމަށް ބުނާ އެއްވެސް ހިންދީ ފިލްމެއް މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައެއް ނެތެވެ.
ޕްރިޔަންކާ ޗޯޕްޅާ ހޮލީވުޑަށް ދިޔަ ފަހުން އޭނާގެ ހިންދީ ފިލްމެއް ބެލުންތެރިންނާ ހަމައަށް ނާންނާތީ އެކަމުގެ މާޔޫސްކަމުގައި ތިބި މީހުން ބައިވަރެވެ. ދޭތެރެއަކުން އޭނާ ކޮންމެވެސް ފިލްމަކަށް ސޮއިކުރި ވާހަކަ މީޑިއާތަކަށް ތިލަވެ އެވެ. އެކަމަކު 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު، ޕްރިޔަންކާ ސޮއި ކުރި ކަމަށް ބުނާ އެއްވެސް ހިންދީ ފިލްމެއް މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައެއް ނެތެވެ.
އިންޑިއާގެ މީޑިއާތަކުން މިހާރު ރިޕޯޓް ކުރަމުން އަންނަ ގޮތުގައި ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެ، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ މިހާރު ވަނީ އާ ފިލްމަކަށް އެއްބަސްވެފަ އެވެ. އެއީ 2004 ގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ޕްރިޔަންކާގެ ފިލްމް "އެއިތުރާޒް" ގެ ސީކްއެލްއެކެވެ. އައްބާސް-މަސްތާން ޑައިރެކްޓް ކުރި މި ފިލްމުން ޕްރިޔަންކާ ވަނީ އެންމެ މޮޅު ވިލަންގެ ފިލްމް ފެއާ އެވޯޑް ވެސް ހޯދައިފަ އެވެ.
އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރް ވެސް މުހިއްމު ރޯލްތައް ކުޅުނު ފިލްމްގައި "އެއިތުރާޒް" ގައި ޕްރިޔަންކާ ކުޅެފައި ވަނީ "ވަރަށް ހޫނު" އަދި ނުފޫޒު ގަދަ ވިޔަފާރިވެރިއެއްގެ ރޯލެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމްގެ ޕްރޮޑިއުސަރު ސުބާޝް ގާއީ މިހާރު ވަނީ "އެއިތުރާޒް 2" ގެ ސްކްރިޕްޓް ނިންމައި، ޕްރިޔަންކާއާ ހިއްސާކޮށްފަ އެވެ. އަދި ސްކްރިޕްޓާ ގަޔާވިލެއް ބޮޑުކަމުން ފިލްމަށް އެއްބަސް ވާނެ ކަމަށް ޕްރިޔަންކާ ބުނެފައިވާ ކަމަށްވެ އެވެ.
ގާއީއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ "އެއިތުރާޒް 2" ގެ ސްކްރިޕްޓް ނިންމައިލީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.
"މި ފިލްމް ކުޅެން ޕްރިޔަންކާ ވަރަށް ބޭނުންވާ ކަމަށް ބުނެފައި ވަނީ. އޭނަ އަށް މީތީ ނެރޭޓްކޮށް ދިނީމަ ވަރަށް ގަޔާވި ސްކްރިޕްޓާ ދޭތެރޭ. އެހެންވެ މިހާރު ބަލަމުން މި އަންނަނީ ފިލްމަށް ޕްރިޔަންކާ އަށް ވަގުތު ދެވޭނެ ތާރީހަކަށް،" ކަލްނަޔަކް އާއި ރާމް ލަކަން ފަދަ ފިލްމްތަކުގެ ޑައިރެކްޓަރު ބުންޏެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ޕްރިޔަންކާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މިދިޔަ އަހަރު ރިލީޒް ކުރި އޭނާގެ ފުރަތަމަ ހޮލީވުޑް ފީޗާ ފިލްމް "ބޭވޮޗް" އަށް ފަހު، ޕްރިޔަންކާ ވަނީ އިތުރު ދެ ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ. އެއީ "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ.
މި ދެ ފިލްމް ވެސް އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ އިރު، "އަ ކިޑް ލައިކް ޖޭކް" ވަނީ މި މަހު ބޭއްވި ސަންޑާންސް ފިލްމް ފެސްޓިވަލްގައި ޕްރިމިއާކޮށްފަ އެވެ.
ޕްރިޔަންކާ މިހާރު އަންނަނީ އޭނާގެ ކާމިޔާބު ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަންގެ މަސައްކަތް ކުރަމުންނެވެ. އެ ސިލްސިލާ ދައްކަން ފަށާނީ އަންނަ އެޕްރީލް މަހުގެ 26 އިން ފެށިގެންނެވެ.
ޕްރިޔަންކާ މާފަށް އެދިއްޖެ
"ކްއަންޓިކޯ" ގެ މަންޒަރަކުން އިންޑިއާ މީހުން ރުޅިގަދަވެއްޖެ
"ކްއަންޓިކޯ 3" ގެ ޓީޒާ ދައްކާލައިފި
ޕްރިޔަންކާ ކުރި ކަމަކުން ފޭނުން ރުޅި އަތުވެއްޖެ
"ކްއަންޓިކޯ 3" އެޕްރީލް 26 ގައި ޕްރިމިއާ ކުރަނީ
ޕްރިޔަންކާއަކީ ފިސާރި އަންހެނެއް: އަޝާ
"ކްއަންޓިކޯ ގެ އޮޑިޝަން ހެދި އިރު ވަރަށް ބިރު ގަތް"
ޕްރިޔަންކާ އަދިވެސް އޮޑިޝަން ދޭން ޖެހިލުންވޭ
މި އަހަރުގެ މެޓް ގާލާ އަށް ޕްރިޔަންކާ ނުދާނެ
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެނީ