Roadha Mihaaru

ޖަކާޓާ ސްޓޮކް އެކްސްޗޭންޖުގެ ސީލިން ވެއްޓި ގިނަ ބަޔަކު ޒަޚަމްވެއްޖެ

ޖަކާޓާ (ޖެނުއަރީ 15) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގެ ސްޓޮކް އެކްސްޗޭންޖް އިމާރާތުގެ ފުރަތަމަ ބުރީގެ ސީލިން ވެއްޓި 72 މީހަކު ޒަޚަމްވެއްޖެ އެވެ.

ޖަކާޓާ ސްޓޮކް އެކްސްޗޭންޖުގެ ސީލިން ވެއްޓިއްޖެ
ހަސަން އާމިރު
ހަސަން އާމިރު

15 ޖެނުއަރީ 2018

ޖަކާޓާ (ޖެނުއަރީ 15) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގެ ސްޓޮކް އެކްސްޗޭންޖް އިމާރާތުގެ ފުރަތަމަ ބުރީގެ ސީލިން ވެއްޓި 72 މީހަކު ޒަޚަމްވެއްޖެ އެވެ.

ފުލުހުން ބުނީ ޒަޚަމްވި މީހުންނަށް ތަފާތު ތިން ހޮސްޕިޓަލަކުން ފަރުވާ ދެމުންދާ ކަމަށެވެ. ފަނަރަ އެމްބިއުލެންސްގައި މީހުން ގެންދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. ސީލިން ވެއްޓިފައި ވަނީ މެންދުރުގެ ކެއުމަށް ގިނަ ބަޔަކު ދިޔަ ވަގުތު އެވެ. އެހެންވެ އާއްމު ގަޑިތަކަށް ވުރެ ސީލިން ވެއްޓުނު ގަޑީގައި ސްޓޮކް އެކްސްޗޭންޖުގައި މީހުން މަދެވެ.

ފުލުހުން ބުނީ މިއީ ގަސްދުގައި ބަޔަކު ކުރި ކަމެއްތޯ ބަލަން ތަހުގީގު ކުރިއަށްދާ ކަމަށެވެ. ސީލިން ވެއްޓުނު ނަމަވެސް މެންދުރު ފަހު ވަނީ ސްޓޮކް އެކްސްޗޭންޖުގެ މަސައްކަތް ފަށައިފަ އެވެ. ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ ވިދާޅުވީ ސިސްޓަމްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ޖަކާޓާ ސްޓޮކް އެކްސްޗޭންޖަކީ ދެ ޓަވަރުގެ އިމާރާތެކެވެ. ސްޓޮކް އެކްސްޗޭންޖުގެ ލޮބީ އޭރިއާ ހަދާފައި ވަނީ ޖާގަ ތަނަވަސްކޮށް ކަމަށެވެ.