02 މާޗް 2017
ޖަކާޓާ (މާޗް 2) - ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސައުދީ ރަސްގެފާން ސަލްމާން ގޮވާލައްވައިފި އެވެ.
ޖަކާޓާ (މާޗް 2) - ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސައުދީ ރަސްގެފާން ސަލްމާން ގޮވާލައްވައިފި އެވެ.
އިންޑޮނީޝިއާގެ ޕާލަމެންޓުގައި ތަގްރީރު ކުރަައްވަމުން އުމުރުފުޅުން 81 އަހަރުގެ ސަލްމާން ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށެވެ.
"މިއަދު ޚާއްސަކޮށް މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމް. އެކަން ހުއްޓުވުމަށް އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ. އަދި ދުނިޔެ އަކީ އަޅުގަނޑުމެން އެންމެންނަށް ސުލްވެރި ތަނަކަށް ހަދަން ޖެހޭ،" ދުނިޔޭގެ އެންމެ މުސްލިމް އާބާދީ ބޮޑު ގައުމަށް ކުރައްވާ 9 ދުވަހުގެ ދަތުރުފުޅުގައި ސަލްމާން ވިދާޅުވި އެވެ.
ސައުދީ ރަސްގެފާން ސަލްމާން އިންޑޮނީޝިއާގެ ޕާލަމެންޓަށް ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް އުފައްދާފައިވާ ކޯލީޝަނުގައި ސައުދީ އަރަބިއާ ހިމެނެ އެވެ. ސައުދީ އަށް ވެސް ވަނީ 2014 ވަނަ އަހަރުގެ ފަހުން ޓެރަރިސްޓް ހަމަލާތަކާ ކުރިމަތިލާން ޖެހިފަ އެވެ. ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޝިއައީ މުސްލިމުންނާއި ސަލާމަތީ ފަރާތްތަކަށެވެ.
ޓެރަރިސްޓް ޖަމާއަތްތަކުގެ ހަމަލާތަކާ އިންޑޮނީޝިއާ ވެސް ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޖަކާޓާގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ވަނީ އާއްމުންގެ ހަތަރު މީހުން މަރުވެފަ އެވެ. މި ހަމަލާ ދިން ކަމަށް އައިއެސް އިން ވަނީ ބުނެފަ އެވެ.
ސަލްމާންއާ އެކު އިންޑޮނީޝިއާ އަށް ވަޑައިގެން އުޅުއްވާ 1،000 މީހުންގެ ވަފުދުގެ ބޭފުޅުން ހުކުރު ދުވަހާ ހަމައަށް ޖަކާޓާގައި މަޑު ކުރެއްވުމަށް ފަހު ދެން ވަޑައިގަންނަވާނީ ބާލީ އަށެވެ. ސަލްމާންގެ ދަތުރުފުޅަށް އިންޑޮނީޝިއާ އަށް ވަނީ 460 ޓަނުގެ މުދާ ގެންގޮސްފަ އެވެ.
ބާލީ އަށް ރަސްގެފާން ހިތްޕުޅާވެ، ޗުއްޓީ އިތުރު ކުރައްވައިފި
ސައުދީ ރަސްގެފާނު ދެއްވާ ހައްޖުވުމުގެ 1،000 ފުރުސަތު ފަލަސްތީނަށް
އުރުދުޣާން ސައޫދީ އަރަބިއްޔާގައި
ވީޑިއޯ މެސެޖަކާ އެކު ހައްޖަށްދާން ރަސްގެފާނުގެ ދައުވަތު
އިބޫއަށް ރަސްގެފާނު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ
ސައުދީ ސަމިޓްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންފި
ރަސްގެފާނުގެ ޗުއްޓީ އަށް ގެނައި އެއްޗެހި ގެންދަނީ!
ސައޫދީ ރަސްގެފާނު ދަތުރުފުޅު ކުރުކޮށްލައްވައި ގައުމަށް
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރައްވައިފި