02 މާޗް 2018
މަތީގައިވާ ފޮޓޯއަކީ، ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން މާލޭގައި މިއަދު ކުރި މުޒާހަރާގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް މަންޒަރެވެ؛ މުޒާހަރާގެ ބައިވެރިންނާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅު، އާބިދާ އަހްމަދު ހުންނެވީ ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސްގެ ފޮޓޯފުޅެއް ހިއްޕަވައިގެންނެވެ.
މަތީގައިވާ ފޮޓޯއަކީ، ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން މާލޭގައި މިއަދު ކުރި މުޒާހަރާގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް މަންޒަރެވެ؛ މުޒާހަރާގެ ބައިވެރިންނާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅު، އާބިދާ އަހްމަދު ހުންނެވީ ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސްގެ ފޮޓޯފުޅެއް ހިއްޕަވައިގެންނެވެ.
ފާރިސް މިނިވަންކުރަން ގޮވާލާފައިވާ އެ ފޮޓޯ އިން ކިޔައިދެނީ، އެހާރާއި މިހާރުގެ އެތައް ވާހަކައެކެވެ. އޭގެ ތެރެއިން، ވަރަށް ކުރުކޮށް ބައެއް ވާހަކަތައް ނަޝީދުގެ މަންމާފުޅު ވަނީ "މިހާރު" އަށް ހިއްސާކޮށްދެއްވައިފަ އެވެ.
"އުމުރުން 23 އަހަރުން ފެށިގެން ނަޝީދަށް އެކި ގޮތްގޮތުން އަނިޔާ ލިބެމުން އެ ދަނީ. އަޅުގަނޑުގެ ހިތުގައި އެކަމަކާ އެއްވެސް ރުޅިވެރިކަމެއް ހަސަދަވެރިކަމެއް ނެތް. ފާރިސަކީ ވެސް ވަރަށް ޅަ ބޭފުޅެއް. ނަޝީދެކޭ އެއްގޮތަށް ފާރިސް އަށް ވެސް ވަރަށް ޒުވާން އިރުން ފެށިގެން އެ ދަނީ އަނިޔާ ލިބެމުން. އޭނާގެ ވެސް ކުޑަ ދަރިއަކު އެބަ ހުރި. މިގޮތަށް އަނިޔާ ލިބުމަކީ އަޅުގަނޑަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން، އެހެންވެ ފާރިސް ދޫކޮށްލަން ގޮވާލާ ފޮޓޯ ހިފައިގެން ހުރީ. އެ އަނިޔާތައް އަޅުގަނޑު ގަބޫލުނުކުރާތީވެ،" އާބިދާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވި އެ ފޮޓޯ ފެނިފައި އެކަކު ކޮމެންޓްކުރީ މިހެންނެވެ؛
"މިއީ، ހިތްތިރިކަމާއި ހިތްވަރުގަދަކަމުގެ ރީތީ ނަމޫނާއެއް. އަމިއްލަ ދަރިފުޅަށް ލިބުނު ލާއިންސާނީ އަނިޔާތަކުގެ ބަދަލު ހިފާކަށް ނޫޅޭ. ނުކުމެ އެ ހުންނެވީ އަނިޔާ ދިން މީހާގެ ދަރިފުޅަށް އިންސާފު ހޯދަން."
އޭނާ އެ އިޝާރާތް ކުރެއްވީ، މައުމޫންގެ ވެރިކަމުގައި ނަޝީދު ހައްޔަރުކޮށް ޖަލު ގޮޅީގައި ބޭއްވި ދުވަސްތަކަށެވެ. މައުމޫންގެ ވެރިކަމުގައި، އެކި ފަހަރު މަތިން ނަޝީދު ގޮޅީގައި ބޭއްވި އެވެ. އެންމެ ފުރަތަމަ ޖަލަށް ލީ، ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވިއިރު "ސަންގު" ނޫހުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިނގައިދިޔަ ގޯސްތަކެއްގެ މައްޗަށް ލިއުއްވި ލިއުއްވުމަކާ ގުޅިގެންނެވެ. އޭގެ ފަހުން އެކި ތުހުމަތުތަކުގައި ނަޝީދު ޖަލު ގޮޅީގައި އޮންނަވަން ޖެހިވަޑައިގަތެވެ.
އެއީ މާޒީ އެވެ؛ ތާރީޚުގައި މިހާރު ލިޔެވެމުން ދަނީ، މައުމޫނާއި ދަރިކަލުން ވެސް ހައްޔަރުކޮށްގެން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތެވެ. ނަޝީދުގެ މަންމާފުޅު، ދެކެވަޑައިގަންވާ ގޮތުގައި، މިއީ ވެސް އަނިޔާ އެވެ.
އެހެންވެ އެކަމަނާ އެއްވުމަށް ނިކުމެވަޑައިގަތީ، އެ އަނިޔާތަކާ ދެކޮޅަށެވެ. ސަރުކާރަށް ގޮވާލަމުން ދިޔައީ، ފާރިސް ދޫކޮށްލުމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވެސް, އާބިދާ ދެކެވަޑައިގަންނަވާ ގޮތުގައި, ނާއިންސާފުންނެވެ. އެކަމަނާއާ ދުރުގައި، ރާއްޖެއިން ބޭރުގައި ދަރިކަލުން ހުންނަވަން މަޖުބޫރުވެވަޑައިގެންފައި ވަނީ ވެސް "އަނިޔާ"ގެ ސަބަބުންނެވެ.
MP @afarismaumoon minivan koh,dhookoh dhevvumah Raees @MohamedNasheed ge manmaafulhu “Aabidha Ahmed” govaalavvaifi.
— PPM Waddey (@Lawyer_Waddey) March 2, 2018
Democracy ge reethi misaaleh, adhi namoonaaeh.
Raees nasheed ge manmaa fulhah assaribahaa saabas.
Dhuaa akee MP faris minivanvun. pic.twitter.com/DSbMuTJ2rp
Eye-watering picture when u go into brief history of #Maldives
— Thohir (@thohirabdul) March 2, 2018
މައުމޫންގެ ދަރިކަލުން މިނިވަންކުރަން، ނަޝީދުގެ މަންމާފުޅު ގޮވާލައްވާ ފޮޓޯ އަށް އެކަކު ކޮށްފައިވާ ކޮމެންޓެއް.
މިއަދުގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ޕެޕާ ސްޕްރޭއާ ވެސް އާބިދާ އަށް ކުރިމަތިލާން ޖެހިވަޑައިގަތެވެ.
"އަޅުގަނޑު ހުރީ [ކެނެރީ] ގެއާ ވަރަށް ކައިރި، އެމިޓީ ހިސާބުގައި. ދެ އަންހެން ފުލުހުން އައިސް ބުނީ އެތަނުން ދުރަށް ދާން. އަޅުގަނޑަށް ދުރަށް ނުދެވި އުޅެނިކޮށް، ޕެޕާ ސްޕްރޭ ޖެހީ. އައިނު އަޅައިގެން ހުރީމަ ނަސީބަކުން މާ ބޮޑު ކަމެއް ނުވޭ. އެހެން ނޫނަސް އަޅުގަނޑު ނިކުންނަނީ [އެފަދަ ކަންކަމުން ސަލާމަތަށް] މާތްﷲ އަށް ދަންނަވާފައި،" އާބިދާ ވިދާޅުވި އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި، ނަޝީދުގެ މަންމާފުޅުގެ މޫނަށް އަމާޒުކޮށް ފުލުހުން ޕެޕާ ސްޕްރޭ ޖެހީ ގަސްތުގަ އެވެ. އެ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުކޮށް، ފުލުހުންނަށް އަންނަނީ ފާޑު ވެސް ކިޔަމުންނެވެ.
#Breaking: Raees Nasheed mammafulhu lolah pepperspray jahaifi! pic.twitter.com/YZKVD405ie
— #MaldivesMedia ?? ?❓ (@MaldivesMedia) March 2, 2018
ނަޝީދުގެ މަންމާފުޅުގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯ.
Raees Nasheed ge Mammaafulhu ge Gaya Bolah SO fuluhun araifi.. ? pic.twitter.com/Jxr6mNg1WC
— Aneil Anni (@AnilAnnii) March 2, 2018
ތަފާތު އިހްސާސްތަކެއް ކިޔައިދިން ފޮޓޯއަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގެ ތެރޭގައި ރައްކާކުރެވޭނެ އާ ފޮޓޯއެކެވެ؛ ސިޔާސީ ދެ ހަތުރުންގެ ގޮތުގައި ތިއްބެވި ނަޝީދާއި މައުމޫންގެ ސިޔާސީ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ އެއް މިސްރާބަކަށަވެ. ރައީސް ޔާމީން މަގާމުން ދުރުކޮށް، ދިވެހި ރައްޔިތުންގެ ހައްގުތައް އަނބުރާ ހޯއްދަވައި ދެއްވުމަށެވެ. މި މަސައްކަތްޕުޅުގެ ތެރޭގައި، އެންމެން މަސައްކަތް ކުރަމުން އަންނަނީ، ނަޝީދު ވިދާޅުވާ ގޮތަށް، "އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެން"ނެވެ.
ނަޝީދު ދެއްވި ހިތްވަރު: "ހިތާމަ އިޝްގަށް ހައްދަވާ"
މައުމޫނާއި ނަދީމަށް ފުލުހުން ސުވާލެއް ނުކުރޭ: ވަކީލުން
ހުކުރުދުވަހުގެ ހަރަކާތާ ދެކޮޅަށް އިންޒާރު ދީފި
ބޭނުންވަނީ ބިރުވެރިކަން ނެތް މާހައުލެއް: މައުމޫން
ޝަހުސް އޮޅުވާލީ ޕީޕީއެމް ހައިޖެކްކުރި މީހުން: މައުމޫން
މައުމޫން މަސައްކަތްކުރައްވަނީ ވެރިކަމަށް ފާރިސް ގެންނަން
"އިންޑިއާ އައުޓް" ލިޔުނު މީހާ ހައްޔަރުކޮށްފި
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު
މަޖިލިސް ސަލާމަތްކުރަން ގޮވާލައި މުޒާހަރާކޮށްފި