Roadha Mihaaru
ދީޕިކާއާ އެކު ފިލްމެއް ކުޅެން ވަރަށް ބޭނުން: ރާޖްކުމާރް

ދީޕިކާ ޕަދްކޯންއާ އެކު ފިލްމެއް ކުޅެން ވަރަށް ބޭނުން: ރާޖްކުމާރް

20 މާޗް 2018

ފިލްމް ކުޅެން ފަށައިގަތް އިރު، އެކްޓަރު ރާޖްކުމާރް ރާއޯއަކީ ކުޅޭނެ މާ ރަނގަޅު ފިލްމްތަކެއް ލިބުނު އެކްޓަރެއް ނޫނެވެ. އަދި އޭނާއަކީ މަޝްހޫރު ބަތަލާއިންނާ އެކު ވެސް ފިލްމް ކުޅެން ފުރުސަތު ލިބުނު އެކްޓަރެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމް ކުޅެން ފަށައިގަތް އިރު، އެކްޓަރު ރާޖްކުމާރް ރާއޯއަކީ ކުޅޭނެ މާ ރަނގަޅު ފިލްމްތަކެއް ލިބުނު އެކްޓަރެއް ނޫނެވެ. އަދި އޭނާއަކީ މަޝްހޫރު ބަތަލާއިންނާ އެކު ވެސް ފިލްމް ކުޅެން ފުރުސަތު ލިބުނު އެކްޓަރެއް ނޫނެވެ.

އެކަމަކު މި ފަހުން އޭނާ ކުޅެފައިވާ ފިލްމުތަކުން ދައްކާފައިވާ ހުނަރާއެކު ރާޖްކުމާރްގެ މިހާރު ވެފައި ވަނީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ޒުވާން އެއް އެކްޓަރަށެވެ. އޭނާ ވަނީ ފިލްމް "ޝާހިދު" އިން ނެޝަނަލް އެވޯޑް ވެސް ހޯދައިފަ އެވެ.

ކުރިން އޭ ލިސްޓް ބަތަލާއިންނާ އެކު ސްކްރީން ހިއްސާކޮށްލަން ނުލިބުނު މި އެކްޓަރުގެ ކުރިއަށް ހުރީ މުޅިން ވެސް މަޝްހޫރު ބަތަލާއިންނާ އެކު ކުޅޭ ފިލްމްތަކެވެ. އޭގެ ތެރޭގައި އައިޝްވާރިޔާ ރާއީއާ އެކު ކުޅޭ "ފޭން ހާން" ޝްރައްދާ ކަޕޫރާ އެކު ކުޅޭ "ސްޓްރީ". ކަންގަނާ ރަނާވަތާ އެކު ކުޅޭ "މެންޓަލް ހޭ ކިޔާ" އަދި ސޯނަމް ކަޕޫރާ އެކު ކުޅެމުން އަންނަ ފިލްމް "އޭކް ލަޅްކީ ކޮ ދޭކާ ތޯ އޭސާ" ލަގާ ފާހަގަކޮށްލެވެ އެވެ.

އޭނާ ވަނީ ކަންގަނާ އާއި ސޯނަމާ އެކު، ކުޑަކުޑަ ރޯލްތަކުން ކުރިން ސްކްރީން ހިއްސާކޮށްފަ އެވެ.

ރާޖްކުމާރްގެ ދެން އެންމެ ބޮޑު ހުވެފަނަކީ ދީޕިކާ ޕަދްކޯންއާ އެކު ފިލްމެއް ކުޅުމެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދެ ތަރިންނަށް ޕްރޮޑަކްޝަން ހައުސްއަކުން ވަނީ މިހާރު ވެސް ފިލްމެއް ހުށަހަޅައިފަ އެވެ.

"ދީޕިކާއަކީ މިހާރު އަހަރެން ދެން އެންމެ އެކުގައި ފިލްމެއް ކުޅެލަން ބޭނުންވާ ބަތަލާއަކީ. އުންމީދު ކުރަން މާ ދުރު ނޫން މުސްގަބުލެއްގައި އެ ފުރުސަތު ލިބޭނެ ކަމަށް،" ރާޖްކުމާރް، 33، ބުންޏެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ހެންސަލް މެހެތާގެ "އޮމެރްތާ" އިންނެވެ.