މިފްކޯ އިން ގދ. ފަރެސްމާތޮޑާގައި ހިންގާ އައިސް ޕްލާންޓަށް މައްސަލަޖެހިފައި ހުރުމުގެ ސަބަބުން، އެ ޕްލާންޓުން މަސްވެރިންނަށް އައިސް ނުވިއްކާތާ ތިން މަސް ވެފައިވާތީ އެ ރަށު މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
11 އެޕްރީލް 2018
މިފްކޯ އިން ގދ. ފަރެސްމާތޮޑާގައި ހިންގާ އައިސް ޕްލާންޓަށް މައްސަލަޖެހިފައި ހުރުމުގެ ސަބަބުން، އެ ޕްލާންޓުން މަސްވެރިންނަށް އައިސް ނުވިއްކާތާ ތިން މަސް ވެފައިވާތީ އެ ރަށު މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިފްކޯ އިން އެ ރަށުގައި ހަދާފައި ހުރީ 25 ޓަނުގެ އައިސް ޕްލާންޓަކާއި 10 ޓަނުގެ އައިސް ޕްލާންޓެކެވެ.
އެނގިފައިވާ ގޮތުގައި އެ ޕްލާންޓުން އެންމެ ފަހުން އައިސް ދޫކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ވެސް އައިސް ދޫކުރަން ފެށީ މަރާމާތުނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބެހެެއްޓުމަށް ފަހުގަ އެވެ.
މި ދުވަސްވަރަކީ ދެކުނުގެ އަތޮޅުތަކަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމާއެކު އައިސްގެ ޑިމާންޑް ބޮޑުވެ އައިސް ލިބުމުގައި މަސްވެރިންނަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.
އެ ރަށު "ވައި ކިންގް" ދޯނީގެ މަސްވެރިއެއް ކަމަށްވާ މުހައްމަދު ޝާން ބުނީ އެ ރަށުން އައިސް ނުލިބުމަކީ މަސްވެރިންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. އެކަމުގެ ސަބަބުން އައިސް ހޯދަން ދިގު ދަތުރުތަކެއް ކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.
"އިއްޔެވެސް [ގއ.ކޫއްޑު އަށް] މަސް ކިރާފަ އައިސް އަޅަން ދިޔައީ ގދ. ތިނަދު އަށް. އައިސް ލިބުނު އިރު ރޭ 12 ޖަހައިފި. ވަރަށް ދަތިވޭ. ރަށުގައި ހުރި ޕްލާންޓް ހަދަން ވެސް މަސައްކަތެއް ނުކުރޭ،" އޭނާ ބުންޏެވެ.
ފަރެސްމާތޮޑާއަކީ ކަނޑުމަހުގެ މަސްވެރިކަން އެއް ރަށެއްގެ، އެންމެ ގިނަ ބަޔަކު ކުރާ އަދި އެންމެ ގިނަ ދޯނި ދުއްވާ އެއް ރަށެވެ. އެ ރަށުގައި 12 މަސްދޯނި އޮވެ އެވެ.
އެ އައިސް ޕްލާންޓުން އައިސް ނުލިބި ގިނަ ދުވަސްވެފައިވާ ސަބަބާ ގުޅިގެން މިފްކޯގެ ބަހެއް ނުލިބެ އެވެ.
މިފްކޯ އިން ކުރިން ބުނެފައިވަނީ އައިސް ޕްލާންޓްތައް ހެދުމަށާއި މަރާމާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފަރެސްމާތޮޑާ އިން އަންނަ މަހު އައިސް ލިބޭނެ: މިފްކޯ
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފި