Roadha Mihaaru
ޔުވެންޓަސްގެ މަރުގެ މެޗު ބުފޮންގެ ފަހު މެޗަށް؟

ޔުވެންޓަސްގެ މަރުގެ މެޗު ބުފޮންގެ ފަހު މެޗަށް؟

11 އެޕްރީލް 2018

މެޑްރިޑް (އޭޕްރިލް 11) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާ ޗެމްޕިއަންސް ލީގުގައި ކުޅޭ ފަހު މެޗަށް ވެދާނެ ކަމަށާއި އެހެންވިޔަސް ފަހު މެޗު ކުޅެން މެޑްރިޑުގެ ދަނޑަށް ވުރެ ވަކި ހާއްސަ ތަނެއް ނޯންނާނެ ކަމަށް ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

މެޑްރިޑް (އޭޕްރިލް 11) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާ ޗެމްޕިއަންސް ލީގުގައި ކުޅޭ ފަހު މެޗަށް ވެދާނެ ކަމަށާއި އެހެންވިޔަސް ފަހު މެޗު ކުޅެން މެޑްރިޑުގެ ދަނޑަށް ވުރެ ވަކި ހާއްސަ ތަނެއް ނޯންނާނެ ކަމަށް ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

އުމުރުން 40 އަހަރުގެ ކުޅުންތެރިޔާ މި ސީޒަނަށް ފަހު ރިޓަޔާކުރާނެ ކަމަށް ބެލެވެ އެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން 3-0 އިން މެޑްރިޑް މޮޅުވެފައިވާތީ ސެމީ ފައިނަލުގެ ފުރުސަތު ބޮޑީ އެ ޓީމަށެވެ. އެހެންވެއްޖެ ނަމަ މިރޭ ވާނީ ބުފޮން މި މުބާރާތުގައި ކުޅޭ ފަހު މެޗަށެވެ.

"މުހިއްމު ކަމަކީ މިއީ ޔުވެންޓަސް އަށް ފަހު މެޗު ނޫން ކަން. (އެކަމަކު) މިއީ އެންމެ މުހިއްމު މެޗު. މިއީ އަހަރެންގެ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތް. އެކަމަކު އެއީ އަހަރެން މާޔޫސްވާ ކަމެއް ނޫން. އަދި އެއީ ނެގެޓިވް ވިސްނުން އަހަންނަށް އަންނަ ސަބަބެއް ވެސް ނޫން. އެއީ އެކަން އޮތް ގޮތް ކަމަށްވާ ނަމަ، އަހަރެން ކުޑައިރު އަހަންނެއް ޝަކުވާއެއް ނުކުރާނަން ކެރިއަރުގެ (ޔޫރަޕުގެ) ފަހު މެޗު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހިގެން،" ބުފޮން ބުންޏެވެ.

ބުފޮން ވަނީ ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ތިން ފަހަރު ވާދަކޮށްފަ އެވެ. އެކަމަކު އަދި ތަށީގައި އަތްނުލެވުނެވެ. އެގޮތުން 2003 ގައި އޭސީ މިލާން އަތުން ބަލިވިއިރު، 2015 ގައި ބާސެލޯނާ އަދި މިދިޔަ އަހަރު ރެއާލް މެޑްރިޑް އަތުން ބަލިވީ އެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ފުރަތަމަ ލެގުން ތިން ލަނޑު ނުވަތަ އެޔަށް ވުރެ ބޮޑު ތަފާތަކުން ބަލިވެފައިވަނިކޮށް އެ ނަތީޖާ މިހާތަނަށް އަނބުރާލެވިފައިވަނީ އެންމެ ތިން ފަހަރެވެ. އެންމެ ފަހުން އެކަން ހާސިލްކުރީ ރޭ ބާސެލޯނާ އަތުން 3-0 އިން މޮޅުވެ ރޯމާ އިންނެވެ. އެއީ ޔުވެންޓަސް އަށް ލިބޭނެ ހިތްވަރެކެވެ.

"އަހަރެމެންނަށް ނުކުޅެވޭނެ ފުރަތަމަ 20 މިނެޓުން ހުރިހާ ކަމެއް ބަދަލުކޮށްލެވިދާނެ ކަމުގެ އުއްމީދުގައި،" ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުންޏެވެ. "އަހަރެމެން ޖެހޭނީ އާދަޔާހިލާފު ވަރުގަދަ ޓީމަކާ ދެކޮޅަށް އާދަޔާހިލާފު ސްޓޭޑިއަމެއްގައި މޮޅު ކުޅުމެއް ދައްކަން. ޕޮޒިޓިވް ނަތީޖާއެއް ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން. އެކަމަކު މެޗުގައި ވާނެ ގޮތެއް އަހަރެމެންނަށް ނޭގޭނެ،" އެލެގްރީ ބުންޏެވެ.

މިރޭގެ މެޗުގައި ރެއާލް މެޑްރިޑުގެ ކެޕްޓަން އަދި މުހިއްމު ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވޭނެ އެވެ. މިއީ ޔުވެންޓަސް އިން އެޓޭކް ވަރުގަދަކުރާއިރު ލިބޭނެ ހިތްހަމަޖެހުމެކެވެ. އެކަމަކު ފުރަތަމަ ލެގުގައި ރަތްކާޑު ހޯދި އިތުބާރު އެޓޭކިން ކުޅުންތެރިޔާ ޕައޮލޯ ޑީބަލާ ނެތުމުގެ އުނިކަން ޔުވެންޓަސް އިން ފެންނާނެ އެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.