މޮސްކޯ (އޭޕްރިލް 13) – ހާސްކަމުގެ ވަގުތުތަކެއް ދިޔަ ނަމަވެސް ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާ 2-2 އިން އެއްވަރުކޮށް ދެ ލެގުގެ އެގްރިގޭޓުން 6-3 އިން ކުރި ހޯދައި ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުން އިންގްލެންޑުގެ އާސެނަލް ރޭ ޖާގަ ހޯދައިފި އެވެ.
13 އެޕްރީލް 2018
މޮސްކޯ (އޭޕްރިލް 13) – ހާސްކަމުގެ ވަގުތުތަކެއް ދިޔަ ނަމަވެސް ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާ 2-2 އިން އެއްވަރުކޮށް ދެ ލެގުގެ އެގްރިގޭޓުން 6-3 އިން ކުރި ހޯދައި ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުން އިންގްލެންޑުގެ އާސެނަލް ރޭ ޖާގަ ހޯދައިފި އެވެ.
ޕޯޗުގަލްގެ ސްޕޯޓިން އަތުން 1-0 އިން ބަލިވި ނަމަވެސް އެގްރިގޭޓުން ސްޕެއިނުގެ ގަދަބާރު އެތުލެޓިކޯ މެޑްރިޑް ވެސް ސެމީން ޖާގަ ހޯދިއިރު އިޓަލީގެ ލާޒިއޯ ވަނީ އޮސްޓްރިއާގެ ސަލްޒްބާގް އަތުން ހައިރާންކުރުވަނިވި ގޮތަކަށް 4-1 އިން ބަލިވެ ކަޓައިފަ އެވެ.
ފުރަތަމަ ލެގުން ސީއެސްކޭއޭ އަތުން 4-1 އިން އާސެނަލް މޮޅުވިއިރު ރޭގެ މެޗުގައި ސީއެސްކޭއޭ އިން ދެ ލަނޑުގެ ލީޑެއް ނަގައި އެގްރިގޭޓުގެ ތަފާތު އެންމެ ލަނޑަކަށް ކުޑަކުރި އެވެ. ސެމީން ފުރުސަތު ހޯދުމަށް އެ ޓީމަށް އެންމެ ލަނޑެއް ބޭނުންވެފައި އޮއްވާ އާސެނަލުން ވަނީ މެޗުގެ ފަހު ބައިގައި ހުރިހާ ކަމެއް ބަދަލުކޮށްލައިފަ އެވެ. އެ ޓީމަށް 75 ވަނަ މިނެޓުގައި ޑެނީ ވެލްބެކް ތަފާތު ކުޑަކޮށްދިންއިރު އެއްވަރުކޮށްދިނީ 90 ވަނަ މިނެޓުގައި އާރޮން ރަމްސީ އެވެ. އާސެނަލް ސެމީ އަށް ދިޔައީ 6-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
އެތުލެޓިކޯ ސެމީ އަށް ދިޔައީ ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ސްޕޯޓިންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުން އެތުލެޓިކޯ މޮޅުވީ 2-0 އިންނެވެ. ސްޕޯޓިންގެ ދަނޑުގައި ރޭ ކުޅުނު ދެ ވަނަ ލެގުން އެ ޓީމު މޮޅުވިއިރު ހަމައެކަނި ލަނޑު 28 ވަނަ މިނެޓުގައި ޖެހީ ފްރެޑީ މޮންޓެރޯ އެވެ.
ސަލްޒްބާގް އަތުން ފުރަތަމަ ލެގުން ލާޒިއޯ 4-2 އިން މޮޅުވެފައިވާތީ އެ ޓީމު ފަސޭހަކަމާ އެކު ސެމީ އަށް ދާނެ ކަމަށް އޮތީ ލަފާކުރެވިފަ އެވެ. އެކަން އިތުރަށް ޔަގީންވީ 55 ވަނަ މިނެޓުގައި ޗީރޯ އިމޮބިލޭ ޖެހި ލަނޑާ އެކު 5-2 އިން އެގްރިގޭޓުން ކުރި ލިބުމުންނެވެ. އެކަމަކު ސަލްޒްބާގުން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައި 6-5 އިން އެގްރިގޭޓުން ކުރި ހޯދައި ސެމީން ފުރުސަތު ހޯދައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި މުނާސް ޑަބޫރް ޖެހިއިރު އަނެއް ތިން ގޯލް ޖެހީ 72 ވަނަ މިނެޓުން ފެށިގެން ފަސް މިނެޓުގެ ތެރޭގަ އެވެ. އެގޮތުން ފުރަތަމަ ގޯލް އަމަދޫ ހައިދަރާ ޖެހިއިރު ދެ ވަނަ ގޯލް 74 ވަނަ މިނެޓުގައި ޖެހީ ވޭން ހީ-ޗަން އެވެ. އަދި ހަތަރު ވަނަ ގޯލް 76 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސްޓެފަން ލެއިނާ އެވެ.
ސެމީގެ އަނެއް ޖާގަ ހޯދީ ރޭ ޖަރުމަނުގެ އާރްބީ ލީޕްޒިގް އަތުން 5-2 އިން މޮޅުވެ ފްރާންސްގެ އޮލިމްޕިކް މާސޭ އެވެ. ފުރަތަމަ ލެގުން ލީޕްޒިގް 1-0 އިން މޮޅުވިއިރު ދެ ލެގުން މާސޭ ކުރި ހޯދީ 5-3 އިންނެވެ.
އާސެނަލް، އެތުލެޓިކޯ އަދި ލާޒިއޯ ސެމީއާ ގާތަށް
އެތުލެޓިކޯ ފައިނަލަށް، ވެންގާ ހުސް އަތާ ކްލަބާ ދުރަށް
ވެންގާއާ މެދު ވިސްނާނެ ވަގުތެއް ނެތް: ސިމިއޯނީ
މާސޭ ފައިނަލާ ގާތަށް، އެތުލެޓިކޯ ހިތްވަރު ހޯދައިފި
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
އާސެނަލާއި އެތުލެޓިކޯ ކުއާޓާއާ ގާތަށް
އާސެނަލް، މިލާން އަދި އެތުލެޓިކޯ އަނެއް ބުރަށް
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް
ޔޫރަޕުގައި ބެޓިސް އަތުން ޔުނައިޓެޑަށް ބޮޑު މޮޅެއް