މެޑްރިޑް (މެއި 3) - މި ވަގުތު މުހިއްމީ އާސެނަލްގެ ކޯޗު އާސެން ވެންގާގެ ވާހަކަތަކެއް ދައްކައިގެން ފޯކަސް ގެއްލެން ނޫން ކަމަށާއި އެ އަށް ވުރެ އިސްކަމެއްދެނީ ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދުން ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
03 މެއި 2018
މެޑްރިޑް (މެއި 3) - މި ވަގުތު މުހިއްމީ އާސެނަލްގެ ކޯޗު އާސެން ވެންގާގެ ވާހަކަތަކެއް ދައްކައިގެން ފޯކަސް ގެއްލެން ނޫން ކަމަށާއި އެ އަށް ވުރެ އިސްކަމެއްދެނީ ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދުން ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
ބާވީސް އަހަރަށް ފަހު ވެންގާ މި ސީޒަން ނިމުމުން އާސެނަލް ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ ބޭނުންވަނީ ޔޫރޮޕާ ލީގުގެ ކާމިޔާބީއާ އެކު ޓީމާ ވަކިވާށެވެ. އެހެން ނަމަވެސް ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އެތުލެޓިކޯއާ 1-1 އިން އެއްވަރުވެފައިވުމުން، އާސެނަލަށް ދެން ފައިނަލުގެ ޖާގައެއް އޮތީ އެތުލެޓިކޯ ބަލިކޮށްގެން ނޫނީ 1-1 އަށް ވުރެން ބޮޑު ނަތީޖާ އަކުން އެއްވަރުވެގެންނެވެ.
މިރޭގެ މެޗުގެ ކުރިން އެތުލެޓިކޯގެ ކޯޗު ސިމިއޯނީ އަށް ވަނީ ވެންގާއާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އަމާޒުވެފަ އެވެ. ސިމިއޯނީ ބުނީ މި ވަގުުތު ވިސްނަނީ ވެންގާއާ މެދު ނޫން ކަމަށެވެ.
"އާސެނަލްގައި ވެންގާގެ ފަހު ސީޒަނަށް ވީމަ އެކަމާ ވިސްނާނެ ވަގުތެއް ނެތް. އެ އަށް ވުރެ ބޮޑަށް ބޭނުންވެފައި މި ތިބީ އެހެން ކަމެއް އެއީ މި މެޗުން މޮޅުވެގެން ފައިނަލަށްދާން،" ސިމިއޯނީ ބުންޏެވެ.
ފުރަތަމަ ލެގުގައި ސިމިއޯނީ ބެންޗުން ފޮނުވާލުމުން މިރޭގެ މެޗަށް ބެންޗަށް ނާދެވޭ ގޮތަށް އޭނާ ވަނީ ސަސްޕެންޑްވެފަ އެވެ.
"އެކަން ގަބޫލުކުރާނަން. އެކަމަކު އަހަންނަށް ކުރެވުނު ކަމެއް ޓީމަށް ކޮށްދޭނަން ކޮންމެ ތަނެއްގައި ހުއްޓަސް،" ސިމިއޯނީ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު، އެތުލެޓިކޯ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާއިން ރަނގަޅުވެ ޑިއޭގޯ ކޮސްޓާ އާއި ފިލިއްޕޭ ލުއިޒް އަށް ކުޅެވުމެވެ. ސިމިއޯނީ ބުނީ ކޮސްޓާ އާއި ލުއިޒަށް ކުޅެވޭތީ އެ ހިތްހަމަ ޖެހުން އޮތް ނަމަވެސް އިދިކޮޅަށް ނުކުންނަ އާސެނަލް ޓީމުގައި ވެސް ގިނަ ތަރިންތަކެއް އެބަތިބި ކަމަށެވެ.
މިރޭގެ މެޗަކީ ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް ޔޫރަޕްގައި ކުޅޭ 250 ވަނަ މެޗެވެ. ވެންގާ އެންމެ ފަހުން އެ ޓީމު ގޮވައިގެން ޔޫރަޕް ފައިނަލެއްގައި ކުޅުނީ 2006 ވަނަ އަހަރެވެ. އެ ފަހަރު އެ ޓީމު ވަނީ ބާސެލޯނާ އަތުން ބަލިވެފަ އެވެ.
އެތުލެޓިކޯ އާއި އާސެނަލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:05 ގަ އެވެ.
އެތުލެޓިކޯ ފައިނަލަށް، ވެންގާ ހުސް އަތާ ކްލަބާ ދުރަށް
މާސޭ ފައިނަލާ ގާތަށް، އެތުލެޓިކޯ ހިތްވަރު ހޯދައިފި
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
އާސެނަލާއި އެތުލެޓިކޯ ސެމީ އަށް، ލާޒިއޯ ކަޓައިފި
އާސެނަލް، އެތުލެޓިކޯ އަދި ލާޒިއޯ ސެމީއާ ގާތަށް
އާސެނަލާއި އެތުލެޓިކޯ ކުއާޓާއާ ގާތަށް
އާސެނަލް، މިލާން އަދި އެތުލެޓިކޯ އަނެއް ބުރަށް
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ޕެނަލްޓީ ބަލާލާނެ ހިތްވަރު ސިމިއޯނީއަށް ނުލިބުނު