ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވަން މިއަދު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައިދޭން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުސް އޮފީހުގައި އިއްޔެ އެދިއްޖެ އެވެ.
30 މެއި 2018
ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވަން މިއަދު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައިދޭން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުސް އޮފީހުގައި އިއްޔެ އެދިއްޖެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޕްރައިމަރީ ހުއްޓުވައިދޭން އީސީން މި އެދުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތުދީގެން ޕްރައިމަރީ ބާއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެވެ. ޕްރައިމަރީ އަށް ނަޝީދު އެކަނި ކުރިމަތިލެއްވިއިރު، އެމަނިކުފާނު ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސުން ވަނީ ކަނޑައަޅައިފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު ދޭއް ޖަހާއިރު ރާއްޖޭގެ ހުރިހާ ރަށަކާއި ބޭރުގެ ބައެއް ގައުމުތަކުގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ޕްރައިމަރީ ހުއްޓުވައިދޭން އެދި އީސީން، ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނަޝީދަށް ފުރުސަތުދީގެން އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބޭއްވުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށެވެ.
"..ގާނޫނުއަސާސީ އާއި ގާނޫނާ ޚިލާފަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހިންގާ ހަރަކާތްތައް ހުއްޓުވައި ދެއްވާ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދެމެވެ،" އީސީގެ ސިޓީގައިވެ އެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެހެންކަމުން އެމަނިކުފާނު ބައިވެރިކޮށްގެން ސިޔާސީ އެއްވެސް ހަރަކާތެއް އެމްޑީޕީން ހިންގުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އެ ސިޓީގައި އިލެކްޝަންސުން ބުނެފައިވެ އެވެ.
ނަޝީދު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވައިފި ނަމަ އެމްޑީޕީ އުވާލާނެ ކަމުގެ އިންޒާރު ވެސް އީސީން ވަނީ ދީފަ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ޕްރައިމަރީ އަށް އީސީން ނުފޫޒު ފޯރުވަނީ ގާނޫނާ ޚިލާފަށެވެ. ޕްރައިމަރީ ބާއްވާނެ ގޮތާއި އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަކީ އެ ކޮމިޝަނުގެ ގާނޫނީ ޒިންމާއެއް ނޫން ކަމަށް ބުނެ ސިޔާސީ ޕާޓީގެ ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދުގެ އިމުގެ ތެރޭގައި ޕްރައިމަރީ ބޭއްވުމުގެ ފުރުސަތު ދޭން އެމްޑީޕީން ވަނީ އިލެކްޝަންސްގައި އެދިފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބަލައެއް ނުގަންނަން: އިލެކްޝަންސް
އެމްޑީޕީން މާފަށް އެދެންޖެހޭ: ޑރ. ޖަމީލް
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
މަޖިލީހުގެ ހަމަނުޖެހުންތައް ބަލާނަން: މިނިސްޓަރު
ނަޝީދާއި އިމްރާނަށް ޕާޓީގެ ރައީސްކަން ކުރެވޭނެ: އީސީ
ނަޝީދު ބައިވެރިވާ ހަރަކާތަކަށް އާޓިފިޝަލްބީޗު ހުސްކުރަނީ
ފުލުހުން އޮތީ ތައްޔާރަށް، ހަމަނުޖެހުން ނުހިންގާތި: ޝިފާން
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ
އިބޫއާ ގުޅުވައި ފުލުހުން ބިރުދެއްކުން ހުއްޓާލާ:އިދިކޮޅު
އިބޫގެ ކެމްޕޭން މެނޭޖަރަކަށް ނަޝީދު!