ޔުނައިޓެޑް ނޭޝަންސް (ޖޫން 2) - ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ އުދުވާނުގެ ސަބަބުން ބައިނަލްއަގުވާމީ ހިމާޔަތް ދިނުމަށް ސަލާމަތީ މަޖިލީހަށް ކުވޭތުން ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯކޮށްފައި ވަނިކޮށް، އިޒްރޭލުގެ ދިފާއުގައި އެމެރިކާ އިން ހުށަހެޅި ގަރާރަށް ވެސް އެއްވެސް ތާއީދެއް ނުލިބި އަމިއްލަ ގައުމުގެ ވޯޓާ އެކު ލަދުވެތިކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
02 ޖޫން 2018

ކުވޭތުން ސްޕޮންސާ ކުރި ގަރާރަށް 10 ގައުމަކުން ތާއިދު ކުރި އެވެ. އޭގެ ތެރޭގައި ރަޝިޔާ އާއި ފްރާންސް ވެސް ހިމެނެ އެވެ. އިނގިރޭސި ވިލާތް، ޕޮލެންޑް، ނެދަލެންޑްސް އަދި އިތިއޯޕިއާ އިން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. ގަރާރު ވީޓޯ ކުރީ އިޒްރޭލުގެ ބައިވެރިޔާ އެމެރިކާ އެކަންޏެވެ.
އެމެރިކާގެ ސަފީރު ނިއްކީ ހޭލީ ވިދާޅުވީ ކުވޭތުގެ ގަރާރު އޮތީ ވަރަށް ބޮޑަށް އެއް ފަރާތަށް ޖެހިފައި ކަމަށެވެ.
ފަލަސްތީނުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހަނާން އަޝްރާވީ ވިދާޅުވީ އެމެރިކާ އިން އަނެއްކާ ވެސް ވަނީ އިޒްރޭލަށް އޮތް "ކަނު ތެދުވެރިކަން" ދަައްކުވައިދީފައި ކަމަށެވެ. އޭނާ ވިދާޅުވީ ކުވޭތުގެ ގަރާރު ވީޓޯކޮށް އެމެރިކާ އިން ބޭނުން ވަނީ އިޒްރޭލުގެ އުދުވާން ދިފާއު ކުރަން ކަމަށެވެ.
ކުވޭތުގެ ގަރާރަށް ރައްދު ދީ އިޒްރޭލް ހިމާޔަތް ކުރަން އެމެރިކާ އިން ހުށަހެޅި ގަރާރަށް ބޮލީވިއާ، ކުވޭތު އަދި ރަޝިޔާ އިން ދެކޮޅު ހެދި އިރު 11 ގައުމުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.
ޣައްޒާއިން މީހުން ބޭލުމަކީ ނަސްލު ނައްތާލުން: އދ
ހަނގުރާމަ ހުއްޓާލުމުގެ ގަރާރު އެމެރިކާއިން ވީޓޯކޮށްފި
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ހަމާސް ނައްތާލަން ޣައްޒާ ނަރަކައަށް ހަދާނެކަމަށް ބުނެފި
އިޒްރޭލުން ބިރު ދެއްކިޔަސް ދުލެއް ނުދޭނަން: ހަމާސް
ޣައްޒާ ހުސްކުރަން ޓްރަމްޕް ސީސީއަކަށް ނުގުޅާ: މިސްރު
ޓްރަމްޕުގެ ވިސްނުމަކީ "ޣައްޒާ ސާފުކޮށްލުން"
ޣައްޒާގެ ހަމަލާ ހުއްޓާލަން މިހަފްތާގައި އެއްބަސްވެދާނެ
ޣައްޒާގެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުން "ކައިރި"