ބޭނުންހާ އެއްޗެއް ކައިގެން، އޭނާ ބޭނުންވާ ފުޓްބޯޅަ ނުކުޅެވޭނެކަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާގެ ޓީމަށް ވިސްނައިދޭން ފަށައިފި އެވެ. އަދި ހުންނަން ޖެހޭ ބަރުދަނަށް ވުރެ ފަލަވެއްޖެ ނަމަ ހިކެންދެން ފުރަތަމަ ޓީމުގެ ޕްރެސްޓިސްތަކުން ބައެއް ކުޅުންތެރިން މިހާރު ވަނީ ބޭރު ވެސް ކޮށްފަ އެވެ.
ބޭނުންހާ އެއްޗެއް ކައިގެން، އޭނާ ބޭނުންވާ ފުޓްބޯޅަ ނުކުޅެވޭނެކަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާގެ ޓީމަށް ވިސްނައިދޭން ފަށައިފި އެވެ. އަދި ހުންނަން ޖެހޭ ބަރުދަނަށް ވުރެ ފަލަވެއްޖެ ނަމަ ހިކެންދެން ފުރަތަމަ ޓީމުގެ ޕްރެސްޓިސްތަކުން ބައެއް ކުޅުންތެރިން މިހާރު ވަނީ ބޭރު ވެސް ކޮށްފަ އެވެ.
ސިޓީގެ ބައެއް ކުޅުންތެރިން އިނގިރޭސި މީޑިއާ އަށް ބުނީ، ޕިއްޒާ އާއި ބައެއް ކަހަލަ ޖޫހާއި އަދި ބައެއް ބާވަތުގެ ބަރު ކެއުންތައް ނުކާން ކުޅުންތެރިންނަށް ގާޑިއޯލާ ވަނީ އަންގައިފަ އެވެ. އަދި ކޮންމެ ކުޅުންތެރިއެއްގެ ހަށިގަނޑަށް ބިނާކޮށް ކަނޑައަޅާ ބަރުދަނަށް ވުރެ ފަލަވެއްޖެ ނަމަ ހިކިގެން ނޫން ގޮތަަކަށް އެއް ވަނަ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިނުވެވޭ ގޮތަށް، ސްޕޭންގެ ކުރީގެ ހުނަރުވެރި ކުޅުންތެރިޔާ އަދި ފަހުން އެންމެ ކާމިޔާބު އެއް ކޯޗު ވަނީ ހަމަޖައްސައިފަ އެވެ.
"އެ މީހުން މާ ބޮޑަށް ބަރުދަން މަތީކީ ނޫން، އެކަމަކު އަހަރެން ބޭނުންވަނީ އަހަރެންގެ ކުޅުންތެރިން ފިޓްކޮށް ތިބެން،" ލުއިވަންދެން ޕްރެކްޓިހުން ބޭރުކުރި ކުޅުންތެރިންނަށް ނިސްބަތްކޮށް ގާޑިއޯލާ ބުންޏެވެ.
"ބަރުދަން ވަރަށް މުހިންމު. ފިޓް ނޫން ނަމަ ނުރައްކާތަކާ ކުރިމަތިވާނެ. ބޭނުންވާ ވަރަށް ހަލުއިކަމެއް ނުލިބޭނެ. ފިޓްވާން ޖެހެނީ އެހެންވެގެން."
ގާޑިއޯލާގެ އެ ސިޔާސަތަށް ފްރާންސްގެ ދިފާއީ ކުޅުންތެރިިޔާ ގައެލް ކްލިޝީ ތާއީދުކުރެ އެވެ. އޭނާ ބުނި ގޮތުގައި އެއީ އެގޮތަށް ކޯޗަކު ފިޔަވަޅު އަޅަން ފެށި ފުރަތަމަ ފަހަރެވެ.
"ބަރުދަން ހުންނަންވާ ވަރަށް ވުރެ ބަރު ނަމަ ދެން ޕްރެކްޓިހަކަށް ނާދެވޭނެ. ބަރުދަނުގައި 60 ކިލޯ ހުންނަން ޖެހޭ ކުޅުންތެރިއެއްގެ ގައިގައި 70 ކިލޯ ހުރެއްޖެ ނަމަ އެ ކުޅުންތެރިޔަކަށް އެނގެން ޖެހޭނެ ފުޓްބޯޅަ ނުކުޅެވޭނެކަން،" ކްލިޝީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބަރުދަން މަތިވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބައެއް މީހުން ނަގަ އެވެ. އެކަމަކު ހަގީގަތަކީ އެއީ ނޫން ކަމާއި ފުޓްބޯޅަ ކުޅުންތެރިޔަކަށް ރަނގަޅު ފިޓްނަސްއެއްގައި ހުރެވޭނީ ބަރުދަން ލުއިކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ
136 އަހަރުންވެސް ނުވިކަމެއް، ސިޓީން މިއަދު ކުރާނެ!
ހަމަޖެހޭ، ތައްޓަކީ އަހަރެމެންގެ އެއްޗެއް: ގާޑިއޯލާ
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
މި ސީޒަނުގައި ސިޓީގެ އެންމެ މޮޅު 45 މިނެޓު
ސިޓީގެ ޗެއާމަން އަހަރެން ވައްކެއް ނުކުރާނެ: ގާޑިއޯލާ