Roadha Mihaaru
އެންމެ ބޮޑު އާމްދަނީއެއް ޖޯޖް ކްލޫނީ އަށް

އެންމެ ބޮޑު އާމްދަނީއެއް ޖޯޖް ކްލޫނީ އަށް

24 އޯގަސްޓް 2018

ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި މުޅި ދުނިޔެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ ކަމަށް ފޯބްސް މަޖައްލާ އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި މުޅި ދުނިޔެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ ކަމަށް ފޯބްސް މަޖައްލާ އިން ބުނެފި އެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރުން ހިމަނައިގެން މި އަހަރު އެކުލަވައި ލިސްޓްގެ ކުރި 57 އަހަރުގެ އެކްޓަރަށް ލިބުނީ ޖުމްލަ 239 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.

އެ ވަރުގެ އާމްދަނީއެއް ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ކްލޫނީ އަށް ލިބުނީ އޭނާ ޕްރޮޑިއުސްކޮށް ޖޫން މަހު ނެރުނު "އޯޝަންސް 8" އާއި ކޮފީ ބްރޭންޑެއް ކަމަށްވާ ނެސްޕްރެސޯގެ ބްރޭންޑް އެމްބަސެޑަރެއްގެ ގޮތުގައި މަސައްކަތްކޮށްގެންނެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު 10 އެކްޓަރުންނާ އެކު ފޯބްސް އިން އެކުލަވައިލި ލިސްޓްގެ ދެވަނައިގައި އޮތީ މިހާރު ހޮލީވުޑްގައި އެންމެ ހިނގާ އެކްޓަރުންގެ ތެރޭގައި ހިމެނޭ ކުރީގެ ރެސްލިން ތަރި ޑްވޭން (ރޮކް) ޖޯންސަން އެވެ. އޭނާގެ އާމްދަނީއަކީ 162 މިލިއަން ޑޮލަރެވެ. މިއީ މި މަގާމު ޖެހިޖެހިގެން ރޮކަށް ލިބުނު ދެވަނަ ފަހަރެވެ.

Emme bodu aamdhanee eh Scarlett Johansson ah

Emme bodu aamdhanee eh Scarlett Johansson ah

The most trusted news source in the Maldives

Mihaaru

އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާއަކީ ސްކާލެޓް ޖޮހަންސަން.

ލިސްޓްގެ ތިން ވަނަ 81 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ރޮބަޓް ޑައުނީ ޖޫނިއާ ހޯދި އިރު، ހަތަރު ވަނައިގައި އޮތީ ކްރިސް ހެމްސްވޯތު އެވެ. އެއީ 64.5 މިލިއަން ޑޮލަރާ އެކުގަ އެވެ.

ލިސްޓްގެ ފަސް ވަނަ 45.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ޗެކީ ޗެން އަށް ލިބުނު އިރު ހަ ވަނަ ވިލް ސުމިތަށް ލިބުނީ 42 މިލިއަން ޑޮލަރާ އެކުގަ އެވެ.

ސަލްމާން: އޭނާ އޮތީ ފޯބްސް ލިސްޓްގެ 10 ވަނައިގައި.

ސަލްމާން: އޭނާ އޮތީ ފޯބްސް ލިސްޓްގެ 10 ވަނައިގައި.

މި ފަހަރުގެ ލިސްޓްގެ ހަތް ވަނައިގައި ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރް 40.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އޮތް އިރު، ލިސްޓްގެ ފުލުގައި އޮތީ އެކްޓަރު ސަލްމާން ހާނެވެ. އެއީ 33.5 މިލިއަން ޑޮލަރާ އެކުގަ އެވެ.

އަށް ވަނަ އެޑަމް ސޭންޑްލާ އަށް 39.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ލިބުނު އިރު، ނުވަ ވަނައިގައި އޮތީ ކްރިސް އިވެންސް އެވެ. އެއީ 34 މިލިއަން ޑޮލަރާ އެކުގަ އެވެ.

ފޯބްސް އިން މިދިޔަ އަހަރު އެކުލަވައިލި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރުންގެ ލިސްޓްގެ ކުރީގައި އޮތް މާކް ވޮލްބާގަށް މި ފަހަރުގެ ލިސްޓްގައި ލައްވައެއް ވެސް ނުލަ އެވެ.

އޭނާ އަށް މިދިޔަ އަހަރު ލިބުނީ 68 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.