25 އޯގަސްޓް 2018
އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެ މައްސަލަތަކާ ގުޅިގެން ކޯޓަށް ދާން، ގުޅިފައިވާ ޕާޓީތަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެކޯލިޝަނުން މިއަދު ބުނެފި އެވެ.
އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެ މައްސަލަތަކާ ގުޅިގެން ކޯޓަށް ދާން، ގުޅިފައިވާ ޕާޓީތަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެކޯލިޝަނުން މިއަދު ބުނެފި އެވެ.
ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވޯޓުލާ އެންމެންގެ ލިސްޓް އާންމުނުކުރުމާއި ރީރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމްތައް ބަލަން ޖެހޭ ވަރަށް ނުބަލައި ބާތިލްކުރުމަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ރީ-ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުވާތީ ބާތިލްކުރި 5،626 ފޯމު ރައްދުވާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަމަވެސް ވޯޓް ލާ އެންމެންގެ ލިސްޓް އާންމުނުކުރާތީ މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"އަޅުގަނޑުމެނަށް އެބަ އިނގޭ ރީރަޖިސްޓްރީ ކުރަން ހުށަނާޅާ ބައެއްގެ ވޯޓްލާ ތަންތަން އެބަ އޮތްކަން އެހެން ތަންތަނަށް ބަދަލުކޮށްފައި. އެހެންވީމަ މުޅި ލިސްޓް ފެނިގެން ނޫނީ އަޅުގަނޑުމެންނަށް ނެތް އެނގޭކަށް،" ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.
މުޅި ވޯޓާސް ލިސްޓް ކުރިއާލާ ލިބި އެ ލިސްޓްގެ ސައްހަކަން ކަށަވަރު ނުވަނީސް އޭގައި ސޮއިނުކުރެއްވޭނެ ކަމަށް އިބޫ ވަނީ ކުރިން ވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓުން 2013 ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެކުލަވާލި ގައިޑްލައިންތަކުގައި ބުނެފައިވާ ގޮތުން އިންތިހާބުގެ ކުރިން ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖެހެ އެވެ.
Sahhakan kashavaru nuvanees voters listugai soeh nukuraanan: Ibu
The most trusted news source in the Maldives
Mihaaru
ސައްހަކަން ކަށަވަރު ނުވަނީސް ސޮއި ނުކުރައްވާނެ ކަމަށް އިބޫ ވިދާޅުވުން--
އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރި ފޯމްތައް އަލުން ރަޖިސްޓްރީކުރަން އަންގާފައިވާއިރު ހައްޖަށް ގޮސް ތިބި މީހުންނާއި އެހެން ތަންތަނުގައި މިހާރު ތިބި މީހުންނަށް އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރީރަޖިސްޓްރީ ވެފައިވާ ތަނާ މެދު އެމީހެއްގެ މައްސަލަ ނެތްއިރު އެއީ ސައްހަ ފޯމެއް ނޫން ކަމަށް ބުނެ އިލެކްޝަންސްއަށް ބާތިލްނުކުރެވޭނެ ކަމަށެވެ. އަދި ބާތިލް ކުރުމުގެ ކުރިން ވަކިވަކި މީހުންނަށް ގުޅައި އެމީހުން ރަޖިސްޓްރީވެފައި ވަނީ ބޭނުންވާ ތަނަކަށްތޯ ޔަގީން ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާރިޔާ ފުލުހުންނަށް ގޮވާލެއްވީ ވޯޓުލާ މީހުންގެ ޒާތީ މައުލޫމާތު ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޓީމަށް ލިބިފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.
ވޯޓު އޮޅުވާލަން ވިސްނާނެ ކަމެއް ނެތް: ރައީސް ޔާމީން
ސަރުކާރުގެ ވަސީލަތް ބޭނުން ކުރާ މައްސަލަ ޕޮލިހަށް
އިހްލާސްތެރި މަސައްކަތުގެ އަގު ވަޒަން ނުކުރި: އަޝްމަލީ
ފާޑުކީ ހުރިހާ ކަމެއް ޕީޕީއެމުން ކޮށްފި!
ދަތިކުރުމުގެ ފިޔަވަޅުން ސަލާމަތްވެވިދާނެ: މާރިޔާ
ލިސްޓް ޗެކްކުރަން ބޭނުން، ރަނގަޅު ނަމަ ސޮއިކުރާނަން
ވޯޓުލާ ތަނަށް އަމިއްލަ ގަލަން ވެއްދެން ޖެހޭނެ: މާރިޔާ
ވޯޓާސް ލިސްޓް ކުރިއާލައި ބޭނުން: މާރިޔާ
މައުލޫމާތު ލީކުވީ އިލެކްޝަންސް ކޮމިޝަނުން: އިދިކޮޅު
ރިޔާސީ ރޭހުގައި ވާދަކުރައްވާނީ ރައީސް ޔާމީނާއި އިބޫ