30 އޯގަސްޓް 2018
އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބެލުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބެލުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންތިޒާރު ކުރަމުން ގެންދަވަނީ ފައިނަލް ވޯޓާސް ލިސްޓަށް ކަމަށެވެ.
"އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި ހަމަ ހުރެފައި އޭތި ރަނގަޅު ވާނެ މީތި ރަނގަޅު ވާނެ އެހެން ކިޔައިފަ ކުރާ ބައެއް ނޫން. ހަމަ ވަރަށް ރަނގަޅަށް ޗެކް ކުރަން ބޭނުންވޭ،" ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.
އައިޑީކާޑުގެ ނަމްބަރު ހިމެނޭ ގޮތަށް ނަމާއި އެޑްރެސް ހިމެނޭ ލިސްޓެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކުރި ރަޖިސްޓްރީގައިވާ ގޮތުން 262،135 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި އެ ލިސްޓާ ގުޅޭގޮތުން މައްސަލައެއް އޮތް ނަމަ އިއްޔެގެ ނިޔަލަށް ޝަކުވާ ހުށަހަޅަން އޮތީ އަންގައިފަ އެވެ.
މުޅި ވޯޓާސް ލިސްޓް ކުރިއާލައި ލިބި އެ ލިސްޓްގެ ސައްހަކަން ކަށަވަރު ނުވަނީސް އޭގައި ސޮއިނުކުރެއްވޭނެ ކަމަށް އިބޫ ވަނީ ކުރިން ވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓުން 2013 ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެކުލަވާލި ގައިޑްލައިންތަކުގައި ބުނެފައިވާ ގޮތުން އިންތިހާބުގެ ކުރިން ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖެހެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސާވާ އިރުއިރުކޮޅާ ޑައުންވާ ކަމަށް ވިދާޅުވެ މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަން ނުވާނެ އިންތިޒާމެއް ހަމަޖެއްސެވުމަށް މާރިޔާ ވަނީ އިލެކްޝަންސް އަށް ގޮވާލައްވައިފަ އެވެ.
Vote registry check kurumuge "1414" hidhumai medhukendijje
The most trusted news source in the Maldives
Mihaaru
އިލެކްޝަންސް ސާވާ ޑައުންވުން--
ގއ. ކޮލަމާފުށީގައި އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކޯލިޝަންގެ ވިސްނުން ވެސް މާރިޔާ ވަނީ ހާމަ ކުރައްވައިފަ އެވެ. ޕީޕީއެމް ޖަގަހަ އަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި، އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރާ 18 މީހަކު މިއަދު ހައްޔަރުކޮށްފައިވާއިރު އެއިން އެނގޭ އެއްޗަކީ ހުވަދު އަތޮޅުން ރައީސް ޔާމީނަށް ތާއީދު ނެތްކަން ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އެ ރަށްރަށުގައި ރައީސް ޔާމީނަށް އޮތް މަދު ސަޕޯޓު ވެސް މީގެ ސަބަބުން ބަދަލުވެގެން ދާތަން މިފެންނަނީ. މީގެން ރަމްޒުކޮށްދެނީ ހުވަދޫން ރައީސް ޔާމީން ބޮޑުތަނުން ބަލިވެއްޖެކަން،" މާރިޔާ ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓް ކެމްޕެއިނަށް ހުޅުމާލެ އަށް ވަޑައިގަތުމުން ހަމަލާ ދޭން އުޅުން މައްސަލަ އާއި ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ޕީޕީއެމްގެ އެއްވުމެއްގައި ގޮވާލި މައްސަލަ ފުލުހުން ނުބަލާކަން ފާހަގަ ކުރައްވައި މާރިޔާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ހައްޔަރު ކުރަމުން ގެންދަނީ އެއްވެސް ތަހުގީގެއް ނެތި ކަމަށާއި އެއީ ޕީޕީއެމް އޮފީހުން ދިން ލިސްޓަކަށް ހައްޔަރު ކުރާ ބައެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުނަށް އަމާޒުުކޮށްގެން ކުރަމުން އަންނަ ކަމެއް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ މިއަދު ވެސް ވިދާޅުވީ މަަކަރާއި ހީލަތް ހެދުމުގެ ފުރުސަތު ނުދީ އިންތިހާބުގެ ނަތީޖާއިން ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަމަށެވެ. އިންތިހާބާ ހަމައަށް ދާއިރު ރައީސް ޔާމީނަށް ތާއީދު ކުރާ މީހުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަކަރު ނުހަދާތި، 170,000 ވޯޓު ކަށަވަރު ކޮށްފިން
ލިސްޓް ޗެކްކުރަން ބޭނުން، ރަނގަޅު ނަމަ ސޮއިކުރާނަން
ވޯޓުލާ ތަނަށް އަމިއްލަ ގަލަން ވެއްދެން ޖެހޭނެ: މާރިޔާ
މި ޕާޓީގެ ގިނަ ފޯމުތަކެއް ވެސް ބާތިލް ވި: ޕީޕީއެމް
ވޯޓާސް ލިސްޓުގެ މައްސަލާގައި ކޯޓަށް ދާން ވިސްނަނީ
އިންތިޚާބު ކާމިޔާބުވާ މަންޒަރު ދަތުރުތަކުން ފެނޭ:މާރިޔާ
އީސީން ކުރަން ޖެހޭ ކަންކަން މުލިއާގޭގައި އެބަ ކުރޭ
ރަޖިސްޓްރީކުރަން އިދިކޮޅުން 32،000 ފޯމް ފޮނުވައިފި
ފޯމުތައް ޕީޕީއެމްގެ އޮފީހަށް ގެންދާތީ ކަންބޮޑުވެއްޖެ
ލިސްޓުގައި ފޮޓޯ ނުޖަހަނީ ސިޔާސީ ނުފޫޒާ ހެދި: މާރިޔާ