Roadha Mihaaru
ނަޝްފާއަށް އަނިޔާކުރި ދެ ކުދިން ހައްޔަރުކޮށްފި

ނަޝްފާއަށް އަނިޔާކުރި ދެ ކުދިން ހައްޔަރުކޮށްފި

02 ސެޕްޓެމްބަރ 2018

އުމުރުން 15 އަހަރުގެ ނަޝްފާ ހަސަނަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ދެ އަންހެން ކުދިން މިރޭ ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އުމުރުން 15 އަހަރުގެ ނަޝްފާ ހަސަނަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ދެ އަންހެން ކުދިން މިރޭ ހައްޔަރުކޮށްފި އެވެ.

ތިން އަންހެން ކުދިން ވެގެން ނަޝްފާއަށް އަނިޔާކުރާ ތަން ފެންނަ ވީޑިއޯއެއް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ. ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި، އެ މީހުން ނަޝްފާގެ މޫނު މަތީގައި ތަޅާތަން އެ ވީޑިއޯއިން ފެނެ އެވެ. އެ މަންޒަރު ވީޑިއޯ ކޮށްފައި ވަނީ އެ ގުރޫޕްގައި ހިމެނޭ އެހެން އަންހެން ކުއްޖެއް ކަމަށް ވެ އެވެ.

ފުލުސް އޮފީހުން މިރޭ ބުނީ މި މައްސަލައާ ގުޅިގެން އުމުރުން 17 އަހަރާއި 18 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ކުދިން ހައްޔަރު ކުރީ ކޯޓު އަމުރަކާ އެކު އެވެ.

ވީޑިއޯ ވައިރަލް ވުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުން އެ ކުދިންނަށް ވަނީ އަމާޒު ވެފަ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ދެ ކުއްޖަކު ވަނީ، ކުށް ގަަބޫލުކޮށް ސޯޝަލް މީޑިއާގައި މާފަށް ވެސް އެދިފަ އެވެ.

އަނިޔާ ލިބުނު ނަޝްފާގެ މަންމަ ބުނިގޮތުގައި އޭނާގެ ދަރިފުޅަށް އަނިޔާކުރީ، ގޭގައި ހުއްޓައި ނެރެގެން ގެންގޮސްފަ އެވެ.

ގދ. ތިނަދު އަށް އުފަން ނަޝްފާގެ މަންމަ ސީމާ އިސްމާއިލް، "މިހާރު"އާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، އެ ދުވަހު ދަރިިފުޅު ހޯދަން އެ ގެ އަށް ދިޔައީ ހަތަރު އަންހެން ކުދިން ހިމެނޭ ގުރޫޕެއް ކަމަށެވެ. އަދި އެ ކުދިންތައް ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮށް ކަމަށާއި އެހެންވެ، އެއީ ކޮން ކުދިންނެއްތޯ އޮޅުން ފިލުވައި އެ މީހުންނާ އެކު ބޭރަށް ނުދިއުމަށް ދަރިފުޅު ގާތު އެދުނު ކަމަށް މަންމަ ބުންޏެވެ. "އެކަމަކު ބުނީ އެއީ ރައްޓެހި ކުދިންތަކެކޭ. ވަރަށް އަވަހަށް އެބަ އަންނަމޭ ކިޔާފައި ނުކުތީ،" ސީމާ ބުންޏެވެ.

ވީޑިއޯ ވައިރަލްވުމާ އެކު ހެން ނަޝްފާ ވަނީ "ގެއްލިފަ" އެވެ. އޭނާ ފެނުނީ، ފުލުހުން އެ ކުއްޖާ ހޯދުމަށް ފޮޓޯ އާއްމުކޮށް، އެކަން އިއުލާނުކުރިތާ ދެ ދުވަހެއްވަރު ފަހުންނެވެ. ނަޝްފާ ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.