06 ސެޕްޓެމްބަރ 2018
ސާފް ސުޒުކީ ކަޕްގައި މި ފަހަރު ނޭޕާލް ކުޅުނު ފުރަތަމަ މެޗުން ފަހު ސިކުންތު ކޮޅުގެ ތެރޭގައި ހިތްދަތި ގޮތަކަށް ޕާކިސްތާން އަތުން 2-1 އިން ވަނީ ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ބޫޓާނާ ދެކޮޅަށް ނުކުންނައިރު ނޭޕާލަށް މުބާރާތުގެ ސެމީ ފައިނަލުގެ ދޮރު ބަންދުވެފައި އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް އެ ޓީމުގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނެފި އެވެ.
ސާފް ސުޒުކީ ކަޕްގައި މި ފަހަރު ނޭޕާލް ކުޅުނު ފުރަތަމަ މެޗުން ފަހު ސިކުންތު ކޮޅުގެ ތެރޭގައި ހިތްދަތި ގޮތަކަށް ޕާކިސްތާން އަތުން 2-1 އިން ވަނީ ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ބޫޓާނާ ދެކޮޅަށް ނުކުންނައިރު ނޭޕާލަށް މުބާރާތުގެ ސެމީ ފައިނަލުގެ ދޮރު ބަންދުވެފައި އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް އެ ޓީމުގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނެފި އެވެ.
ފުރަތަަމަ މެޗުން ޕާކިސްތާން އަތުން ބަލިވިއިރު، މުޅި މެޗަށް ބަލާއިރު އެންމެ ރަނގަޅަށް ކުޅުނީ ނޭޕާލް އެވެ. އަވަސްކުޅުންތަކާ އެކު ގިނަ އެޓޭކްތަކެއްކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރި އެވެ.
"އަހަރެމެންނަށް ނަސީބު ވެސް އެހީނުވީ. ވަރަށް މޮޅަށް ކުޅެފި. އެކަމާ ދެމެދު އެއްވެސް ޝަކުވާއެއް ނެތް. އެކަމަކު ފުޓްބޯޅައިގައި އެންމެ މުހިއްމު ކަމަކީ ގޯލު ޖެހުން. އެކަން ނުވެދަންޏާ ބޭނުންވާ މުހިއްމު ކަންތައް ހާސިލްނުވެ އޮންނާނީ،" ބާލް ގޯޕާލް ބުންޏެވެ.
ނޭޕާލަށް ކުރިއަށް އޮތީ މިއަދު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހޮނިހިރު ދުވަހު މުބާރާތް ބާއްވާ ބަންގްލަދޭޝްއާ ބައްދަލުކުރާ މެޗެވެ.
"އަހަރެމެންނަށް ދެ މެޗު އެބައޮތް. ފުޓްބޯޅައިގައި ކޮންމެ ގޮތެއް ވެސް ވެދާނެ. އަހަރެމެން އެ ދެ މެޗުން މޮޅުވެއްޖިއްޔާ ސެމީ ފައިނަލަށްދާނެ. އެކަން ކުރެވޭނެކަން ގަބޫލުކުރުން ފުރަތަަމަ އޮތީ. އެހެންވެއްޖެނަމަ އެކަން ހާސިލްކުރެވޭނެ،" އުއްމީދުގައި ހުރެ ބާލް ގޯޕާލް ބުންޏެވެ.
މި މުބާރާތުގައި މިހާތަނަށް ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ނޭޕާލް ވަނީ މޮޅުވެފަ އެވެ. އެކަމަކު އެންމެ ފަހުން މި މުބާރާތުގައި ނޭޕާލް ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން އޮތް މުބާރާތުން ވެސް ނޭޕާލް ކެޓީ މޮޅެއް ނުލިބި އެވެ.
ބޫޓާންގެ ކޯޗު ޓްރެވާ މޯގަން ބުނީ ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވި ނަމަވެސް އެ މެޗަށް ބަލާއިރު ނެގޭނެ ޕޮޒިޓިވް ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެ އެހީގައި ނޭޕާލާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ބޫޓާނާއި ނޭޕާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 3 ޖަހާއިރު އެވެ.
ނޭޕަލަށް މި ގެއްލުނީ ރަނުގެ ފުރުސަތެއް: ކޯޗު
ފައިނަލަށް ގޮސް ރާއްޖޭން މާޔޫސްކަން ފިލުވާލައިފި
ކިރަން އާއި ޝްރެސްތާ: ނޭޕާލުގެ މުހިއްމު ދެ ހަތިޔާރު
ކެޓުމުގެ ޒިންމާ ނަގާނީ މުޅި ޓީމު: ބަންގްލަދޭޝް ކޯޗު
ބަންގްލަދޭޝް ކަޓުވާލައި ނޭޕާލް ސެމީ އަށް
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
ހައްގު މޮޅަކާ އެކު ދިރުން ލިބިއްޖެ: ނޭޕާލް ކޯޗު
ފަސް އަހަރަށް ފަހު ނޭޕާލަށް ސާފްގައި މޮޅެއް
ކުރި އިންތިޒާރަށް ލިބުނީ އުފާވެރި އާ ފެށުމެއް: ކޯޗު
ފަހު ވަގުތު ޕާކިސްތާނުން ނޭޕާލް ބަލިކޮށްފި