Roadha Mihaaru
އިދިކޮޅުގައި ހުރީ ތަޖުރިބާ ނެތް ބޭފުޅެއް: އަދުރޭ

ގޮތް ނިންމަން ފަސޭހަވާނެ، އިދިކޮޅުގައި ހުރީ ތަޖުރިބާ ނެތް ބޭފުޅެއް: އަބްދުއްރަހީމް

11 ސެޕްޓެމްބަރ 2018

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވަން ހުންނެވި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހަކީ (އިބޫ) ތަޖުރިބާ ނެތް ބޭފުޅަކަށްވާތީ ރައްޔިތުންނަށް ގޮތް ނިންމަން ފަސޭހަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވަން ހުންނެވި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހަކީ (އިބޫ) ތަޖުރިބާ ނެތް ބޭފުޅަކަށްވާތީ ރައްޔިތުންނަށް ގޮތް ނިންމަން ފަސޭހަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ގައުމުގައި ހިންގެވި މަޝްރޫއުތަކަކީ ދިވެހި ތާރީހުގައި އަދި ކުރު މުއްދަތެއްގެ ތެރޭގައި އެހެން ރައީސަކަށް ހާސިލްކޮށް ދެއްވިފައިވާ ކަންތައްތަކެއް ނޫން ކަމަށެވެ.

އެހެންވެ، ރިޔާސީ އިންތިޚާބަށް 12 ދުވަހަށް ވެފައި ވާތީ، މިކަންކަމާ މެދު ވަރަށް ބޮޑަށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ކުރިމަތީގައި ދެ ކެންޑިޑޭޓުން ތިއްބެވިއިރު، ރައީސް ޔާމީނަކީ ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ހުރި ބޭފުޅެކެވެ. އަދި އެމަނިކުފާނާ ވާދަކުރައްވަން ހުންނެވީ ތަޖުރިބާއެއް ނެތް ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވީމަ ވަރަށް ފަސޭހަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގޮތް ނިންމަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވެ، ރައްޔިތުން މިކަމާ ވިސްނާ ގައުމުގެ މުސްތަގުބަލާ ދޭތެރޭގައި ވިސްނާފައި ވޯޓުލުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އަޅުގަނޑުމެންނަށް ޝައްކެއް ނެތް. ފަސޭހަކަމާއެކު ބޮޑު ތަފާތަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނެ،"

ރިޔާސީ އިންތިޚާބާ ދިމާކޮށް ހުރި ހަރަކާތްތަކާ ގުޅޭ ގޮތުން، އަބްދުއްރަހީމް ވިދާޅުވީ އަންނަ ހޯމަ ދުވަހު ބާއްވާ ރެލީއަށް އަތޮޅުތަކުގެ ރަށްތަކުން 15،000 އަށްވުރެ ގިނަ މީހުން އަންނަން ބޭނުންވެފައި ތިބި ކަމަށެވެ. އެހެންވެ، އެމީހުންނާއި މާލޭގައި ތިބި ސަޕޯޓަރުންނާއެކު ރެލީ ބޭއްވޭނެ ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރެލީ އޮންނާނެ ތަން ފަހުން ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތައް ރައީސް އަބްދުﷲ ޔާމީނާއެކު، ބަލާލުމުގެ ފުރުސަތު ރައްޔިތުންނަށް މިރޭ ދިނުމަށް ވެރިކަން ކުރާ ޕީޕީއެމުން ވަނީ ނިންމައިފަ އެވެ. އެގޮތުން، މިރޭގެ މި ހަރަކާތުގައި ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.