15 ސެޕްޓެމްބަރ 2018
އަންނަ ހަފުތާގެ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ މޫނު ދެނެގަނެވޭނެ ސިސްޓަމެއް ބޭނުންކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ނިންމައިިފި އެވެ.
އަންނަ ހަފުތާގެ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ މޫނު ދެނެގަނެވޭނެ ސިސްޓަމެއް ބޭނުންކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ނިންމައިިފި އެވެ.
އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވީ ދިވެހި ޒުވާނުންތަކެއް ތައްޔާރުކުރި ފޭސް ޑިޓެކްޝަން އެންޑް ރިކޮގްނައިޒް ސިސްޓަމުން، ވޯޓުލުމަށް ކިއުގައި ތިބޭ މީހުންގެ މޫނު އެ ކިއުގައި ހުރި ވަގުތާއެކު ދެނެގަނެވޭނެ ކަމަށެވެ. އެހެންކަމުން އެކަކަށް ދެ ފަހަރު ވޯޓުލުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ސިސްޓަމެއް ބޭނުންކުރަން ޖެހުނީ، މިހާރު އޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އާއެކު މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ނެތުމުން ކަމަށެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާ ވޯޓާސް ލިސްޓުގައި، ވޯޓުލާ މީހުންގެ ފޮޓޯ ނެތުމަކީ ވެސް އެއް ސަބަބުކަން ފާހަގަކުރެއްވި އެވެ.
"މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަށް އަޅުގަނޑުމެންނަކަށް އިތުބާރެއް ނުކުރެވޭ. އެހެންވެ ވޯޓަށް އޮޅުވާލުން ކުޑަކުރަން މިފަދަ ސިސްޓަމެއް މި ބޭނުންކުރަނީ. އެއިން ކިއުގައި ތިބޭ މީހުން ރިކޮގްނައިޒްކުރެވޭނެ. ދެ ތަނެއްގައި ހުރިއްޖެއްޔާ އެކަން ވެސް ސިސްޓަމަށް ފާހަގަކުރެވޭނެ،"،" ހަސަން ވިދާޅުވި އެވެ.
މެލޭޝިޔާގައި އިދިކޮޅު ޕާޓީތަކުން އިއްޔެ ބޭއްވި ބައްދަލުވުުމުގައި، އެމްޑީޕީން ވަނީ އެ ސިސްޓަމް މަސައްކަތް ކުރާނެ ގޮތް ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އެގޮތުން ފޯނާއ ލެޕްޓޮޕް ނުވަތަ ޓެބްލެޓް ފަދަ ވަސީލަތްތަކުން އެ ސިސްޓަމް ބޭނުންކުރެވޭނެ އެވެ.
އިންތިޚާބުގެ މިނިވަންކަން ކަށަވަރުކުރުމަށް އެފަދަ ސިސްޓަމެއް ބޭނުންކުރަންޖެހޭނީ ހަގީގަތުގައި އިލެކްޝަންސް ކޮމިޝަނުން ކަމަަށް ވެސް ހަސަން ވިދާޅުވި އެވެ. ނަމަވެސް މިނިވަންކަމާއެކު އިންތިޚާބު ބޭއްވުމަށް އެމްޑީޕީން ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފަ އެވެ.
ވޯޓުލާ ހުރިހާ ތަނެއްގައި އެ ސިސްޓަމް ބޭނުންކުރާނެ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ އިތުރު މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
އިންތިޚާބު ބާތިލްކުރަން ހިސާބު އަދަދެއް ވެސް ނުބުނެވޭ
ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން ކަންބޮޑުވެއްޖެ
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓަށް ހުށަހަޅައިފި
ބަހައްޓަނީ އެ މަރުކަޒަކަށް ވޯޓު ލާ މީހުންގެ ލިސްޓް
އިންތިހާބު ބާއްވަނީ ހަމަނުޖެހުންތަކަށް މަގުފަހިވާ ގޮތަށް
އެޗްއާރުސީއެމްގެ މަސައްކަތްތަކަށް އިދިކޮޅުގެ ތައުރީފް
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ
ނަގަނީ ވަކި މީހެއްގެ ޕޯސްޓަރަކަށް ވާތީއެއް ނޫން:ޕޮލިސް
ނަތީޖާ ސައްހަ، ސުވާލެއް ނޫފެއްދޭނެ: އެމްޑީޕީ
އިލެކްޝަންސްގެ އަމަލުތައް ވަނީ ޖޯކަކަށް: ހަސަން ލަތީފް