Roadha Mihaaru
ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: އެމްޑީޕީ

ރައީސް ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: އެމްޑީޕީ

09 އޮކްޓޯބަރ 2018

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ޖަލު ހުކުމް އިއްވާފައިވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ރައީސް ނަޝީދު އަންނަ މަހުގެ އެއް ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް ހުކުމް ކޮށްފައި ވަނީ ނާއިންސާފުންކަން މުޅި ރާއްޖެއާއި ދުނިޔެ ހެކިވާ ކަމަށެވެ. އެހެންކަމުން ކަރެކްޝަންގެ ބެލުމުގެ ދަށަށް ރައީސް ނަޝީދު ގެންދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

November 1 Rajje vadaigannavaane kamah Nasheed vidhaalhu vejje

November 1 Rajje vadaigannavaane kamah Nasheed vidhaalhu vejje

The most trusted news source in the Maldives

Mihaaru

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާން ކުރުން--

"ރައީސް ނަޝީދު ވަޑައިގަންނަވާއިރު އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި މިނިވަނެއް ގޮތުގައި އެ ހުންނަވަނީ. އަދި މުޅި ދިވެހިރާއްޖެ ދެކޭނީ އެގޮތަށް. ރައީސް ނަޝީދު ވަޑައިގެން ސިޔާސީ އަދި ސިވިލް ރައިޓްސް ބޭނުން ކުރުމަށް އިރާދަކުރެއްވިއްޔާ އެއްވެސް ހުރަހެއް ނޯންނާނެ ރައީސް ނަޝީދު ނޮވެމްބަރު 1 ގައި ވަޑައިގަންނަވާއިރު،" ހަސަން ލަތީފް ވިދާޅުވި އެވެ.

"ރައީސް ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި. ދައުލަތުގެ އެއްވެސް އިދާރާއަކުން ރައީސް ނަޝީދުގެ ހަށިކޮޅުގައި އަތްލެވޭ ގޮތަކަށް ނޫން ވަޑައިގަންނަވާނީކީ."

ރައީސް ނަޝީދު މިނިވަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. އެއީ ކޯޓަށް ގޮސްގެންތޯ ނުވަތަ ކިހިނެއް ކަމެއް ވިދާޅެއްނުވެ އެވެ.

ރާއްޖެ ވަޑައިގަތުމަށް ނަޝީދު ނިންމެވި އިރު، ޖަލަށް ލާފައި ތިބި އިދިކޮޅު ބައެއް ލީޑަރުން މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. އެ ގޮތުން، ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ހުކުމް ކޮށްފައި ހުރި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަންނަވާއިރު، އެމަނިކުފާނަށް އިއްވާފައިވާ ހުކުމުން ނޮވެމްބަރު 1 އަކަށް ވާނީ ތިން އަހަރާއި ހަ މަހާއި 10 ދުވަހެވެ. އޭގެ ތެރެއިން ގިނަ ދުވަސްތައް އުޅުއްވާފައިވަނީ ހުކުމް ތަންފީޒު ނުކުރައްވައި ރާއްޖެއިން ބޭރުގަ އެވެ.

ޖަލުގައި ހުންނަވަނިކޮށް އާލާސްކަންފުޅު ބޮޑުވުމުން، ނަޝީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން 2016 ޖެނުއަރީގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު ދިރިއުޅުއްވަމުން ގެންދަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. އަދި ވަރަށް ގިނައިން އަވައްޓެރި ލަންކާ އަށް ވަޑައިގެން، ރާއްޖޭގެ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަނެ އެވެ.