Roadha Mihaaru
އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެ

އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެ

13 އޮކްޓޯބަރ 2018

ދައުލަތުގެ އިސް މަގާމުތަކެއް ކުރިން ފުރުއްވި އުމަރު ޒާހިރުގެ އަނބިކަނބަލުން މިއަދު އަވަހާރަވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ އިސް މަގާމުތަކެއް ކުރިން ފުރުއްވި އުމަރު ޒާހިރުގެ އަނބިކަނބަލުން މިއަދު އަވަހާރަވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އުމަރު ޒާހިރުގެ އަނބިކަނބަލުން މުއުމިނާ އިބްރާހިމް 84، އަވަހާރަވީ މިއަދު ހަވީރު އައިޖީއެމްއެޗް ހޮސްޕިޓަލްގަ އެވެ. އޭނާގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

ނިޝާން އިއްޒުއްދީންގެ ލަގަބު ލިބިވަޑައިގެންފައިވާ އުމަރު ޒާހިރަކީ މައުމޫންގެ ވެރިކަމުގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތް ބޭފުޅާ އެވެ.

ޖިނާއީ ތުހުމަތުތަކެއްގައި މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރު ކުރައްވާފައި ވަނިކޮށް ވެސް މައުމޫންގެ ފަރާތްޕުޅުން އިދިކޮޅު ކޯލިޝަންގެ ޖަލްސާތަކުގައި ވެސް އުމަރު ޒާހިރު ބައިވެރިވެ ވަޑައިގަތެވެ. މައުމޫންގެ ސަރުކާރުގައި އެހާ އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅުންގެ ތެރެއިން މައުމޫނާ އެކު ސިޔާސީ ހަރަކާތްތަކުގައި ފަހުން އެންމެ ބޮޑަށް ބައިވެރިވެ ވަޑައިގަތް އެއް ބޭފުޅަކީ ވެސް އުމަރު ޒާހިރެވެ.